އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ރާއްޖެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
31 މާޗް 2017 - 11:13
ރާއްޖޭގެ ވޮލީބޯޅަ ޓީމުގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި ނެތީ ރަނގަޅު ރޭވުންތެރިކަމެއް ކަމަށް ކިރްގިސްތާން ޓީމުގެ ކެޕްޓަން އަދި އެ ގައުމުގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކިލިޗް ސަރްބަގިޝިއެވް ބުނެފި އެވެ.
ކިރްގިސްތާން ވަނީ ތުރުކުމެނިސްތާންގެ މައްޗަށް ކުރި ހޯދައި މާލޭގައި ކުރިއަަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިއްޔެ ހޯދައިފަ އެވެ.
ހަތަރު ޓީމު ވާދަކުރި މި މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. ތިން މެޗަށް ބަލާއިރު ވެސް ރާއްޖެ ފެށީ ރަނގަޅަށެވެ. އެެހެން ނަމަވެސް މެޗުތަކުން ބަލިވީ ނިންމަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެންނެވެ.
ސަރްބަގިޝިއެވް ބުނީ ސަރަހައްދުގެ އެހެން ގައުމީ ޓީމުތަކާ ވާދަކުރެވޭ ފެންވަރުގެ މޮޅު ކުޅުންތެރިން ރާއްޖެ ޓީމުގައި ވެސް އެބަތިބި ކަމަށެވެ.
"އަހަރެމެންނަށް ފެނުނު ރާާއްޖެ ޓީމުގެ ނަންބަރު 9، 11 އަދި 12 (ކުޑަކާއްޓޭ، ނިލާމް، ހުޒާމް) މި ކުޅުންތެރިންނަކީ ވަރަށް މޮޅު ކުޅުންތެރިން. ހަމަ ސަރަހައްދުގައި ކާމިޔާބު ހޯދޭނެ ފެންވަރުގެ ކުޅުންތެރިން މިއީ. ތަފާތު ވެސް ދައްކާނެ ކުޅުންތެރިން،" ސަރްބަގިޝިއެވް ބުންޏެވެ.
ކިރްގިސްތާނުގެ ކެޕްޓަން ކިލިޗް ސަރްބަގިޝިއެވް ނޫސްވެރިންނާ ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނީ ރާއްޖޭގެ ޓީމަށް ބޭނުންވަނީ ރަނގަޅު ރޭވުންތެރިކަމެއް ކަމަށެވެ.
"މެޗުތައް ރާއްޖޭގެ އަތުން ގެއްލެނީ ރޭވުމުގައި ހުރި މައްސަލަތަކުގެ ސަބަބުން. ކުޅުންތެރިން ކުރާ މަސައްކަތް އެނގޭ. އެ ކުޅުންތެރިންނަށް ހެދޭ ގޯސްތައް ރަނގަޅު ކުރަން އެބަޖެހޭ ރަނގަޅަށް ކިޔައިދީ މެޗަށް ތައްޔާރުކުރަން. މިކަން ހައްލުވެއްޖެނަމަ ރާއްޖެ ވަރަށް ކުރިއަށްދާނެ،" ސަރްބަގިޝިއެވް ބުންޏެވެ.
ކިރްގިސްތާނަކީ އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ރަނަރަޕެވެ. އެ މުބާރާތުގެ ފައިނަލުން ކިރްގިސްތާން ބަލިވީ ބަންގްލަދޭޝް އަތުންނެވެ. އެ މެޗުގެ ދެ ސެޓު ކުޅުން ނިމިފައިވަނިކޮށް ކިރްގިސްތާން މެޗު ދޫކޮށްލީ ޓީމުގެ ދެ ކުޅުންތެރިއަކަށް އަނިޔާވެގެން މެޗު ކުރިއަށް ނުގެންދެވިގެންނެވެ.
ބަންގްލަދޭޝް މުބާރާތުގައި ވެސް ކިރްގިސްތާން ވަނީ ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. އަދި މާލޭގައި އޮތް މުބާރާތުގައި ވެސް ކިރްގިސްތާން މޮޅުވީ އެ ނަތީޖާ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަނގު
01 April 2017
ސަރަފު ދޯ ނުބައިވަނި ުޅުންތެރިން މޮޅީ ފޮނިވެސްބޮޑީ ތިމާމެންގެ ވަރުގެ ބަޔަކުނެތް ކަމަށް ހަދަނީ
ހަސަނާބެއްޔާ
01 April 2017
އަހަރުމެންނަކަށް ދިވެހިން ވަރަށްނޯންނާނެ. އެކަމަކު ކޮންމެ ކަމެއްގައިވެސް ހަމައެކަނި ހުނަރުވެރިން ތިބެގެން، ބުއްދިވެރިން ތިބެގެން ކެއްކޭނެ ރިހައެއް ނޯންނާނެ. ނަތީޖާ ނުނެރެވެންޏާ މީހަކު ކަލޭމެން ހާދަމޮޅޭ ބުންޏަސް އެއީ އެއްޗެއްނޫން.
