އައިޖީއެމްއެޗް: ވެމްކޯ މުވައްޒަފެއްގެ ފުއްޕާމެޔަށް ޑީސަލް އެޅިގެން އެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ޑިސެމްބަރ 2025 - 21:13
ވެމްކޯގެ މުވައްޒަފަކު ހަމަކުން ޑީސަލް ނަގަން، އެއަށް ހޮޅިއެއް ލައި އަނގަ ޖަހައި ދަމާލި ވަގުތު ޑީސަލް ބޮވި ފުއްޕާމެޔަށް ޑީސަލް އެޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން އަނގައަށް ޑީސަލް އެޅި، އެ ޑީސަލް ބޮވިގެން ކަމަށެވެ.
އެ މުވައްޒަފަށް ފަރުވާ ދޭން އިމަޖެންސީގައި ވަގުތުން އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށާއި މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
މިހާރު އެ މުވައްޒަފުގެ ހާލު ސްޓޭބަލް ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގާތުން މޮނިޓާކުރަމުން މި ދަނީ ހުރިހާ ކަމެއް. މިހާރު ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނީ. އޭރު ވެންޓިލޭޓަރަށް ލީ ނޭވާލާން އުނދަގޫ ވެގެން. އެކަމަކު މިރޭ އެއިން ނަގައި އައިސީޔޫއަށް ބަދަލުކުރާނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވަނީ،" މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ އެ ހާދިސާ ހިނގި އިންޖީނުގޭގައި ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެ މުވައްޒަފަށް އެގޮތަށް ދިމާވީ މަސައްކަތް އަވަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައުމު
13 December 2025
މީ ވަރަށް ގިނައިން ބައެއް މަސްވެރިން ކޮށްއުޅޭ ކަމެއް. ވަކިން ޙާއްސަކޮށް ކުދި ޑިންގީތަކުގަ ފަރުމަހަށް ނުކުންނަ މީހުން. މީ އަވަސް އަދި ފަސޭހަކަމެއް ކަމަކަށް ފެނިގެން ކުރާ ކަމަކަށް ވިޔަސް ސީއްހީ ގޮތުން މީކީ މާ ރައްކާތެރި ކަމެއް ނޫން.
ޑޮކްޓާރ. ބަނާނާ
13 December 2025
ޢިހަކަށް ދުވަހު ސްޓެލްކޯ ގެ މުއައްޒަފެއް ކަރަންޓް ގަ ޖެހިގެން ނިޔާވީ. މިއަދު ފެނަކަ މުއައްޒަފަކު ފުއްޕާމެއަށް ޑީސަލް އެޅިގެން މަރާ ހަގުރާމަ ކުރަނީ.. މިކުންފުނި ތަކުގެ މި ހިތާމަވެރި ހާދިސާތަކުން ދޭހަވަނީ މިތަންތަނުގެ ؟" ހެލްތް އެންޑް ސޭފްޓީ" އޮތް ހާލަތު ! ޢަވަސް ޝިފާ އަކަށް އެދެން !
ދޯހގގގޖޖސސ
13 December 2025
ހޭލުން ތެރިކުރުމުގެ ޕުރޮގުރާމް ހިންގަންއެބަ ޖެހޭ... ވަކިން ހަޒާޑު ކިޔައިދިން އެބަޖެހޭ
ކީއްކުރާނީ
13 December 2025
މޮޅުވާން އަވަސްކޮށްލަން މިގޮތަށް ކުރާކަންކަމުން ކިހާ ބޮޑެތި ގެއްލުން މިވަނީ.
ސޭފްޓީސްޓޭންޑަރޑް
13 December 2025
ދަޢުލަތު ގެ ބޮޑެތި ކުންފުޏިތަކުގައި މަސައްކަތް ކުރަން ބޭނުންވާ އެންމެހައި އާލަތްތަކާއި ވަސީލަތްތައް ހުންނަންވާނެ. މުވައްޒަފުން ރިސްކަށް ހުށަހެޅިގެން ކަންކަން ކުރަންޖެހޭ ހާލަތެއް އޮވެގެން ނުވާނެ. ސޭފްޓީ ސްޓޭންޑަރޑްތައް ކަނޑައަޅައި އެކަމަށް މުވައްޒަފުން އަހުލުވެރި ކުރުވެންވާނެ.
ލޮލްސް
13 December 2025
ތި ކޮމެންޓް ތި ކުރީ އާންމު އުސޫލު ބުނެދޭންކަމަށް ވާނަމަ ރަނގަޅު. އެކަމް މި މައްސަލައާ ގުޅޭ ގޮތުންނަމަ އަދި އެއް ފަހަރު ހަބަރު ކިޔާލުން ރަނގަޅު.
ރޭނީސް
12 December 2025
އަވަސް އަރުވާލައިގެން ކަންތައްތައް ކުރުމުގެ ހިތި ނަތީއެއް މިއީ ވެސް. މަގުމަތީގެ ގިނަ އެކްސިޑެންޓުތައް ވެސް އެހެންވެ.
ސަސު
12 December 2025
"ނަމަވެސް އެ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް މާލެ ގެނެސް" މި ދެން ހަމަ ވަރަށް ދެރަ ވާހަކަ
ޢަރްތީ
13 December 2025
ހުރިހާ ޚިދުމަތެއް ލިބެންވާނީ މާލެއިން، އަތޮޅު ހޮސްޕިޓަލްތައް އެއީ ކިޔާ ނަމެއް. މާބަނޑު މީހަކު ވިހަންވެސް މާލެއަށް، ކުއްޖާއަށް ކަމެއް ވިއަސް އަތޮޅު ހޮސްޕިޓަލުން ކުރެވޭނެ ކަމެއް ނެތް
ލާމަސީލު
12 December 2025
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން
ދރދއވ
12 December 2025
ސައިފޮން ކުރަން އެއުޅުނީ. އެކަނަ ކުރަން އުޅޭ އިރު މިއީ ވެދާނެ ކަމެއް. ޝަފާކަށްﷲ
އޯކޭމެ
12 December 2025
ސޮރީ ޓު ހިއަރ. އަނގަ ނުޖަހާ ހުސް ފުޅިއަކުން ވެސް ތިކަން ކޮށްލެވޭނެ. އަވަސް ޝިފާއަކަށް އެދެން. ކުންފުނިން ކައިރިން ހާލު ބަލާނެ ކަމަށް އުއްމީދު ކުރަން