އަރިދަފުސް ރޯގާގެ ވޭން އެންމެ ބޮޑީ އެކަނިވެރިންނަށް ކަމަށް ދިރާސާއެއްގައި ވަނީ ބުނެފައި
01 އެޕްރީލް 2017 - 07:06
މިއީ ހެއްވާ ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު ސައިންސްވެރިން މިކަން ކަށަވަރުކޮށްފި އެވެ. އެކަނިވެރިކޮށް އުޅޭ ބަޔަކު ވަކި ކޮޓަރިތަކެއްގައި ބޭތިއްބުމަށް ފަހު އެ މީހުންގެ ހަށިގަނޑަށް އަރިދަފުސް ރޯގާގެ ވައިރަސް ފޮނުވައި، ނަތީޖާ ބެލި އިރު އެނގުނީ އެކަނިވެރިކޮށް އުޅޭ މީހުން އަރިދަފުސް ރޯގާގެ ސަބަބުން ބަލިވާ މިންވަރު، އެކުވެރިން ގިނަ އުފާވެރި މީހުންނާ އަޅާބަލާއިރު މާ ބޮޑު ކަމެވެ.
އެމެރިކާގެ ރައިސް ޔުނިވަސިޓީން ކުރި މި ދިރާސާއިން ހާއްސަ ކަމެއް ފާހަގަވި އެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން، ވަރަށް ގިނަ މީހުންނާ ގުޅުން އޮންނަ ކަމަށް ބުނި މީހުންގެ ތެރެއިން ވެސް އެކަނިވެރިކަން އިހްސާސްވާ ކަމަށް ބުނި މީހުންނަށް ރޯގާގެ ސަބަބުން ކުރިމަތިވި އުނދަގޫތައް ބޮޑެވެ. މިކަމުން އެނގުނީ ކިތަންމެ މަދު މީހުންނަށް ގުޅުން އޮތް ނަމަވެސް އެކަނިވެރިކަން އެހާ ބޮޑު ނޫން ކަމަށް ބުނި މީހުންނަށް ރޯގާގެ ވޭން އެހާ ބޮޑު ނުވާ ކަމެވެ.
"ގުޅުން އޮންނަ މީހުން މަދުވުމާއި ގިނަވުމަކީ އެ މީހެއްގެ އިޖުތިމާއީ ގުޅުމުގެ ދުޅަހެޔޮކަން ސާބިތުކޮށްދޭ ކަމެއް ނޫން،" ދިރާސާ ޓީމުން ބުނެފައިވެ އެވެ.
ދިރާސާގައި ބައިވެރިކުރި މީހުންނަށް ރޯގާގެ ސަބަބުން ކުރިމަތިވި މައްސަލަތައް ޓެސްޓްކޮށްގެން ބަލައިފައެއް ނުވެ އެވެ. މިކަން ވަޒަންކުރީ ސުވާލުކޮށްގެންނެވެ. ރޯގާގެ ސަބަބުން ކުރިމަތިވި އުނދަގޫތައް ބޮޑު ކަމަށް ބުނި މީހުން އެންމެ ގިނައީ، އެކަނިވެރިކަން އިހްސާސްވާ ކަމަށް މި ދިރާސާއަށް ފާހަގަވެފައިވާ މީހުންގެ ތެރޭގަ އެވެ.
މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެކަނިވެރިކަމުގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ ފަސޭހައިން ބަލިވެ އެވެ.
މި ދިރާސާ އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ، ހެލްތު ސައިކޮލޮޖީ ޖާނަލްގެ ބުރާސްފަތި ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Mishy
03 April 2017
އައިމް ސިންގަލް...ސޯ އައި ބިލީވް އައިމް އ ލޯންލީ ޕާރސަން...އަލްހަމްދުލިﷲ، މަށަށް އަރިދަފުސް ރޯގާ ޖެހެނީ އަހަރަކު 1 ފަހަރު ނޫނީ 2 ފަހަރު.
މާކުންބޭ
02 April 2017
ތިޔައި ކަނޑައެޅިގެން ދޮގެއް! މަށަކީ އެކަނިވެރިއެއް ކަމަކު މަށައް ރޯގާ ވަރަށް ނުޖެހޭ!
ވާނުވާ
03 April 2017
ކަލޭ މީހުންނާ އެއްކޮށް އުޅޭނަމަ އެއްގޮތަކަށްވެސް ރޯގާއެއް ނުޖެހޭނެ!
އެކަނިވެރިޔާ
01 April 2017
އެކަނިވެރިކަމާއި، އެކަނި ދިރިައުޅުމަކީ މުޅިން ދެވާހަކައެއް! ކިތަންމެ ގިނަ ބައެއްގެ ތެރޭގައި އުޅެމުންވެސް އެކަނިވެރިއަކަށް ވެދާނެ!
ޑޭމް
01 April 2017
އަހަރެންނަކީ އެކަނިވެރިއެއް، އަރިދަފުސް ރޯގާ ހުންނަނީ އެއްވާނަކަށް ޖެހިފަ.އެބޭފުޅުންގެ ހޯދުމުގަ ބުރަދަނެއް ނެތްކަމަކަށްބުނާނެ ޖާގައެއްނެތެވެ.ދުނިޔޭގެ އެކިހިސާބު ތަކުގައި ދިރިއުޅެމުން ގެންދާއިންސާނުންގެ ބޮޑީ ޖުމްލަ ގޮތެއްގައި، ކުދިކުދި ސެލްތަކުން ފެށިގެން އޯގަންތަކާހަމަ އަށް އޭގެފަންކްޝަންތައް ހާދަފުރިހަމައެވެ.މިފަދަ ފުރިހަމަ އުފެއްދުމެއް އޭގެއަމިއްޒާތުގައި އެހެން ހަމަހުރެފަ އުފެދި ދާނެހެއްޔެވެ؟މިޔުނިވާސް އަމިއްލައަށް ހަމަހުރެފަ އުފެދުނީހެއްޔެވެ؟ދުނިޔެ މިހާފުރިހަމަ ނިޒާމަކުން ހިނގަމުން މިދަނީ އެއްވެސް ފަރާތެއްގެ ބާރެއްނެތި ހެއްޔެވެ؟މިކަންކަމަކީ އަމިއްލައަށް ވުޖޫދު ވެދާނެ ކަންތައްތަކައެއް ކަމަށް ލޮޖިކަލީ ގަބޫލުކުރަން ހާދަހާ އުނދަގުލެވެ.
ނުންތަ
01 April 2017
ތިހެންވެއްޖެއްޔާ ތިބަލި އެންމެ މަދުވާންޖެހޭނީ މާލޭގަ. ކޮންމެ ކޮޓަރިއެއްގަ ހައެއްކަމީހުން ނުއުޅޭ ކޮޓަރިއެއް މަދުވާނެ. އެކަނިވާކަށް އެއްވެސް ވަގުތެއް ނުލިބޭނެ. އެކަމަކު މާލެއަކީ މިސަރަހައްދުގަ ނިސްބަތުން އެންމެ އަރިދަފުސް ރޯގާ ގިނަ ސިޓީއަށްވާނީ.
އަލީ
03 April 2017
ކެކެކެކެ. މިސަރަހައްދުގެ ސިޓީއަކަށް ދިޔައިންތަ ދުވަހަކުވެސް؟