މަސްވެރިންގެ މުޒާހަރާގައި ދޯނިތައް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
12 ޑިސެމްބަރ 2025 - 15:26
މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ކަނޑުމަތީގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ގޮވާލައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ.
އޭގެ ތެރޭގައި އެ ޔޫނިއަންގެ ކޯ-ފައުންޑަރު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި އެ އިހުތިޖާޖުގައި ބައިވެރިވި ދޯންޏެއްގެ ކެޔޮޅެއް ކަމަށްވާ އަބްދުލް ލަތީފު އަދި ދޯނިތަކަށް ރަޖިސްޓްރީކޮށްފައި ތިބި ބިދޭސީންތަކެއް ހިމެނެ އެވެ.
އެ ޔޫނިއަނުން ނެރުނު ބަޔާނުގައި ވަނީ އެ އެންމެން ދޫކޮށްލަން ގޮވާލައިފަ އެވެ. އަދި މުޒާހަރާ ހުއްޓާނުލާ ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.
"ފިޝަރީޒް މިނިސްޓަރުގެ އެދިލެއްވުމުގެ މަތިން މިނިސްޓަރާ ބައްދަލުވަންދެން މުޒާހަރާ ރޫޅާނުލާ ޔޫނިއަންގެ މެމްބަރުންނާއި ކެޔޮޅުން މި ތިބީ ގަދަކޮށް ކަމަށާއި މަސްވެރިންގެ ހައްގުތައް ހޯދުމަށް ގޮވާލާ ކުރިއަށް ދާ އިހުތިޖާޖު ހުއްޓާނުލާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެ އެވެ.
އެ މުޒާހަރާ ރޫޅާލުމަށްފަހު، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މާލެ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް، އެކަމަށް އިޖާބަނުދީ އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެކައިރިން ދަތުރުކުރާ އުޅަނދުތަކަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ނަސޭހަތްދިނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު ސަރަހައްދަކަށްވުމާ އެކު އެކަމުގެ ސަބަބުން އިއްޔެ އާއި މިއަދު ވެސް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސަ
12 December 2025
ދޫކޮށްލާނެ! ތިކަންވެސް ކުރާނެ! އެކަމަކު ދޯނިތައް މާލޭގެ އުތުރު ފަރާތު ކަނޑު ތޮށި ކައިރީގަޔާއި ނެރުތަކުން ފަޅުތެރެއަށް ވަންނަން އުޅުނު އެތައް އުޅަނދުތަކަށް ހުރަސްއަޅާ ސިފައިން ފުލުހުންގެ އުޅަނދުތަކުން އެންގި އެންގުމަށް ކިޔަމަންނުވެ ފަޅަށަ އެއްދޯނި ވަދެ ކޯސްޓްގާޑު އުޅަނދެއްގައި ޖައްސާފައިވޭ! ޢަޑުގަދަކުރާ ވަރުން ރައިސް އޮފީހުގައިވެސް މަސައްކަތް ނުކުރެވޭ ވަރަށްދިޔަ! ކޮންޓެއިނަރ ވަގުންވެސް ދޫކޮށްލީ! ފުލުހުންވާ ރަގަނޅު މިވަރުން އުޅޭކަން!
ކުރި
12 December 2025
މުޅި ދޯނީގެ 90% މަސައްކަތް ކުރާ މީހުން ނަކީ ބޭރު މީހުންނަށް ވެފަ ބާނާ މަސް ސަރުކާރުން ގަނެ ކެޔޮޅާ އޮޑުވެރިޔާއަށް ބައެއްނަގާދަ ދެން ހުރި ހުރިހާ ލާރިއެއް ބޭރު މީހުން ނަށް ދީނީމަ ކޮންތާކު މިޖެހުނީ. އެންމެ ލާރި ފޮއްޗެއްވެސް މިގައުމު ތެރޭ އެބުރޭނެތަ؟ އެމްޑީޕީ ގެ ބޮޑުން އަޑީގަ ތިބެގެން މުޅި މިގައުމު ހަލާކު މި ކުރަނީ.