މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް މުއިއްޒު މިރޭ ވަޑައިގަތުމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
13 ޑިސެމްބަރ 2025 - 22:06
މަސްވެރިކަމުން ބާނާ މަސް ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ނެރޭ ގައުމަށް ރާއްޖެ ވާއިރު އެ ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ.ދުވާފަރުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޝިޔާމް ވިދާޅުވީ ދޮށީގެ މަސްވެރިކަމުގައި ބާނާ މަހުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ވިއްކާ މަހުގެ 50 ޕަސެންޓަކީ ރާއްޖޭން އެކްސްޕޯޓްކުރާ މަސް ކަމަށެވެ. އެއީ ރާއްޖެއާ އެންމެ ގާތްކުރާ އަދަދަކަށް ދޮށީގެ މަސްވެރިކަންކުރާ ޖަޕާނުން މަސް އެކްސްޕޯޓް ނުކުރާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޖަޕާނުން ބާނާ މަސް ވިއްކަނީ ޑޮމެސްޓިކް މާކެޓަށް، އެހެންވީމާ ޖަޕާނު ނުހިމަނާ ދުނިޔޭގެ ބާޒާރަށް ނެރޭ ދޮށީގެ މަސްވެރިކަމުން ބާނާ މަހުގެ 50 އިންސައްތައަކީ ދިވެހިރާއްޖޭން އެކްޕޯޓްކުރާ މަސް، ދުނިޔޭގެ ބާޒާރަށް މިހާ ގިނަ މަސް ނެރޭ ބަޔަަކަށް ވާތީ އެ ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިކަމުގެ އިންޑަސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން ވެސް މިނިސްޓަރު މިރޭ ވަރަށް ތަފްސީިލުކޮށް ވާހަކަ ދެއްކެވި އެވެ. އެއާ އެކު މަސްވެރިކަމުގެ އިންޑަސްޓްރީ ޑައިވާސިފައިކުރުމަށް ކަނޑަަޅާފައިވާ ބައެއް ސިޔާސަތުތައް ވެސް އެ ޖަލްސާގައި އޭނާ ހާމަކުރެއްވި އެވެ.
އޭގެ ތެރޭގައި މެރިކަލްޗާގެ މަސައްކަތާއި މޫދުވިނަ ފަދަ އާ ބާވަތްތައް ކޮމާޝަލް މިންވަރަކަށް އާލާކޮށް ނެގުން ވެސް އެެއީ ކުރިއަރުވާނެ ދާއިރާތައް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރި އުޅަނދުތަކުގެ ފްލީޓަށް އާ ޖީލެއްގެ އުޅަނދެއް ތައާރަފްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށާއި އޭގެ ޕްރޮޓޯޓައިޕެއް ވަރަށް އަވަހަށް ބަންނާނެ ކަމަށް ވެސް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ މަހަށް ނުކުމެ އުޅުނު ދޯނިފަހަަރަށް ސަރުކާރުން އެންމެ ފަހުން ބަދަލެއް ތައާރަފްކުރީ 1،990 ގެ އަހަރުތަކުގައި އޭރު ހިންގި އެސްޓީއޯގެ އެފްޕީއައިޑީން ނެރުނު " ސެކަންޑް ޖެނެރޭޝަން "މަސްދޯންޏެވެ. އެފްޕީއައިޑީން އޭރު ހިންގި ބޯޓްޔާޑް ބަނގުރޫޓްވީ ފަހުން މަސްދޯނި ފަހަރަަށް ސަރުކާރުން ގެންނަން އުޅުނު ބަދަލެއް ކާމިޔާބުވެފައެއް ނެތެވެ. އެހެން ނަމަވެސް މިހާރު ހުރި ބާވަތުގެ މަސްދޯނި ފަހަރުގައި ފެންފިނިކުރާ ނިޒާމުތައް ގާއިމްކުރަން މިހާރު ފަށާފައިވާ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
15 December 2025
ދޮށީގެ މަސްވެރިަކަން ކުރަނީ މަސްވެރިަކަމުގެ ވަރަށް ކުޑަ އިންސައްތައެއް. ދޮށީގެ މަސްވެރިކަމަކީ އާލާކޮށް ފުޅާކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް. ނަމަވެސް ބޮޑެތި ގައުމުތަކުން ދާޖަހައިގެން މަސްތަށް ކަހާލައިގެން ނަގާ އިރު ދިވެހިން ކިތަންމެ ބޭނުން ވިޔަސް ދުނިޔޭގެ މަސް ވެރިކަމުގެ ބާޒާރުގަ އުފުލޭނެ މާ ހަރު އަޑެއް ނޯންނާނެ. ޖަލްސާތަކުގަ އަޅުގަޑުމެންނަށް ބާރެއް އޮންނަން ޖެހޭނޭ ބުންޏަސް ބާރުއޮތް ބޮޑެތި ގައުމުތަކުން ޖާގަނުދޭނެ. މޮރިޝަސް ވެސް ހުރަސް އަޅާނެ.
