ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނާ އެކު މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޑިސެމްބަރ 2025 - 23:12
ސަރުކާރުގެ ކުރީގެ ހައުސިން ސްކީމްތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެތަން ދޫކޮށްލުމުން މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނެ ގޮތް ހަދައިފި އެވެ.
މި ސަރުކާރުގެ ފްލެޓު ދިނުމުގެ އުސޫލަށް އެ ބަދަލު ގެނައިކަން އިއުލާން ކުރެއްވީ، މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީގެ ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒެވެ.
މިހާރު އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެ ތަން ދޫކޮށްލުމުން ސަރުކާރުގެ އެހެން ހައުސިން ސްކީމަކަށް ނުވަތަ ގޯއްޗަށް އެޕްލައި ކުރެވޭނެ ގޮތް ހަދައިދޭން އާންމުން އެދުނީ މާފަންނުގެ ރައްޔިތުންނާ އެކު މި މަހު ފަސް ވަނަ ދުވަހު ރައީސް ބޭއްވި ބައްދަލުވުމުގަ އެވެ.
"ވަރަށް ގިނަ ރައްޔިތުން އެދުނު، ކުރީގައި ސަރުކާރުން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ކަހަލަ ގޮތެެއް ހެދޭނެތޯ. އެކަމާ އަޅުގަނޑުމެން ވަރަށް ތަފުސީލީ ގޮތެއްގައި ބަލައި ހަދައި ނިންމާފައި ކުރީ ރޭ އޮތް ބައްދަލުވުމުގައި އަޅުގަނޑު ވާނީ އެ ވާހަކަ ދަންނަވާ ވެސް ލާފައި،" ރައީސް ވިދާޅުވި އެވެ.
"މިހާރު މި ހުޅުވާލާ ސްކީމުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައި ވާނީ. ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުން އެ އޮންނަ އުސޫލުން އެތަން [އެއް ކޮޓަރީގެ ފްލެޓް] ދޫކޮށްލާފައި މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް ދާ ގޮތަށް."
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރާ ވަނީ ނިންމައިފަ އެވެ.
މާލޭ ރަށްވެހިންނަށް ފްލެޓު ދިނުމަށް މި ސަރުކާރުން ބަލަން ކަނޑައަޅާފައިވާ ޝަރުތުތަކަކީ އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވުމާއި މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވުން އަދި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވުމެވެ.
މި ސަރުކާރުން ދޭ 15،000 ގޯތީގެ ތެރެއިން 10،000 ގޯއްޗަކީ މާލޭގެ ރަށްވެހިންނަށް ދޭ ގޯތިތަކެވެ. މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ މީހުންނަށް 3،000 ގޯތި އަދި މުޅި ގޯތި އެއްކޮށް ދޫކޮށްލާ މީހުންނަށް ލާޖައްސާ އުސޫލުން 1،500 ގޯތި އަދި މައިމުޅަވެފައިވާ މީހުންނަށް 450 ގޯތި ހާއްސަ ކޮށްފައިވެ އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި، މާލެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު މުރާޖައާ ކުރުމާ މެދުގައި ވިސްނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥާމިލް
19 December 2025
ސަރުކާރުން ފްލޭޓުތައް އަބުރާ ގަންނާނެ އުސޫލެއް އޮންނަންޖެހޭ އަލަށް އެޕްލައި ކުރާ އަޕްގްރޭޑް ފުލެޓް
ޥާމިލ-
18 December 2025
ހަމައެކަނި ރިޕޯޓަރުންނަށާ، މީޑިއާ ތަކާ ސިޔާސީ ޕާޓީތަކާ މަސްވެރިންނަށް ކުލަބު ތަކަށް އެކަނި ބާ ސަބްސިޑީ ދޭން ޖެހެނީ…
ކޮންމެ ސައިޒެއްގެ ފްލެޓެއްގައި ވިޔަސް......
18 December 2025
ކުޑަ ސްޓޯރ ރޫމަކާއި، މެއިޑް ރޫމެއް ކޮންމެހެން ވެސް ހުންނަން ޖެހޭނެ އެވެ.
ޢަމީނާ1
17 December 2025
ހަމަ އެކަނި 1 ކޮޓަރި ؟؟؟ 2 ކޮޓަރީގަ އުޅޭތާ 15އަހަރު 4 ކުދިން ؟؟؟ އަޅުގަނޑުމެނަށްވެސް ފުރުސަތެއް ޕްލީސް !!
