ސޮލިޓިޔުޑް ގާޔާ މޯލްޑިވްސް. --
10 ޑިސެމްބަރ 2025 - 07:54
ދުނިޔޭގައި މަގުބޫލު ޑައިވިން އެކްސްޕީރިއަންސްގެ ހިދުމަތް ދޭ، ސޮލިޓިޔުޑް ވޯލްޑް އިން ލަގްޒަރީ ސަފާރީއަކާ އެކު ރާއްޖޭގެ މާކެޓަށް ވަދެއްޖެ އެވެ.
ސޮލިޓިޔުޑް ވޯލްޑް އަކީ ލިވަބޯޑް ޑައިވިން އެކްސްޕީރިއަންސް ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެކެވެ.
ފިލިޕީންސް، އިންޑޮނީޝިޔާ އަދި ޕަލާއުގައި އެ ކުންފުނިން އަންނަނީ ޑައިވިން އާއި ސްނޯކްލިން އަށް ހާއްސަ ސަފާރީތަކާއި ރިސޯޓުތައް ވެސް ހިންގަމުންނެވެ.
ސޮލިޓިޔުޑް ވޯލްޑުގެ ވިޔަފާރި ރާއްޖެ އަށް ފުޅާކުރަން ނިންމައި، ސޮލިޓިޔުޑް ގާޔާ މޯލްޑިވްސްގެ ނަމުގައި ލަގްޒަރީ ސަފާރީގެ ހިދުމަތް ފަށަން އިއުލާނު ކޮށްފައިވަނީ އޮގަސްޓް 2027 ގަ އެވެ.
ނަމަވެސް، އަންނަ އަހަރުން ފެށިގެން ބުކިން އަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މިގޮތުން، ރާއްޖޭގެ އެންމެ މަގުބޫލު ޑައިވިން އަދި ސްނޯކްލިން ޕޮއިންޓުތައް އެ ސަފާރީގެ ދަތުރުތަކުގައި ހިމަނާނެ ކަމަށް ބުންޏެވެ.
ސޮލިޓިޔުޑް ގާޔާ މޯލްޑިވްސް އިން ބުނި ގޮތުގައި، ޑައިވިންގެ ކަންކަން އެ ކުންފުނިން ރާއްޖޭގައި ކުރިއަށް ގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު، މަތީފަންތީގެ ހިދުމަތް ދަތުރުވެރިންނަށް ލިބޭނެ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy