ކުޅިވަރު / ވީއޭއެމް

ގޯސް ހެދުނުކަމަށް އިއިތިރާފުވެ ޝަމާއިލް މައާފަށް އެދިއްޖެ، ލ. މުބާރާތުގައި ކުޅެން ހުއްދަ ދީފި

03 ޑިސެމްބަރ 2025 - 13:41

ގައުމީ ޓީމު ކުޅުންތެރިން އަމަލުކުރަންޖެހޭ އުސޫލުތައް ފުރިހަމަ ނުކޮށް އެހެން މުބާރާތެއްގައި ކުޅެން ދިޔަ ވޮލީ ކުޅުންތެރިޔާ ޝަމާއިލް ހުސައިން މައާފަށް އެދިއްޖެ އެވެ.

މައާފަށް އެދި ޝަމާއިލް ފޮނުވި ސިޓީގެ ކޕީ އާއި އެ ސިޓީ އަށް ޖަވާބު ދީ ވީއޭއެމުން އޭނާ އަށް ފޮނުވަފައި ސިޓީގެ ކޮޕީއެއް އެ އެސޯސިއޭޝަނުގެ މީޑީއާ ގުރޫޕްގައި ހިއްސާކޮށްފައި ވެއެވެ. އޭނާގެ ސިޓީގައި ބުނެފައިވަނީ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން އެހެން މުބާރާތުގައި ކުޅެން ފުރިހަމަ ކުރަންޖެހޭ އުސޫލުތައް ފުރިހަމަނުކޮށް އެ މުބާރާތަށް ދެވުނިތީ މައާފަށް އެދޭ ކަމަށެވެ. އަދި އެސޯސިއޭޝަނުގެ އެންމެހާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާނެކަމަށް އޭނާގެ ސިޓީގައި ބުނެފައިވެއެވެ.

ލ މާވަށަށް އުފަން ޝަމާއިލް ކުޅުނީ އެ އަތޮޅު ކައުންސިލުގެ ލާމަސީލް ލާމް މުބާރާތުގަ އެވެ. އެ މުބާރާތުގައި ކުޅެން އޭނާ ފުރަތަމަ ދިޔއީ ރިލީސް ނުހޯދަ އެވެ.

އެ މައްސަލައިގައި އޭނާ ގައުމީ ޓީމުން ބޭރު ކުރިކަން ކުޅުންތެރިންގެ ގުރޫޕަށް ވީއޭއެމުން ހިއްސާ ކުރި ސިޓީއަކުން އެންގި އެވެ. އަދި އޭނާ ކުޅޭ މެޗުތަކުގައި ރެފްރީކަން ނުކުރުމަށް އެ މުބާރާތުގައި ރެފްރީކަން ކުރާ ވީއޭއެއެމްގެ ރެފްރީންނަށް ވެސް އެ އެސޯސިއޭޝަނުން އެންގި އެވެ.

މައާފަށް އެދި އޭނާ ސިޓީ ލިޔުނު ފަހުން، ލާމަސީލް ލާމު މުބާރާތުގައި ކުޅެން އޭނާ އަށް ރިލީސް ދިނުމަށް އެދި މާވަށު ކައުންސިލުން ވީއޭއެމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުގެ ސިޓީގައި ވެއެވެ.

އެ ކައުންސިލުން އޭނާ އަށް ރިލީސް ހޯދަން އެދުމުން، އޭނާ އަށް އެ މުބާރާތުގައި ކުޅުމަށް ހުއްދަ ދީފައިވާކަން ވެސް ވީއޭއެމުން ބުނެފައި ވއެވެ. އަދި އެ ހުއްދަ އޭނާ ދިނީޝަރުތުތަކާ އެކު އެވެ. މުބާރާތުގައި ކުޅެން އޭނާ އަށް ހުއްދަ ދިނުމާ އެކު ވީއޭއެމުން ވަނީ އެ އެސޯސިއޭޝަނުގެ ރެފްރީން އެ މުބާރާތުގައި ރެފްރީކަން ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އަންގައިފަ އެވެ.

އޭނާ އަށް ރިލީސް ދިނުމުން، ވީއޭއެމްގެ ރެފްރީންނަށް ވެސް އޭނާ ކުޅޭ މެޗުތަކިުގައި ރެފްރީކަން ކުރެވޭނެ

ޝަމާއިލް ކުޅޭ މެޗުތަކުގައި ރެފްރީކަން ކުރުން، އެ އެސޯސިއޭޝަނުގެ ރެފްރީންނަށް ވީއޭއެމުން އެންގުމުން، ލ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވީއޭއެމްގެ އެ ފިޔަވަޅާ އެކު ރެފްރީންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ މުބާރާތް ހުއްޓާލަން ނިންމިކަން އެ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް މައާފަށް އެދި ޝަމާއިލް ފޮނުވި ސިޓީގެ ޖަވާބުގައި ވީއޭއެމުން ފޮނުވި ސިޓީގެވާ ގޮތުން އެ މުބާރާތުގައި އޭނާ ކުޅޭ މެޗުތަކުގައި އެ އެސޯސިއޭޝަންގެ ރެފްރީން، ރެފްރީކަން ކުރުމުގައި މިހާރު ހުރަހެއް ނެތެވެ. ވީއޭއެމުން ޝަމާއިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މުބާރާތް ހުއްޓާލަން ޖެހުމުން ޓީމުތަކަށް ލިބޭނެ ގެއްލުމަށް ބަލައި ޝަރުތަތަކާ އެކު އެ މުބާރާތް ކުޅުމުގެ ހުއްދަ އޭނާ އަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވީއޭއެމުން ޝަމާއިލަށް ކުރި ޝަރުތުތައް:

- އެ މުބާރާތް ނިމޭތާ ގިނަވަގެން ހަތް ދުވަހުގެ އެސޯސިއޭޝަނަށް ރިޕޯޓް ކުރުން

- ވީއޭއެމްގެ ލީގަލް ކޮމިޝަނުން ބަލަމުންދާ މައްސަލަ އަށް އެއްބާރުލުން ދިނުން!

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454