ގަވާއިދާ ހިލާފަށް އެތެރެކުރަނިކޮށް އައްޑޫން ހިފަހައްޓާފައި ހުރި ސިނގިރޭޓު ނައްތާލުން.-- ފޮޓޯ: ކަސްޓަމްސް
07 ޑިސެމްބަރ 2025 - 21:55
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އައްޑޫން ހިފަހައްޓާފައި ހުރި 1.8 މިލިއަން ސިނގިރޭޓު މިއަދު ނައްތާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން ހިފަހައްޓާފައިވާ 1.8 މިލިއަން ސިނގިރޭޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.
އެ ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް، ހިތަދޫ ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގައި އައްޑޫ ހިތަދޫ ޕޯޓުން އަތުލައިގެންފައިވާ ސިނގިރޭޓް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓުތައް ނައްތާލީ އައްޑޫ ހިތަދޫ ޕޯޓް ލިމިޑެޓް ސަރަހައްދުގައި ކަމަށެވެ.
އެ ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެތި ކަމަށާއި ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް މިިދިޔަ އޮކްޓޯބަރު މަހު ވެސް ކަސްޓަމްސް އިން ވަނީ ނައްތާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިކަލް
08 December 2025
ކޮބާތަ އެއްކަލަ ވަގަށްނެގި ދެ ކޮންޓެއިނަރގެ ސިނގިރޭޓުތައް؟ އެއަށްވީގޮތެއް އަންގާލަދީބަލަ.
ޕޯޓް
07 December 2025
މިތަކެތި އެތެރެކުރި މީހުން ކޮބާ؟
ފާމުލަދޭރި ކިލެގެފާނު
07 December 2025
ވަގަށް އެތެރެ ކުރާ ސިނގިރޭޓް ވަގުތުން ނައްތާލަން ޖެހޭ. ވަގުން އެއަށްވުރެ ދޯޅު އެއްޗެއް ނެތް.
އައްޑޫއާދަނު
07 December 2025
ތިޔަ އަންދަނީ ހުސް ފޮށިތަކެއްހެން ހާދަ ހީވެޔޭ، ފޮޓޯ ބަލާލީމަވެސް ގޮނައިން ހުރީ ހުސްފޮށިކަމަށް ހީވޭ