ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
08 ޑިސެމްބަރ 2025 - 07:16
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ވަނީ، ރައްޔިތުންގެ ބަހެއް ނުހޯއްދަވައި ރައްޔިތުންނާ ސީދާ ގުޅުން ހުރި ބޮޑެތި ނިންމުންތައް ރައީސް ނިންމަވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
"އަޅުގަނޑުމެން ވޯޓުލައިގެން އިންތިހާބު ކުރާ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ އަޅުގަނޑުމެންގެ ހިޔާލެއް މަޝްވަރާއެއް ނުހޯއްދަވާ. އަޅުގަނޑުމެންގެ ދާއިރާ މެންބަރުގެ މެންބަރުކަން ގެއްލުވާލުމުގެ ބާރު މަނިކުފާނުގެ އަތްޕުޅަށް ނެންގެވިއިރު، ހަމަ ޔަގީނުން ވެސް ދާއިރާގެ ރައްޔިތުންގެ ހިޔާލެއް ނުހޯއްދަވާ. ކޮބައިތޯ ރައްޔިތުންގެ ބާރު؟ ކޮބައިތޯ ރައްޔިތުންގެ ހިޔާލު؟،" އޭނާ ރައީސްއާ ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވައި، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައިފަ އެވެ.
އަދި ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ، ރައްޔިތުން ހިއްސާކުރާ ހިޔާލާއި މަޝްވަރާއާ އެއްގޮަތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އަށް ބާރު ދެއްވަމުން، ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މިހާރު ވޯޓެއް ނެގިޔަސް، ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ގެނައި ޖެނެރޭޝަނަލް ބޭން އަދި ޑްރަގު ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގެނައި އިސްލާހުތަކަށް "90 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ތާއީދު ކުރާނެ" އެވެ.
"ރައްޔިތުންގެ މަންދޫބުން ހޮވާފައި މި ތިބެނީ ވަކި ގޮތަކަށް. ވަކި ޕާޓީއަކުން ކުރިމަތިލީމަ ވޯޓު ދިނީ، މިނިވަންކޮށް ކުރިމަތިލީމަ ވޯޓު ދެނީ މިސާލަކަށް. އެ ބަދަލު ގެންނަންޏާ އެއީ ރައްޔިތުންގެ ނިންމުމާ ހިލާފަށް ކުރާ ކަމަކަށް ވާތީ، އެއީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވުމަށް ގެނައި ބަދަލެއް،" މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައި ސަބަބު ސާފުކޮށް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުތަކާއި ގަވާއިދުތަކަށް މިފަދަ އިސްލާހުތައް ގެންނަވަނީ، ރައްޔިތުންގެ "ވިންދާއި އިހުސާސްތައް" ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެންނެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
ގާނޫނުއަސާސީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނެސް މިހާރު އަމަލުކުރާ އިސްލާހުގައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓިނު
09 December 2025
ޕާޓީ އަމިއްލައަށް ބަދަލުކުރުމުން ގޮނޑިގެއްލުން ރަނގަޅު .ޕާޓީން ވަކިކުރުމުން ގޮނޑިގެއްލުން ކަމަކުނުދޭ
ސަރުވާެރު
08 December 2025
މީ އެންމެން އެދި އެދި ތިބި ކަންކަން، މިތާ ޖެއްސުމަސް ކޮމެންޓު ކުރާމީހުންވެސް އަސްލު ބޭނުންވަނީ މިގޮތަށް ބާއްވަން. މެމްބަރުން ބޭނުން ވީމަ ބޭނުން ޕާޓީއަކަށް ދާކަށް އެ މެމްބަރުން ހޮވި ޕާޓީގެ މެމްބަރުން ބޭނުމެއް ނުވާނެ
ސަރީފާ
08 December 2025
ވަރަށް ބޯދާ ކޮންމެޓުވެސް މިތާ އެބަ ކުރޭ.. ބަލަ މެޖޯރިޓީ ލިބިގެނޭ މިފަދަ އިސްލާހުތައް ގެނެވޭނީ، މި އިސްލާހު ތަކަކީ ސިޔާސީ ހުރިހާ ޕާޓީ އަކުން އެ ޕާޓީއެއްގެ ވެރިކަމުގައި ގެނެސްފައިވާ އަދި ގެންނާނެ އިސްލާހު ތަކެއް، އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ މެމްބަރަކީ ގަނެވިއްކޭ މުދަލެއްގެ ގޮތުގައި އޮންނާކަށް
ރީމާ ނަދީމް
08 December 2025
ޕާޓީ މެމްބަރުން ބުރަމަސަކަތުން ހޮވީމަ ބޮޑުއަގުގައި ގޮސް އެހެން ޕާޓީއެއްގައި ހުންނާކަށް އެއްވެސް ރައްޔިތަކު ބޭނުމެއްނުވާނެ، މި ނިންމުމަށް ގިނަ ރައްޔިތުން ތާޢީދު ކުރޭ، މިތާ ބޮޓުން ކުރާ ކޮމެންޓަކީ ހުރިހާ ރައްޔިތުންގެ ބަހެއް ނޫން
ހާޝިމާ
08 December 2025
މި އިސްލާހުގެ ސަބަބުން ރާއްޖޭގެ މަޖިލިސް މެމްބަރުން ގަނެ ވިއްކުމުގެ ބާޒާރު ނެތި ހިނގައްޖެ، 5 އަހަރަށް ރައްޔިތުން ހޮވަނީ ވަކި ޕާޓީއެއްގައި ހުރެގެން މެމްބަރު ކަން ކުރަން، އެމީހާ އަކީ ގަނެ ވިއްކޭ މުދަލެއް ގޮތުަގައި ބަހައްޓާކަށް ނޫން
ދާނިސް
08 December 2025
މީހަމަ ކޮންމެހެން ނިންމަން ޖެހޭ ނިންމުމެއް މިކަމަށް މަ ތާޢީދު ކުރަން
މުނާފިޤު
08 December 2025
ވަކި ބަޔަކު ތަމްސީލް ކުރުމަށް ސިޔާސީ ޕާޓީއަކުން ހޮވުމަށް ފަހު އުޅޭނެ ހާ ގޮތަކަށް އުޅެވިގެން ނުވާނެ، އެންމެ އާދައިގެ މުވައްޒަފުންނަށް ވެސް ކޯޑު އޮފް ކޮންޑަކްޓެއް އޮވޭ.. ބަރާބަރު މީތި
ރައްޔިތުންގެ ގާތަށް
08 December 2025
މެމްބަރުން ހޮވުމަށް ފަހު އުޅޭނެ ގޮތަކަށް އުޅެވިގެން ނުވާނެ މީ ވަރަށް ރަނގަޅު ނިންމުމެއް
ގެދޮރޭ
08 December 2025
ބުހުތާން ދޮގު. އޯކޭ. މެމްބަރު އަމިއްލައަށް ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލުން ހަމަ އެއްވަނަ. އެކަމަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލުން ގޯސް. އެއީ ތްރީލައިން ވިޕެއް ނެރެފާނެ ގާނޫނު އަސާސީއަށް ބަދަލުގެންނަ ހާލަތެއްގަ. އިޚްލާޞްތެރި މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓު ދީފީޔާ އޭނަ ޕާރޓީން ވަކިކޮށް ގޮނޑި ގެއްލުވާލާނީ. މަކަރުން ފޯވެފަ ތިބި ބައެއް ތީ.
ކޮސް
08 December 2025
ރަނގަޅު ކަމަކަށްވާނީ މެންބަރު ހޮވުމުގެ ކުރިން މިކަން އެންގިނަމަ. މެޖޯރިޓީ ލިބުނީމަ މިކަން ކުރީ ނިޔަތް ގޯސްވީމަ. ހުރިހާ ބާރެއް ހޯދުމަށް. ކުރިން މިވާހަކަ ނުދެއްކީ , ޕީ.އެން.ސީއަށް ލިބޭ ވޯޓު މަދުވާނެތީ.