ޚަބަރު / ސިނގިރޭޓް

ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކޭސްތައް މިއަދު ނައްތާލަނީ: އެއީ ގަވާއިދާ ހިލާފަށް އެތެރެ ކުރަނިކޮށް ހިފެހެއްޓި ތަކެތި ކަމަށް ކަސްޓަމްސުން ބުނ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް މިއަދު ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ތަކެތި ނައްތާލީ ދޫނިދޫގަ އެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކޭސްތައް ނައްތާލަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ

ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލިއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރު ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސުން ހިފަހައްޓާފައި ވަނިކޮށް ދާދިފަހުން ވަނީ ގެއްލިފަ އެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކޭސްތައް މިއަދު ވަނީ ނައްތާލަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެ ތަކެތި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އެވެ. އަދި އެ ތަކެތި ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ ކުރީކޮޅު އެވެ.

އެ މައްސަލާގައި 12 މީހަކު ފުރުން މަނާކޮށް، އަދި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ. އަދި ކަސްޓަަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް އެ މައްސަލާގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.

39 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 14%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަލޯ

20 October 2025

މިއީ ވިސްނުންތެރި ނިންމުމެއް ކަމަށް އަޅުގަނޑު ޤަބޫލުކުވޭ. އަތުލެވިފައިވާ ސިނގިރޭޓުތަކުގެ އިޤްތިޞާދީ އަގު ހުރި ނަމަވެސް، އެތަކެތި ވިއްކުމަކީ ސަރުކާރަށް އެންމެ ފައިދާހުރި ގޮތެއް ނޫން. އެހެނީ، ޢާންމު ޞިއްޙަތަށް ނުރައްކާވެދާނެތީއެވެ. މިފަދަ ނިންމުމަކުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާނެއެވެ.

The name is already taken The name is available. Register?

ޞަލަމް

20 October 2025

3 މިލިޔަނުން ކިހާވަރެއް މަދުވެފަވާނެބާ ތިތަނުން؟

The name is already taken The name is available. Register?

raajje

20 October 2025

މޮޔަ ބޯހަމަނުޖެހޭކަމެއްމިކުރީ، ނުގަވައިދުން އެތެރެކުރީމާ އެކުށަށް އަދަބުދީފަ އަދި އެމީހުންގެ މުދާ އަންދައެއްނުލެވޭނެ، އެއްކުށަކަށް ދެއަދަބުދިނުމަކީ ގާނޫނުދަންނަކަމެއްނޫން، އަންދާލިމީހުނާދެކޮޅަށް ދައުވާކޮށްލަނިކޮށް މިބުނިބަހުގެ ތެދުކަންސާބިތުވެގެންދާނެ، ރާއްޖޭގައި ދުންފަތްނުވަތަ ސިނގެރޭޓު ބޭނުންކުރުން މުޅިންމަނާނަމަ އަންދާލަން އެންމެރަނގަޅު، މިސާލަކަށް މަސްތުވާތަކެތި އަންދާލުމުގާ ގޯހެނެތް، ނަމަވެސްބޭނުންކުރުން ހުއްދަ މުދާ މިހެންއެންދިގެންނުވާނެދޯ

The name is already taken The name is available. Register?

އަހުމަދުު

20 October 2025

ހަމަ އަންދަންވީ، ގޭގަ އޮވޭ ރޯން

The name is already taken The name is available. Register?

އޮއިވާލި

20 October 2025

ވަރަށް އަސަރު ކޮށްފިތާ ސިގިރޭޓު ކާޓޫނުތައް އަލިފާނަށް އެއްލާލާ މަންޒަެު ފެނުނީމަ.

The name is already taken The name is available. Register?

ފަޖީބާރ

20 October 2025

ޔަގީންތަ

The name is already taken The name is available. Register?

ބަސް

20 October 2025

ރިއެކުސްޕޯޓު ކޮށްލިނަމަ ގަުމުން ދުމަށް ތިދުއްވާލި ޑޮލަރަށް ކޮންމެވެސް އެއްޗެއް ލިބުނީސްތާ،

The name is already taken The name is available. Register?

ސިނގިރޭޓު

20 October 2025

އަންދާލީ. ދުން. ސިއްހީގޮތުން ވަރަށް ފައިދާ ހުރިކަމެއް ތިޔަކުރީ. ތިޔަތާތިބި މީހުންގެ ފުއްޕާމެޔަށް އިތުރު ވިހި އަހަރު ތިޔަ އިތުރުކޮށްދިނީ.

The name is already taken The name is available. Register?

ވިސްނާަލާބަ

20 October 2025

މި ސިގްރެޓްތައް ނައްތާލުމުގެ ބަދަލްގައި އޮތަރައިޒްޑް ބަޔަކަށްވިއްކާލުން ނުވަތަ ނީލަން ކީނަމަ ގައިމު ތި ނައްތާލަށްކުރި ޙަރަދު ސަލާމަތްވެ، ސަރުކާރަށް އިތުރު އާމްދަނީއެއް ލިބުނީސް. ސޮ ގަޅި

The name is already taken The name is available. Register?

ައކކ

20 October 2025

ތިތާ ސިގިރޭޓް ބޯމީހަކު ހުރިނަމަ ހާޓް އެޓޭކްޖެހޭނެ!

The name is already taken The name is available. Register?

raajje

20 October 2025

ައކކ: ތިތާގިނަވާނީ ސިނގެރޭޓުބޯމީހުން، އެވެރުންނުފުދިގެން އެ ކާމީހުންވެސް ތިތާތިބޭނެ

The name is already taken The name is available. Register?

ދޮގޭ؟

20 October 2025

ސިނިގިރޭޓް މިގޮތަށް އެންދުމެކޭ ބޮއެގެން އެނދުމެކޭ ވާނެ ތަފާތެއް ނުފެނުނު. އޭރުންވެސް ލާރި އަނދާ އަޅި.. މިގޮތުންވެސް ހަމަ ލާރި އަނދާ އަޅި.. އެހެންވީމާ މިގޮތްވެސް ރަނގަޅު. ސިއްޙަތަށް ނުރައްކާ އޮތް އެއްޗެއް ރީއެކްސްޕޯޓް ކޮށްގެން އެހެން މީހުންގެ ސިއްޙަތަށް ގެއްލުން ދިނުމުގެ އެއްވެސް ބޭނުމެއް ނެތް.

The name is already taken The name is available. Register?

raajje

20 October 2025

މީފައިސާތަކެއް އެންދުމެއްނޫންތަ؟؟ ހަމަޖެހޭކަމެއްތަ؟؟ ސިނގެރޭޓުބޯ އެންމެންމިހާރުވެސް ރާއްޖޭގައި ސިނގެރޭޓުބޮއިދޯ؟ ތިޔަބުނާހުއްދައެއް ހޯދައިގެން އެތެރެވެސްކުރޭ ވިއްކަންވެސްވިއްކާދޯ؟ ސޯ ނުގަވައިދުން އެތެރެކުރި ސިނގެރޭޓެއްކަމަކު އަންދާލައިގެންނުވާނުން، މިތާންގާއެބަބޮއި އެބަވިއްކާ، އެހެންވީމާ ނުގަވައިދުން ކަންތައްކުރިމީހުނަށް އަދަބުދީފާ ސިނގެރޭޓުތައް ގަވައިދަށްފެއްތީމަނިމުނީނުން؟ ނުގަވައިދުންއުޅޭ ބަންގާޅިންވެސް ގަވައިދުންއުޅޭމީހުންކަމަށް ހެދޭނުން؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454