ފުލުހުން ހުޅުމާލޭގެ މަގަކުން ވެހިކަލެއް ނަގައިގެން ގެންދަނީ. -- ފޮޓޯ: ޕޮލިސް
12 ޑިސެމްބަރ 2025 - 18:15
މަގުމަތީ ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްވެފައި ހުރި ވެހިކަލްތަކާއި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުތަކުން ނަގަން ހިންގި ޕްރޮގްރާމްގައި 787 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށީ މި މަހު ހަވަނަ ދުވަހު އެވެ. އެ ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލެ 1 އަދި 2 ގެ މަގުތަކުގައި ހުރި އެފަދަ ވެހިކަލްތައް ނަގަން އަންގައިފަ އެވެ.
ވެހިކަލްތައް ނެގުމުގެ މަސައްކަތް ނިންމާލުމަށް ފަހު ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޓޯކުރި 787 ވެހިކަލްގެ ތެރޭގައި ގިނައީ މާލޭ ޒޯން ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެވެ.
ފުލުހުން ވެހިކަލްތަކެއް ޓޯކޮށްގެން ގެންދަނީ. -- ފޮޓޯ: ޕޮލިސް
- ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދު
- ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ހުރި 186 އުޅަނދު
- މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދު
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓޯކުރި ހުރިހާ އުޅަނދެއް ވެސް ގެންދިޔައީ ތިލަފުއްޓަށެވެ.
ވެހިކަލްތައް ދޫކުރަނީ އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޓްރެފިކް ޖޫރިމަނާއެއް ދެއްކުމުން ކަމަށާއި ވެހިކަލްތައް ދޫކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރާނެ ކަމަށް ބުނެފައިވެ އެވެ. ޖޫރިމަނާތައް ދެއްކުމުން އެ ސްޓޭޝަނުން ދޫކުރާ ސްލިޕާ އެކު ތިލަފުއްޓަށް ގޮސް އުޅަނދު ގެންދެވޭނެ އެވެ.
ފުލުހުން ބުނީ ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެން ގޮސް ހުންނަ އުޅަނދުތަކާ މެދު އަމަލުކުރާ އުސޫލުގެ ދަށުން، އެ ވެހިކަލްތަކުގެ މައުލޫމާތު އިއުުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ނުގެންދާ ނަމަ ނައްތާލާނެ އެވެ.
ބޮޑުތަކުރުމަގު ފުޑް ކޯޓު ސަރަހައްދުގައި ޕާކް ކޮށްފައިވާ ކާރެއް، ފުލުހުންގެ ޓޯއަށް ހާއްސަކޮށްފަައިވާ އުޅަނދު ބޭނުންކޮށްގެން ނަގަނީ.-- ފޮޓޯ: ޕޮލިސް
މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކުކުރާ މައްސަލަ ބޮޑެވެ. އެހެންވެ ފުލުހުން ގެންދަނީ ޓޯކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރަމުންނެވެ. އެކަމަކު މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ވެހިކަލް ޓޯކުރި ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށުޖާބެ
13 December 2025
މިހުންގެ މުދާ ހެޔޮނުވާނެ ތިހެންހަދަން
ވާނުވާ،،،
13 December 2025
ނު ގަވާއިދުން ޒޯން އާ، ޕާކު ކޮއްފަ ހުންނަ ވެހިކަލް ހަމަ ޓޯ ކުރަންވީ. މީގަ މައްސަލައަކީ ހުޅުމާލޭ ފިތުރޯނުމަގުގަ ހުންނަ ޕުރައިވެޓް ފުލެޓުތައް ކައިރީ ނު ގަވާއިދުން ޕާކުކޮއްފަ، ނުވިތާކަށް ޒޯން ބަދަލުކޮއްފަ ހުންނަ ވެހިކަލްތައް ނުނަގާތީ. ހިނގާ ބިގާވެ އުޅެން އުދަގޫ އެތާވެސް. އެ ނުނެގެނީ ކޮންމެވެސް ސިޔާސީ މީހެއް، މަހުޖަނެއް، ނޫނީ ގޭންގު ލީޑަރެއްގެ ވެހިކަލް އަކަށް ވާތީ. ދެރަ ނިކަމެތި މީހާގެ ވެހިކަލް ތައް މި ނަގަނީ. ކުރާ ކަމެއް ރނގަޅަށް ކުރޭ އިންސާފަށް.
