ހަލީމް، މީގެ ކުރިން "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: މިހާރު
09 ޑިސެމްބަރ 2025 - 16:58
ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން އުފެއްދި ކުންފުނީގެ ޗެއާމަނަކަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި"ގެ ނަމުގައި އުފައްދާފައިވާ ކުންފުނީގެ ޗެއާމަން ކަމަށް ހަލީމް ހަމަޖައްސާފައިވާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 9 ގައި އުފެއްދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ކުރިން ހުންނެވި ޑރ. ޝާހު މާހިރެވެ. ޗެއާމަނާއި އެމްޑީއާއެކު ޑިރެކްޓަރުންގެ ބޯޑުގައި މި ވަގުތު ހަ ބޭފުޅުން އެބަތިއްބެވެ.
ޝާހު، މީގެ ކުރިން "މިހާރު"އަށް ވިދާޅުވީ މަސައްކަތް ބަދަލުވުމުގެ މަރުހަލާގައި އޮތުމުން އަދިވެސް ބޭސް ގެންނަނީ އެސްޓީއޯއިން ކަމަށެވެ.
ބޭސް ކުންފުނީގެ ދަށަށް ހުރިހާ އޮޕަރޭޝަނެއް ބަދަލުވާން 3-6 މަސް ދުވަސް ނަގާނެ ކަމަށް، މިދިޔަ އޮކްޓޯބަރު މަހު ދިން އިންޓަވިއުގައި ޝާހު ވިދާޅުވި އެވެ.
"ވަރަށް ބޮޑު އޮޕަރޭޝަނެއް ވީމާ އޯވަނައިޓަކުން ސްވިޗެއް ނުކުރެވޭނެ. އެހެންވެ، ޕަބްލިކަށް ދެމުންދާ ސާވިސަސްތަކަށް އުނދަގުލެއް ނުވެ ނުވަތަ ޑިފިކަލްޓީއެއް ނައިސް މިހާރު ހަމަ ކުރަމުންދާ ގޮތަށް ކުރަމުންދާނީ،" ޝާހު ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ އެސްޓީއޯ ބޭސް ފިހާރަތައް ވެސް، މި ބަދަލުތަކާ އެކު ފާމަސޫޓިކަލް ކުންފުނީގެ ދަށަށް ބަދަލުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނު 1
11 December 2025
ހަލީމަށް ތިކަންވާނެ. އެއީ ވަރަށް ބަރާބަރު މީހެއް. އެކަމު ބުނަންތޯ ނަމަނަމަ ޅިޔަނާ މާ ގާތްނުވާތި ތިކަމުގަ. ޅިޔަނުގެ 12 ނޫނީ 13 ތަން ހުރޭ ފާޑުފާޑުގެ ނަންނަމުގަ. ހުސް ހެލްތު ރިލޭޓެޑް.
ބޭސް ފިހާރަ
10 December 2025
ދެެރަކަމެއް. ހުރިހާ ތަނެއްގައި މިބޭފުޅާ؟؟. ހުޅުމާލެ ހޮސްޕިޓަލް ކެޝުއަލްޓީ އަށް ދައްކަން މަދުވެގެން 3 ނޫނީ 4 ގަޑިއިރު!. ހުން އައިސް ގައިގަ ރިއްސާމީހާ 3 ގަޑިއިރު ގޮނޑިއެއްގަ!. ޑޮކްޓަރުން ފަރުވާ ކުޑަ. ހައްލެއް ނުހޯދޭ!. ޒިންމާ ނަގަންޖެހޭ ބޭފުޅާއަށް އަނެއްކާވެސް މަގާމެއް.
އަބުދުލް ޤާދިރު
10 December 2025
މި ސަރުކާރެކޭ ރާޒަވާ ކުޅިބައެކޭ އެއް ވެސް ތަފާތެއް ނެތް. ދެއިރުކާ ބޭހެއްހެން އެއް ކުންފުނިން އަނެއް ކުންފުންޏަށް، އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުން މި އޮންނަނީ. އެއްތަނުން ބަނޑު ފުރާލީމާ އެހެން ތަނަކަށް ބަދަލުކޮށްލަނީ އެ ހިސާބުން ހުދު ފޮތިކޮޅަކަށްވީ
ސާހުމާހިރު
10 December 2025
މިނޫން މީހަކު ގައުމުގަ ނެތީތަ؟ މިދާރޭޓުގަ ދަންޔާ ނެކްސްޓް އަދީބު ބުރޯމީ..