ކައުންސެލަރު
01 April 2017
މިވަރުވީމާ މަށަކަށް ގައިމުވެސް ލަދުންވެސް އިސްތިއުފާ ނުދީހުންނާކަށް ލާހިކެއްނޫނެވެ.
އިލްޔާސް ވަހިދު
31 March 2017
މިހާރު ޝަރަފަށް އެއްޗެއް ވިސްނިއްޖެކަމަށް ހީކުރަން، ކޯޓުން ބޭރުގަތިބެގެން ކުޅުންތެރިން ކުޅެންވީގޮތް ހިޔާލީ ދުނިޔެއެއްގައި ކުޅުވަން އުޅުނަސް އެކްމެއް ނުވާނެ، ތިމާގައިގާ އެފެންވަރު ހުނަނަންޖެހޭ، ރިސޯޓް މުބާރާތާއި ސެކަންޑް ޑިވިޝަން މުބާރާތުގެ ތަށި އުފުލާލެވުނަސް އިންޓަނޭޝަނަލް މުބާރާތެއް ކަމިޔާބީ ހޯދޭނެ ފެންވަރެއް ޝަރަފް ގައިގާ ނެތް
އިބިރިހިންބެއްޔާ
31 March 2017
ދިވެހި ޤައުމުވެސް ހަމަ ތިހެން.
ޢަލީ
31 March 2017
މީހަމަ ވަރައްބޮޑު ތެދެއް، ދިވެހި ކޯޗެއްގެ ބަދަލުގައި ފެންވަރުގެ ބޭރު ކޯޗެއް ގެންނަންވި.
ޕައްލަންބެ
31 March 2017
ދިވެހި ވޮލީ ކުރިއަކަށް ނުދާނެ ކުޅުންތެރިންގެ ނުފޫޒް ކޯޗަށް އޮންނަހިސާބަށް ދިޔައީމަ.. ވޮލީ ޓީމްތެރޭ ފެކްޝަން އުފެދި ފެކްޝަންގެ ކުޅުންތެރިއަކު ޓީމުން ކަޓައިފިއްޔާ ދެންތިބި ކުޅުންތެރިން ބޮޑާހާކާ ހިސާބައް ދިޔައީމަ އޭތި ވަރަށް ކަޑަވީ... ދެން އަނެއްކަމަކީ އެސޯސިއޭޝަން ސިޔާސީ ވުން... މިހާރު މުބާރާތެއް ހުޅުވުމުގެ ރަސްމިއްޔާތަކަށް ދެވުނަސް ހީވަނީ ސިޔާސީ ޕާރޓީއެއްގެ ޖަލްސާއަކަށް ދެވޭހެން. ސަރުކާރަށް ސަނާކިޔުމާ ރައީސް ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދެއްކުން ކަމަކަށް އޮންނަނީ.. ފުޓްބޯޅަވެސް ކުރިއަށް ނުދަނީ މިސަބަބާހެދި ވަރަށް ވާހަކަ މި ބުނެވުނީ
ޙެހެ
31 March 2017
ދިވެއްސަކު މިހެން ބުނިނަމަ އެމީހާގެ ދުވަސް ދިޔައީ. އެވަރުގެ ނުބައި މީހެއް ނުހުންނާނެ. މި އާޓިކަލްގެ މެސެޖް ސާފުކަމަށް ހީކުރަން.
އެދުވަސްމީ
31 March 2017
ދިވެހި ކޯޗް ބުނީ ސީނިއަރ ކުޅުންތެރިންނަށް ޕރެސަރުގައި ކުޅެން ނޭގެނީއޭ މިވާގޮތެއް ނޭގުނު "މެޗުތައް ރާއްޖޭގެ އަތުން ގެއްލެނީ ރޭވުމުގައި ހުރި މައްސަލަތަކުގެ ސަބަބުން. ކުޅުންތެރިން ކުރާ މަސައްކަތް އެނގޭ. އެ ކުޅުންތެރިންނަށް ހެދޭ ގޯސްތައް ރަނގަޅު ކުރަން އެބަޖެހޭ ރަނގަޅަށް ކިޔައިދީ މެޗަށް ތައްޔާރުކުރަން. މިކަން ހައްލުވެއްޖެނަމަ ރާއްޖެ ވަރަށް ކުރިއަށްދާނެ،" ސަރްބަގިޝިއެވް ބުންޏެވެ.
ޜުފިޔާ ގޯނި
31 March 2017
ރާއްޖޭ ކުޅިވަރުމުބާރާތްތަކުންބަލިވަނީ ސިޔާސީވެގެން ވޯލީމުބާރާތް ނިމުމުގެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލަތީފް ބުނީ އަރުމެންގެ ޕޕ ނައިބުރައިރައިސް އަހަރުމެންގެރައިސް ޔާމީން މުބާރާތުގެނަންބޯޑްބަލާލީމައެގޭ ސިޔާސީވެފަހުރިވަރު މިހީވަނީ ޕޕ އެމް އިން އިންތިޒާމްކޮއްގެންކުރިޔައްދިޔަމުބާރާތެންހެން ލަތީފްއައް ވ ސަލާން