އަނީސް
14 December 2025
ޒުވާނުން މަސްވެރިކަމަށް ނެރެން އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަކީ އެމީހުންކުރާ މަސައްތައްވެސް 1. އެކަށީގެންވާ ނަފާ ލިބޭނެ މަސައްކަތަށް ހެދުން 2. އެމީހުންނަށް ރިޓއާމަންޓް ލިބުން 3. އެމީހުންނަށާއި އެމީހުންގެ ޢާއިލާތަކަށް އިންޝޫރަންސް ދިނުން. ސަރުކާރުތަކުން އެކަންތަކަށް ފަސްޖެހޭ އެއްވެސް ސަބަބެއްނެތް. ހަމަ ނާގާބިލުކަން.
ހަސަނުބޭބެ
14 December 2025
އެހެންވެތޯ ރާއްޖޭން ބާނާ މަސް ސީޝެލް އަދި މޮރިޝަސް ފަދަ ރާއްޖޭން ބަނާ މަހަށް އެންމެ ވާދަވެރި ގައުމުތަކަށް މިފްކޯއިން ގަނޑުމަހުގެ ގޮތުގައި ވިއްކަނީ. އޭގެ ސަބަބުން ނޫންތޯ ރާއްޖޭގެ އުފެއްދުންތައް ޔޫރަޕުގައި އަގުވެއްޓެނީ. ހުސް ގަޅި ވާހަކަ
އަލިބެ...
14 December 2025
ހުސްއަގަތަޅައިގެން ވާނެ ކަމެއް ވާނެ.
ދަތުރު
14 December 2025
މަސްވެރިކަމައް ރާއްޖެއައް ބާރެއް އޮންނަންޖެހޭކަމައް ތިވިދާޅުވަނީ އެކަންކުރުމުގެ ބާރެއް އޮތްބައެއްގާތަކުނޫން. ރައްޔިތުންކައިރީ ތިވާހަކަ ދެއްކުމުގެ ބަދަލުގަ ތިކުރާ ދަތުރުތަކުގަ ތިވާހަކަ ދައްކަންޖެހޭ މާލަންތަކުގަ ތިވާހަކަ ދެއްކާނަމަ އޭގެ ފައިދާއެއްވެދާނެ.
ފިޒި
14 December 2025
ޖަލްސާގެ ތިބޭ ކުދިން އަތްޖެހީމާ މިނިސްޓަރ ވ ހިތްހަމަޖެހޭނެ، ދެންހެޔޮ ކަމެއް ނުވިޔަސް
އެމްސް
14 December 2025
މިހާތަނަށް ތަރައްޤީއަށްވެސް ރާއްޖެއަށް ކަމެއް ކުރެވެނީ ބަޔަކު ކޮށްދީފިއްޔާ ނުވަތަ ލޯނެއް ދީފިއްޔާއެވެ! މަސްދޯނިފަހަރަށް ޖީލެއް ތަޢާރަފްކުރުމަށްވުރެ މަހަށްދާނެ ޖީލެއް ތަޢާރަފްކުރުމުގެ މުހިއްމުކަން މާބޮޑެވެ! އެހެންނޫނީ ދަނޑުވެރިކަންހެން މަސްވެރިކަންވެސް އެއްކޮށް ބިދޭސީ ޖީލަކުން ނަގާފާނެއެވެ!
އާރީ
13 December 2025
އަބަދު އެއްވާހަކައެއް ދައްކަނި އަމަލީ ސިފައެއް ނާދެ
ސާޖިދާ
13 December 2025
ކުރަންވީ ކަމަކީ ދޮށީގެ މަސްވެރިކަން ހުއްޓާލާ އެއްވެސް ގޮތަކަށް މަސް ނުބާނާ ގައުމަކަށް ރާއްޖެ ހަދަންވީ. ކަނޑުތަކުގަ އުޅޭ މަހާއި އެހެނިހެން ދިރުންތަކަށް އަމާން ރައްކާތެރި ކަނޑުގެ ވެއްޓެއް ގާއިމުކޮށްދޭން ވީ.
#ސަކަރާތް
14 December 2025
މަގޫފަތް ތަ ކާންވީ.