ތެފައާސާ.
10 December 2025
ބޭހަށް ޖެހިގެން މި އުޅެނީ ކުންފުނީގެ ޗެއާރމަނެއް ނެތިގެން. ދެން އިސާހިތަކު ޔޫރަޕުގެ މޮޅެތި ބޭސް ތިޔާގިވެދާނެ!!!
ޖައިޝަމް ސލޑ
09 December 2025
ފުރިހަމަ ނިންމުމެއް
ބުރަތޭރީ
09 December 2025
ބޭސް ނުލިބިގެން ރައްޔިތުން މިހާވަރަށް ދުވަންޖެހެނީ ސަރުކާރުގެ ޕޮލިސީގެ ދޯހަޅިކަމުން. މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ކުރިމަތިކުރުވި ހާލަތެއްނޫން. މިކަން ރަނގަޅު ކުރެވޭނީ ބޭސް އެތެރެކުރާ ހުރިހާ ކުންފުނިތަކަށާއި ފާމަސީ ތަކަށްދޭންޖެހޭ ފައިސާ ، ސަރުކާރުންދެއްވާ، ގެއްލުންނުވާނެ ގޮތުގެމަތިން ހުރިހާ ފާމަސީތަކަށްވެސް ބޭސް ދޫކުރވޭނެ ގޮތެއް ހަމަޖެހިގެން. ވިޔަފާރިކުރާ ރައްޔިތުންގެ ވިޔަފާރި ފުނޑާލުމުގެ ވިސްނުންގެންގުޅޭނަމަ ކަމަކުނުދާނެ.
އަދާލަތު
09 December 2025
ގިނަރަށްރަށުގައިހިންގާ އެސްޓީއޯ ފާމަސީތަކުގައި ފާސަމަސީ ހިންގުމަށް ތަޖުރިބާހުރި އެއީ ކޮންކަހަލަޚިދުމަތެއްކަން ދަންނަވެރިޔަކު ނުހުރޭ. އެކަށީގެންވާވަރަށްވުރެ ޚިދުމަތުގެ ވަޤުތުކުޑަވެފައި ޛިންމާދާރުކަމެއްނެތް. ޤާބިލްމީހުންތިއްބަސް ވަޒީފާދެނީ ގޯތި ނުވަތަ ރަޙުމަތްތެރިޔާއަށް. ޤައުމު ޕެރަލައިސްވެއްޖެ. ހިތާމައިގެކޮޅެއްނެތް.
ބަތަލާ
09 December 2025
ފާމަސޫޓިކަލް ކުންފުނިން ގެންނާނީ ޔޫރަޕްބޭސްތޯ ނުވަތަ ހަމަ އިންޑިޔާބޭސްތޯ؟ ނުނީ ޔޫރަޕްބޭސް ގެންނަން އަނެއްކާ ވަކިކުންފުންޏެއް ހަދާނީތޯ؟
ނީނާާ ވަލީދު
09 December 2025
ޔޫރަޕުން ބޭސް ގެންނަން ވަކި ކުންފުންޏެއް ހަދާނީ. އަދި އެ ކުންފުނީގެ ބެލެނިވެރި ކުންފުންޏެއްވެސް ހަދަން ޖެހޭނެ. މީގެ އިތުރުން އިންޑިޔާގަ އުފައްދާ ޔޫރަޕް ކޮލިޓީބޭސް ގެންނަން ވަކި ކުންފުޏެއް ހެދުމުގެ މަގުމަތީގަ ސަރުކާރު އޮތީ. ލަފާކުރެވޭގޮތުންނަމަ 2028 ގެ ފަހުކޮޅު ހުރިހާ ކަމެއް އެންމެ ފުރިހަމަޔަށް ނިންމާލެވޭނެ. ސަބަބަކީ ކުރީސަރުކާރާ ޔާމިނާ ހެދި އެއްވެސް ކަމެއް ކުރެވެން ނެތުން.
ސަސި
09 December 2025
އިންވެސްޓްމެންޓް ބޭންކު ނަންވާނީ.
ސަސި ކުމާރު
09 December 2025
އަބަދުވެސް ނަން ވާނީ ހައިވަކަރު އޮޑި