ސަަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރުމުގެ އެއްބަސްވުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ އެކްސްޗޭންކްކުރައްވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
11 ޑިސެމްބަރ 2025 - 15:41
މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގްތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް، "ސަސްޓެއިނަބުލް ޓައުންޝިޕް" އެެއް ތަރައްގީކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް ހުއްދަދިން ކްރިސްޓަލް ހޯލްޑިންގްސްއާ އެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތްކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް އަމާޒު ކޮށްގެންނެވެ.
ކްރިސްޓަލް ހޯލްޑިންގްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްގެން ޓައުންޝިޕެއް ތަރައްގީކުރާނީ ނ. އަތޮޅުގައި ކަމަށާ އެކަމަށް ބޭނުންވާ ބިން މިހާރު އޮތީ ހިއްކާ ވެސް ނިމިފައި ކަމަށެވެ.
"މިހާރު ހިއްކާ ވެސް ނިމިފައި އޮތީ ސަސްޓެއިނަބުލް ޓައުންޝިޕް" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަސްޓެއިނަބުލް ޓައުންޝިޕެއްގައި ނަމަ ރަނގަޅު ފެންވަރަކަށް ހިދުމަތްދޭ މެޑިކަލް ފެސިލިޓިއެއް ހުންނަން ޖެހޭ އިރު ކްރިސްޓަލް އިން ތަރައްގީކުރާ ޓައުންޝިޕްގައި" އެހެން ބަޔަކަށް ނުދެވޭ ވަރުގެ ފެންވަރު ރަނގަޅު" ހިދުމަތެއް ގާއިމްކުރަން ސަރުކާރުން އެދިފައިވާނެ ކަމަށެވެ.
A historic step forward for sustainable development in the Maldives.
— Ministry of Economic Development and Trade (@MoEDmv) December 11, 2025
On behalf of the Board of Investments, Minister @em_saeed today presented the first-ever Sustainable Township Development Permit under the SEZ Act to Crystal Holdings Pvt Ltd.
A significant milestone advancing… pic.twitter.com/YfTX8rQt8P
ސަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރަން ސްޕެޝަލް އިކޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުުން އެފަަދަ ޓައުންޝިޕެއް ތަރައްގީކުރާ ކުންފުނިން ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީއެއް ނުވަތަ ހޮސްޕިޓާލިޓީ ދާއިރާއިން މީހުން ތަމްރީނުކުރާ މަރުކަޒެއް ގާއިމްކުރަން އޮތް ނަމަވެސް ސައީދު ވިދާޅުވީ ލްރިސްޓަލް އިން އެ ދެ ވަސީލަތް ވެސް ގާއިމްކުރާނެ ކަމަށެވެ.
ސަަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. . ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
"ނުވަތައިގެ ބަދަލުގައި މި ބޭފުޅުން ޗޫޒްކުރީ އެ ދެކަންތައް ވެސް ކުރަން،" ސައީދު ވިދާޅުވި އެވެ.
އެ ޓައުންޝިޕްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ އިރު އެކަމުގައި ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް މިހާރު އިމްޕޯޓްކުރާ ކޮންމެވެސް ދެ ބާވަތަކަށް އިސްކަންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޓައުންޝިޕްގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު، ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޑަހަންޖާ
11 December 2025
ނ އަތޮޅު ރަށްރަށް ވިއްކާފަ އެފައިސާގަނޑުން ކ.މާލެ އަތޮޅުތެރެއިން ފަޅުހިއްކާފަ ގޯތިދޭއިރު ނ އަތޮޅުމީހުނަށް ގޯއްޗަށް ކުރިމަތިނުލެވޭކަމަށްވަންޏާ ދެން ތިކަމުގައި އަހަރެމެން ބުނާނެ އެއްޗެއްނެތް.
ކުދުބެއްޔާ
11 December 2025
އަނެއްކާ އަނެއް "ބަންކަރިން" ޕްރޮޖެކްޓް. ތިޔަކުރި ސޮއިވެގެންދާނީ ހަމައެކަނި ޓޫރިސްޓުންނަށް ނުވަތަ ބޭރުމިހުންނަށް ދެވޭ ހިދުމަތަކަށް. ތިޒާތުގެ ހުވަފެން ބެލުމަށްވުރެ ހޭލާއިނުންވެސް މާ ރަގަޅުވާނެ.
ކޮރަލް
11 December 2025
ކުރީގަ ރިސޯޓް ތައް ހަދާފަ ވަނީ ދިވެހީންނެވެ. ބިދޭސީންނެއް ނޫނެވެ. މިހާ ރިސޯޓް ތައް ހަދަނީ ބިދޭސީންނެވެ. ދިވެހީންނަށް މަސައްކަތް ނުލިބެ އެވެ. މަސައްކަތް ކުރުވަނީ ބިސިނަސް ވިސާގަ އިންޑިޔާ އާ ލަންކާ އިން ބިދޭސީން ގެނެސް ގެންނެވެ.
ގާސިމް
11 December 2025
ދިވެހިން ލައްވާ މަސައްކަތް ކުރެވެން ނޯންނަނީ މަކަރުހަދާ މަސައްކަތް ލަސްކޮއް ފިލައިގެން އުޅޭތީ. ޕޭމަންޓަ ދޭންޖެހޭހަފުތާގަ ހަމައކަނި ގުޅޭނީވެސް.
އެމްސް
11 December 2025
ތިފަދަ ހުރިހާ ކޮމްޕޯނަންޓަކުންވެސް އާމްދަނީގެފުރުސަތު ފަހިވަނީ ބޭރުމީހުންނަށެވެ! ޢުޒުރަަކަަށް ދެއްކެނީ ސްކިލްޑް މީހުން ދިވެހިން ތެރޭގަ ނެތްކަމަށެވެ! ދިރާގުވެސް އުފެދުނު އިރުގަ ސްކިލްޑް ދިވެހިންނެއް ނެތެވެ! އެހެންކަމުން މީހުން އުފެއްދީއެވެ! ޕްރައިވެޓް ސެކްޓާއިން ބޭރުމީހުން މަދުކުރެވޭނީ އެކަމަށް އެމީހުނަށް މަޖްބޫރުކޮށްގެންނެވެ!
ގާސިމް
11 December 2025
ދިވެހިން ކުރާކަމަކީ ސަރުކާރުން ހަމައެކަނޮ ދިވެހިންނަށް ކުރެވޭގޮތައް ގަވާއިދު ހަދާފަ ހުންނަކަން ކަން ބިދޭސީންނަށް ކުރެވޭނެމަގުފަިކޮއްދީ އެމީހުނަށް މަނީލޯނޑަރ ކޮއްދިނުން. މުޅި ގަުމުގަ މިހާރު އުޅެނީ ޓުއަރިސްޓް ވިސާގަ އައިސް ޓުއަރިޒަމް ހިންގާ ބިދޭސީން. މީ ދިވެހިންގެ ވިޔާނުދާކަން.
ޔާނީމް
11 December 2025
ޓައުންޝިޕެއްގެ ވާހަކަ ދެއްކުމުގެ ކުރިން ކްރޫޒް ޝިޕެއް ބަނދެވޭތޯ އުޅުނުނަމަ.