ގޯލްޑް ކަޕުގައި ލަނޑު ޖެހުމަށްފަހު ފާއްޓޭ އުފާފާޅު ކުރަނީ: އޭނާ ވަނީ ނިއު އަށް ސޮއި ކޮށްފަ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 ޑިސެމްބަރ 2025 - 08:05
ބ. އޭދަފުށީގެ މަޝްހޫރު މުހައްމަދު ފާސިރު (ފާއްޓޭ) ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅެން ފާއްޓޭ، އެނބުރި އަންނަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ.
ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޯލް ޔޫތު ލިންކޭޖް (އެވައިއެލް) އާއި އީގަލްސް އަށް ވެސް ފާއްޓޭ ވަނީ ކުޅެފަ އެވެ. މިދިޔަ އަހަރުގެ ގޯލްޑް ކަޕް އޭދަފުށީ ޓީމަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ޓީމުގެ ކެޕްޓަން ފާއްޓޭ އަކީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ.
ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ، ފާއްޓޭ ނިއު އަށް ސޮއި ކުރުމުން އެ ދެ ބެންގެ ކުޅުން އަނެއްކާވެސް އެއް ޓީމެއްގައި ގަލޮޅު ދަނޑުން ފެންނާނެ އެވެ. ގޯލްޑް ކަޕްގައި ވެސް އެ ދެބެއިން ވަނީ އޭދަފުށީ ޓީމަށް އެކުގައި ކުޅެފަ އެވެ. އަދި ކުރިން އޭވައިއެލް އާއި އީގަލްސް އަށް ވެސް ދެ ފާސިރު އެކުގައި ކުޅުނެވެ.
ސެންޓޭ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފާއްޓޭ، ފުރަތަމަ ޑިވިޝަނުގައި ކުޅެން އެނބުރި އެ އަންނަނީ 15 އަހަރަށް ފަހު އެވެ. އޭނާ އެންމެ ފަހުން އެއްވަނަ ޑިވިޝަނުގައި ކުޅުނީ 2009 ގައި އޭވައިއެލްގަ އެވެ. އެ އަހަރު އޭނާ އަށް ލިބުނު ބޮޑު އަނިޔާ އެކު ފުރަތަމަ ޑިވިޝަނާ ދުރައް ޖެހިލި އެވެ. އެކަމަކު އެފްއޭއެމުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމަށް އަދި ފްޓްސަލްގައި އުރީދޫ އާއި އޭދަފުށީގެ ޓީމަށް ވެސް އޭނާ ކުޅުނެވެ.
ސެޕްޓެމްބަރު މިޔަންމާގައި ކުޅުނު އޭއެފްސީ ފުޓްސަލް ކޮލިފައިންގައި އޭނާ ކުޅެފައިވެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ބުރަށް ފަހު މިހާރު ކުރިއަށްދަނީ ސީޒަންގެ ދެވަނަ ޓްރާންސްފާ ޕީރިއަޑެވެ. ލީގުގެ ދެވަނަ ބުރު މި މަހު މެދުތެރޭގައި ފަށާނެ އެވެ. ދެވަނަ ބުރުގެ ޝެޑިއުލް އެފްއޭއެމުން އަދި އާންމު ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯގޯސް ދިވެހީން
10 December 2025
ފާއްޓޭ ކާއްޓޭ ތާއްޓޭ ލާއްޓޭ
ނިއު ފޭން
09 December 2025
މުބީނު ހެޔޮނުވާނެ، ރޯނުއެދުރު ސުޒޭން ތި ޓީމުގެ ކޯޗުކަމުން ބޭރުކޮށްބަލަ
ޖަމްޝީދާ
09 December 2025
ހުސްތަ އެސޮރު؟
އޭދަފުށީގޮމަ
09 December 2025
މާފުކުރޭ. އެސޮރު ހުހެއްނޫން... އެހެން ކަމަކާ ވިސްނާލާ
ޔުމްނު
09 December 2025
ދެން ބަރާބަރަށް ދާނަން މެޗްތައް ބަލަން ނިއުގެ. އެންމެ ރީތި ކުދިން މިތިބެނީ ނިއުގަ
ފޭނުން
09 December 2025
ސުޒޭނު ހުރެގެން ނެތް ވާކައް ކިތަންމެ ރީތި ކުދިން ތިއްބަސް
ސަފޯޓަރ
09 December 2025
ސުކުރިއްޔާ މުބީން. ތިޔަ ކުރަށްވާ މަސައްކަތަށް
ކުރާހަސަނު
09 December 2025
ދިވެހި ފުޓުބޯޅައިގައި ފަނި އަޅުވައިފި އެއްފަންޏަށްފަހު އަނެއް ފަނި.
ޒާރާޒާ
09 December 2025
މުބީން ދެކެ ކިތަންމެ ފޫހިވިޔަސް ޓީިމް ދޫކޮއްލެވެން ނެތް ކުޅުންތެރިން ޗާލު ކަމުން
ޒިންދު
09 December 2025
ސަޅި ބިޓުންނޭ ނިއުއަށް މި ގެންނަނީ