ޒަވިޔަނި
17 December 2025
އެއްކޮޓަރި ފްލެޓްތައް ސަރުކާރުން ދޭންވީ އަލައް ކައިވެނި ކުރާކުދިންނަން ކުޑައަގެއްގަ ކުއްޔައް. ޑައުންޕޭމެންޓެއް އޮވެގެނެއްނުވާނެ. އެކުދިން 3 ކޮޓަރީގެ ފްލެޓް އައް ކުރިމަތިލައި، އެއިން ފްލެޓެއް ލިބޭހިސާބުން އެއްކޮޓަރި ދޫކޮއްލަންޖެހޭނެ. އެއްކޮޓަރި ފްލެޓްތައް ރަނގަޅައް މެއިންޓަނަންސް ކޮއް ބަލަހައްޓަން ޖެހޭނެ ސަރުކާރުން. މީ މަގޭ ޙިޔާލް
ހަސަނު.
17 December 2025
ކ.މާލޭ މީހުންނަކީ ތަނަށް ކުލި ދައްކާ ބައެއްނޫން. ލިބުނު ތަނެއް ދޫކޮށްލާނެ ބައެއްނޫން. ހުޅުމާލެއިން ބިން ހޯދަން މާލެއިން ލިބުނު ތަންކޮޅު ދޫކޮށްލަން ބުނި އެކަކުވެސް އެތަންކޮޅު ދޫނުކުރޭ.
ބެއްަޔާގެ ދަރި
17 December 2025
ހިޔާ ފްލެޓަށް ކުރިމަތިލީ އޭރު ތިން ކޮޓަރީގެ ސޯޞަލް ހައުސިން ސްކީމެއް ނެތީމަ.ކައިރި މުސްތަގުބަލެއްގައި ވެސް އެފަދަ ސްކީމެއް ފެންނަން ނެތީމާ އަވަހަށް ލިބޭ ތަނެއް ހޯދަން.އޭގެ ކުރިން އުޅުނީ ކުއްޔަށް ތިން ކޮޓަރީގައި. މިއަދު ހިޔާގެ އެއް ކޮޓަރީގައި ދެމަފިރިން އަނެއް ކޮޓަރީގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 13 އަދި 5 އަހަރުގެ އަންހެން އަދި ކުދިން ބަލާ މީހާ. ދޭތެރެއަކުން ރަށުން އަންނަ މައިން ބަފައިން. ތިން ކޮޓަރީގެ ފުރުސަތު ލިބޭކަށް ނުޖެހޭތޯ؟
އޮނަރަބްލް އަފީފު ދީދީ
17 December 2025
މިސަރުކާރުގެ ރަނގަޅުކަމާއި، ހިތްހެޔޮކަން އަދި "ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުނާއިމެދު އިންސާފަށް ކަންކުރާކަން ދެއްކުމަށް" ތިކަންކުރާނަމަ، ފުރަތަމަކަމަކަށް ރާއްޖޭގެ އެހެންއެއްވެސް ރަށެއްގެރައްޔިތުނަށް އަދި އަމުދުން ޤާނޫނީގޮތުން މާލޭ ރަށްވެހިންގެ ގޮތުގައިތިބި "މާލޭ ދަފުތަރުމީހުނާއި" އެމީހުންގެ މުޅިދިރިއުޅުން ތިރަށުގައިބިނާކޮށްގެން ތިރަށުގައި ވަޒީފާއަދާކުރާ ތިރަށުގައިދިރިއުޅޭ އެހެން ރަށްރަށުމީހުނަށް ތިފުރުސަތު ނުދިނުމަކީވެސް ބޭއިންސާފު ނޫންތޯ؟
ކަރާ އަލިބެ
17 December 2025
މީތި ކަޑަ.
އޮނަރަބްލް އަފީފު ދީދީ
17 December 2025
ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތުދަށުން ތިރަށުމީހުނަށް ސޯލިޙް "ބަހާލި" 6،200 ގޯއްޗަކީ 11.3 މިލިއަން އަކަފޫޓްގެ ބިން. ހުޅުމާލޭ 25 ބުރީގެ 16 ޓަވަރު އަޅާފައިވަނީ 195،920 އަކަފޫޓު ބިމުގައި. އެހެންވީމާ "ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ހިލޭ ބަހާލި 11.3 މިލިއަން އަކަފޫޓު ބިމަކީ އޭގެ 57 ހިޔާ މަޝްރޫޢު ނުވަތަ 25 ބުރީގެ 926 ޓަވަރު ނޫންނަމަ 440،000 ފްލެޓް އިމާރާތް ކުރެވޭނެ ބިން ނޫންތޯ؟ އެހެންކަމުން މަތީގައި ދެންނެވިފަދަ ޤާނޫނެއްނެތި އަނެއްކާވެސް ބިން ބަހާލަނީތޯ؟
އުދުހޭ
17 December 2025
1 ކޮޓަރިވެސް ނުލިބޭ މީހާ އޮންނަންޖެހެނީ އެންމެ ފުލުގަތަ؟ 1 ކޮޓަރީގެ ފްލެޓް ލިބުނީމާ ކީއްވެތަ އެ ބަލައިގަތީ؟ ބޭނުން ނުވަންޏާ އެހެން މީހަކަށް އެފުރުސަތު ނުދިނީ ކީއްވެތަ؟