ދަނޑުން
13 December 2025
ރަނގަޅު، ސައިކަލްވެސް އެބަހުރި ދޫކޮށްލާފައި....
1828
12 December 2025
ރާއްޖެތެރޭގައި އެބަހުރި މާލޭ ޒޯނަށް ރަޖިސްޓްރީކޮށްގެން ދުއްވާ އެތައްއުޅަނދެއް. އަދި ސްކޫލް ބަންދެއްވެއްޖެއްޔަ މާލޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ އެތަކެއް ސައިކަލެއް ރާއްޖެތެރޭ ރަށްރަށް ގެނެސްގެން ދުއްވާ، އެކަން ނުވޭ ދިވެހި ފުލުހުންގެ ޚިދުމަތަކަށް މައްސަލައަކަށް. ދިވެހި ފުލުހުންގެ ޚިދުމަތަށް ހަމައެކަނި މައްސައަކަށްވަނީ މާލޭގައި އެހެން ޒޯނެއްގެ ވެހިކަލް ޕާކްކޮށްފައިހުރުން. ދައުލަތަށް ދައްކަންޖެހޭ އަހަރީ ފީ ދައްކާފައި ކޮންމެ ޒޯނަކު ދުއްވިޔަ ކީއްތަވީ؟
ހުސެންބެ6766
12 December 2025
ތިބޭފުޅުން ލަދެއް ނުގަނޭޓޯ ތިހެންބުނަން؟ ލޯމަތިން އެތެރެކުރީ ރާއްޖެއައް... ލޯމަތިން ނުބައިޒޯނު އެއްޗެއް ގެނެސްފަހުރީ.. ޢަދިވެސް ސައްހަ ގަރާޖެެއް ނެތި ރަޖިސްޓްރީކުރޭ...ހައްލަކީ އެންމެނައް ފެންނަގޮަތައް hurihaa އުޅަދެއްގެ ރަޖިސްޓްރީ ކުރިގަރާޖް އަދި އުޅަދުގެ ވެރިފަރާއް...
އޮނަރަބްލް އަފީފު ދީދީ
12 December 2025
މާލެ ސަރަޙައްދުގައި ނުގަވައިދުން ޕާކް ކުރުމުގެ މައްސަލަ ފެށޭ ހިސާބަކީ ވެހިކަލް ރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖް ހުންނަ މާލޭ މީހުންގެ ގޭގެ ގަރާޖް ތައް ވެހިކަލް ރެޖިސްޓްރީ ކުރުމާއި އެކު ފިހާރަ ނުވަތަ ކޮޓަރި ނޫން ނަމަ ކެފޭ ހިންގުމަށް އެތަންތަން ބޭނުން ކުރުން ނޫންތޯ؟ މާލޭގެ ގެދޮރު 10 ބާރަ ބުރިއަށް ނަގާއިރު ހުއްދަ ދީފައިވާ ބިލްޑިންގ ކޯޑް އާއި އެއްގޮތަށް އިމާރާތް ބޭނުން ކުރޭތޯ ބަލާ ބަޔަކު ވެސް ނުތިބޭ.
އަޖޭ
13 December 2025
ތިޔަކަހަލަ ކޫދުންނާ ހެދި އައްޑޫއަތޮޅުގެ ސުކޫލުތަށް ބޮއްސުން ލައިގެން ދަނީ. އަމިއްލަ މިހާގެ ރަށުގެ އުނިސިފަ ނުހޯދާ އެހެންމީހުންގެ އުނިސިފަ ހޯދުމަ މުޅި ހަޔާތް ތި ދުއްވާލަނީ. ތިޔަހެން އަފިރިންގެ މިޖާޒް ބައްޓަން ކުރާހިންދަކު އަފިރިން އަތޮޅޮ ހަމ ތިހެން ޝަކުވާކޮށްލ ކޮށްލަ އޮންނަންޖެހޭނީ.