ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް އައި ބައެއް ފަސިންޖަރުން -- ފޮޓޯ: އެމްއޭސީއެލް
24 އޮކްޓޯބަރ 2025 - 20:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1 ނުވަތަ އާ ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ޝަރަފުވެރިކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, މިއަދު އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިނުގެ ފުރަތަމަ މަތިންދާބޯޓް BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ބްރިޓިޝް އެއާވޭސްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އެމްއޭސީއެލް
ބްރިޓިޝް އެއާވޭސްއަކީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ އޮކްޓޫބަރު 26، 2009 ގަ އެވެ.
ބްރިޓިޝް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 13 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. ބްރިޓިޝް އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
25 October 2025
ކޮންފަދަ އިސްރާފެއް ރައްޔިތުން ޓެކްސްފައިސާއިން މިކުރަނީ....... ބޮއިހަލަކި
ސީމް
25 October 2025
ސަގާފީ ކަންކަމުގެ ތެރެއަށް މިހާރުޖަހާކަހަލަ ބޮޑުބެރު ވެއްދުމަކީ ދެރަކަމެއް. ޓޮއްބެރު ޖަހާފަ އެކިޔަނީ ބޮލީވުޑްގެ ލަވަވިއްޔާ. މިވަރު އަޅެ ތަންކޮޅެއް ބޮޑުވަރުދޯ ލަދުން ބޯހަލާކު!!!
ސަނައްޓޭ
25 October 2025
ތިޔަ ތަނުން އަލަށް ފްލައިޓް އަކަށް ހިދުމަތް ދިނަސް ތިއޮށް ޖަހާ ސަކަރާތެއްދޯ. ބޮޑުބެެރު ގެެނެސް މާ ބަހާ ރެބަން ކަނޑާ ތި ހުރިހާ ހަރަދެއް ނުކޮށްވެސް ހިދުމަތް ދެވޭނެދޯ. ބޯ ހަލާކު ރައްޔިތުންގެ ފައިސާ ތަޅާ ބުރުވަނީ
މުރާސިލް
25 October 2025
ތިޔަ ޓާމިނަލް ތިއީ މިހާރު އަރަތެކެވެ. ޓާމިނަލް ހުޅެވިފަހުން 4 މަސް ވެގެން ދިޔަ އިރުވެސް ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރާ އަދި އެންމެ ގިނަ ފައިންޖަރުން ރާއްޖެ އަންނަ ފަސް އެއާލައިން ( އެމިރޭޓްސް، ގަތަރު އެއާވޭސް، ސިންގަޕޯ އެއާލައިންސް، އިއްތިހާދު އެއާވޭސް އަދި ސްރީލަންކަން އެއާލައިންސް) ގެ ތެރެއިން އެއްވެސް އެއާ ލައިނަކަށް އާޓާމިނަލުން ޚިދުމަތެއް ނުދެއެވެ. އެމް އޭސިއެލުން ތިކުރަނީ ކީއްހެއްޔެވެ؟
އަބްޑޫޅް +
25 October 2025
.. އިގިރޭސި ދައުލަތުގެ އިއްޒަތާއި ކަރާމާތް ހިފެހެއްޓުމަކީ، އަހުރެމެންގެ މައްޗަށް އޮތް ވާޖިބެއް.
އަބްޑޫޅް +
26 October 2025
އެއީ، "މާތްވެގެންވާ އިގިރޭސި ދައުލަތް".
އަބްޑޫޅް +
26 October 2025
އެއީ، "މާތްވެގެންވާ އިގިރޭސި ދައުލަތް". އިގިރޭސި ބަހުންވެސް ކިޔަނީ "ގުރޭޓު ބުރިޓަނު". ކަލޭމެންގެ ސާހިބު އަކީ. صاحب الجلالة الملك تشارلز الثالث ملك بريطانيا العظمى وأيرلندا الشمالية. އަހުރެމެން ދިވެހީން މިހާރު މިތިބީ، މާތެވެގެންވާ އިގިރޭސި ކޮމަންވެލްތުގެ މިންބަރުކަމުގަ. ކަލޭމެންގެ ތިންވަނަ ތަޝާރުލިޒު ރަސްގެފާނަށް ބައިޢަތު ހިފައި، ކޮމަންވެލްތު މިންބަރުކަން ހިތުގެ އަޑީން ގަބޫލުކޮށް، ކިޔަމަންގަނެ، ކޮމަންވެލްތު އިސްކޯލްސޮޕު ތައް ލިބިގަނެގެން.