އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް
02 ނޮވެމްބަރ 2025 - 22:43
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދެއްކުމަށްފަހު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީއައިއޭއިން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު ފޭރުނީ ޑޮލަރު އަޅާފައި ހުރި ސޫޓް ކޭސް ހިފައިގެން ޓާމިނަލަށް ވަންނަން އުޅުނު ދެ މުވައްޒަފަށް ބިރު ދެއްކުމަށްފަހު އެވެ.
އެ މައްސަލައާ ގުޅިގެން އެ ދުވަހު ހަތަރު މީހަކު ހައްޔަރުކޮށް، ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ފަސް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިން ކޯޓުން ދިން މުއްދަތު ހަމަވާތީ އެ މީހުން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އެ ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ؛
- ލ. މާވަށް ރޭޝަމް، މާޒިން މޫސާ
- މ. ކޯރަސް، އަހުމަދު ރައިހާން ނައީމް
- ކ. ގުރައިދޫ އަޅިވިލާގޭ، އިބްރާހިމް އަނޫފް
- ކ. ގުރައިދޫ އަޅިވިލާގޭ ހުސައިން ޝަހުދު
މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދެއްކީ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" ތެރެއިންނެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭ ކުރުމަށްފަހު ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތުމަށްފަހު އެ މީހުން ދުވެ ގޮސް އެރީ ލޯންޗަކަށް ކަމަށް މައުލޫމާތު އެނގޭ މީހަކު މީގެ ކުރިން ބުނެފައިވެ އެވެ.
އެ ޑޮލަރުތައް ހިފައިގެން، އެ ދުވަހުގެ ހެނދުނު 8:45 ގައި އެ މީހުން ވަނީ މާލެއިން ފުރައިގެން 30 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ހުރައަށް ގޮސްފަ އެވެ. އަދި އެ މީހުން ހައްޔަރުކުރީ އެ ރަށުގައި ތިއްބަ އެވެ.
ހުރައިން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ ހަތަރު މީހުން ޑޮލަރު ގެންގުޅޭތަން، އެ މީހުން ތިބި ގެސްޓްހައުސްގެ ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޫނިރާއްޖެ 2.0
03 November 2025
މިގައުމުގެ ހުރިހާކަމެއް ހިލޭ ކޮށްދީފައޮންނަ ބާރުތަކަށް ފެންނާނެވަރަށް ތިފެނި ނިމުނީ... ވައްކަންކޮށްފިއްޔާ ފައިސާކޮޅު ނުފެންނާނެ ފެންނާނީ މީހުންކޮޅު.... ބަޔަކު ކަނޑުވެއްޖިއްޔާ މީހުންނެއް ނުފެންނާނެ ފެންނާނީ ކަނޑުވި ދޯނި.... މީހަކު މަރަފިއްޔާ ފެންނާނީ މަރުވެފައޮތްމީހާ ގާތިލެއް ނުފެންނާނެ... އަދިވެސް ލިޔަންވީތަ؟؟؟ ތިޔަބޭފުލުން އަޑުއައްސަވަމުން ތިޔަގެންނަވަނީ ދޫނިރާއްޖެ 2.0 މެގަހާރޓްޒް... ޝުކުރިއްޔާ!!!
ޔޫސުބާ
03 November 2025
އުއްމީދީ ނިންމުމެއްރާއްޖޭގައި މިކަހަލަ މައްސަލަތަކުގައި މާބޮނޑައް މަޑުކަށިގޮއް ބޭނުމެއްނުވޭ މިހާރުގެ ހާލަތައްބަލާއިރު
ޑައިރެކްޓަރ
03 November 2025
ފިލްމެއްގެ މަންޒަރެއް ކުޅުނުކަމަށްވާނީ
ތެލެކުސް
03 November 2025
އަޖާއިބެއް؟ ސިނގިރެޓަށް ވެސް ނުފެނުނު؟ ޑޮލަރެއް ވެސް ނުފެނުނު؟
ޢަލްޓިކޯ
02 November 2025
މީހުންކިޔާ ފޮށި ޖަހާގަނެގެން ދިޔައިރު އެއީ ހުސްފޮއްޓެކޭ ސީންއެއް ކުރިއޭޓް ކުރީއޭ ފޮށިހިފާގެން. މާކުރިން ޑޮލަރު ކޮޅު ގުޅިގެން ގެންދިޔައީއޭ ދެން އިގޭނީ ޕޮލިހުން ތަހުގީގު ކޮށްނިމުނީމަ
ކުރިއޭޓު އަ
03 November 2025
ފޮށިޖަހާގަނެގެން، ފޮށިހިފާގެން ހެެެެހެހެ. އިގޭ ހެެެހެހެ
ޝޮކްތެރަޕީ
02 November 2025
ކޮބާހޭ ޑޯލަރުތައް؟
ރީޓެއިލާ
03 November 2025
ބޭންކުގަވީ ހެހެހެ