16 ނޮވެމްބަރ 2025 - 10:48
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އިން އޮސްޓްރިއާގެ ގައުމީ އެއާލައިން, އޮސްޓްރިއަން އެއާލައިންސް އަށް ވެސް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1 އިން އޮސްޓްރިއަން އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު ފާތިމަތު ރާމިޒާ އެވެ.
އެ ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އޮސްޓްރިއަން އެއާލައިންސްގެ އޮފިޝަލުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 321 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, އޯއެސް021 އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އޮސްޓްރިއަން އެއާލައިންސުން ރާއްޖެއަށް ދަތުރުތައް ފެށީ ނޮވެންބަރު 2، 1995 ގަ އެވެ.
އޮސްޓްރިއަން އެއާލައިންސަކީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 23 ވަނަ އެއާލައިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
17 November 2025
ޓާމިނަލް1 ގަ ކީއްވެތަ އެހާ ދިގުކޮށް ކިޔު ހަދަންޖެހެނީ؟ ފޮޓޯއިން އެފެންނަނީ ކިޔުގަ މީހުން ތިބެން ހަދާފައޮތް މަގުވަރު.
ހުސަ
17 November 2025
އަސްލު މިވާގޮތަކީ މިއެއަރޕޯޓްގެ އާޓާމިނަލް އެއްކޮށް ނުނިމެނީސް އެތަން ހުޅުވުން! ޓާމިނަލްގެ ދެވަނަ ފްލޯގެ ގިނަ ތަންތަން ނުނިމޭ! މިސާލަކަށް ލައުންޖުތަކާއި ޑިއުޓީ ފިހާރަތަކާއި އަދިވެސް ބައެއް އެހެން ކަންކަން! ހަމަ އެގޮތަށް ގްރައުންޑް ޕްލޯގަވެސް ގިނަ މަސައްކަތްތަށް ފުރިހަމަޔަށް ނުނިމޭ!
ޢަރުތަ
16 November 2025
ކީއްވެގެންތަ ހުރިހާ އެއަލައިނަކަށް ޓާމިނަލް 1ން ޚިދުމަތް ހޯދަން ފުރުސަތު ނުލިބިގެން މި ލަސްވަނީ، އަނެއްކާ ޓާމިނަލް އެއްކޮށް ނުނިމެނީތަ، ބައިބަޔަށް ނިންމަމުން ނިމޭވަރަކުން އިތުރު އެއަލައިންތަކަށް ފުރުސަތު ދެނީ އުތަ، އަހުން ހީކުރީ ވަރަށް ކުލަގަދަކޮށް ހަވާއަރުވާފަ ޑްރޯން ބޭނުންކޮށްގެން ޓާމިނަލް ހުޅުވީ އެއްކޮށް ނިމިގެން ކަމަށް، އެހެނެއް ނޫންދޯ މިވީ!