ފުލުސް އޮފީހުން ނުކުމެވަޑައިގެން ރިޔާޒް ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާގެ މައްޗަށް މީގެ ކުރިން ވެސް ދެ ތުހުމަތެއް ވަނީ ކޮށްފައި.--- ފޮޓޯ: ނިޝާން އަލީ/މިހާރު
03 އެޕްރީލް 2017 - 09:54
އޭނާގެ އަމިއްލަ މޮބައިލް ފޯނު ހުޅުވައިނުދެއްވި ކަމަށް ބުނެ އެއީ ފުލުހުންގެ ދައުރަށް ހުރަސްއެޅުން ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވެސް ރިޔާޒްގެ މައްޗަށް ވަނީ ދެ ތުހުމަތެއްކޮށްފަ އެވެ. އެއީ ފިތުނަ އުފެެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތެވެ.
ފުލުސް އޮފީހަށް ރޭ ހާޒިރުކޮށް، ތަހުގީގުގައި ތިން ގަޑިއެއްހާއިރު ހޭދަކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް ރިޔާޒް ވިދާޅުވީ އޭނާގެ ފޯނު ހުޅުވައިދޭން ފުލުހުން އެދުމުން، ފޯނު ހުޅުވަން ތިން ފަހަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު އޭނާ ބޭނުންކުރައްވާ ތިން ޕިން ކޯޑުން ވެސް ފޯނު ނުހުޅުވުނު ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅަށް މިހާރު މަސައްކަތް ކުރާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ޕާލެމްންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވީ އޭނާ ގެންގުޅުއްވާ އައި ފޯނަކީ އެއްގޮތަކަށް ވެސް ނިންވާ ފޯނެއް ނޫން ކަމަށާއި އަބަދުވެސް ފޯނު ހުޅުވަނީ ފިންގާޕްރިންޓުން ކަމަށެވެ. މާވެޔޮމަގުން ވަޑައިގަންނަވަނިކޮށް ހުއްޓުވައި ޕޮލިހަށް ހާޒިރުކޮށް ފުލުހުން އޭނާގެ ފޯނު އަތުލި ރޭ އޭނާ އަށް ދެއްކި ކޯޓު އަމުރުގައި ފިންގާޕްރިންޓް ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެފަދަ އަމުރެއް ހޯދަން އެދުނީމަ ފުލުހުން އެކަން ގަބޫލު ވެސް ކުރި،" ރިޔާޒް ިދާޅުވި އެވެ.
އެކަމަކު އެފަދަ އަމުރެއް ނުލިބުނު ކަމަށާއި އެންމެހާ މައުލޫމާތު ދޭން ޖެހޭނެ ކަމަށް ކުރީގެ އަމުރުގައި ވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށް ފުލުުހުން އޭނާ އަށް ރޭ އެންގި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ފުލުހުން ތަހުގީގު ކުރިއަށް ގެންދިޔައީ ވަރަށް ރަނގަޅަށް ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ އެ މުއައްސަސާގައި އަދިވެސް ތިބީ ހުވަޔަށް ކަމޭހިތައި ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ފުލުހުން ކަން އޭނާ ޔަގީންކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަން ފުލުހުން ތަހުގީގު ކުރިއަށް ގެންދާނީ ރަނގަޅަށް ކަމަށް. އަޅުގަނޑުު ނުކުރާ ކަމެއްގެ ތެރެއަށް އަޅުގަނޑު ފައްތައިގެން ހުކުމެއް ގެނައުމުގެ ނިޔަތުގައި އެއްވެސް ފުލުހަކު މަސައްކަތްނުކުރާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ މި ހުރިހާ ކަމެއް މި އަންނަނީ ސިޔާސީ ގޮތުން އަޅުގަނޑު މި ގައުމު އިސްކުރައްވައިގެން މަސައްކަތްތައް ކުރައްވަން ފައްޓަވައި އަޅުގަނޑުމެން އެ ބޭފުޅުންގެ ފަހަތުގައި މަސައްކަތް ކުރާތީވެ އެއްގޮތަކަށް ވެސް އެކަން ބަލައިގަންނަން ދަތި ބޭފުޅަކު މިވަގުތު ރައީސް ކަމުގައި އެ ހުންނެވީ."
ރިޔާޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އިއްޔެ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އޭނާ ހާޒިރުކުރީ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނެގުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުމީހާ (ޕޮލިސްމީހާ)
03 April 2017
ހުރިހާ އެންމެން ފުލުހުންނޭ ކިޔައިގެން މިވަހަކަދައްކަނީ އެއީކޮންތާކު އުޅޭބައެއްތަ؟ މިގައމުގައި ފުލުހުން ކިޔާބަޔަކު އުޅޭކަމެއްނޭގެއެވެ އުޅެނީ ޔާމީނުބުނަހާކަމެއްކުރާ އަޅުންނެވެ
ސިންތިލީ ވޫމް
03 April 2017
ދެން އިސްކުރު ކަށިގަޑަކުން ހުޅުވަން ވީނުން
ކުޑަދޫއަހްމަދު
03 April 2017
އަޅުގަނޑަށް ޔަގީންވެއްޖެ، ރިޔާޒު މަޅިއަކަށް ފައްތާލީ! އަމުރަށް ނުކިޔަމަންތެރިވީ ކަމަށްބަލާ، މަހުލޫފަށް އިއްވި ކަހަލަ ހުކުމެއް ކުރަން މިހާރު އޮންނާނީ ނިންމާފައި. މިގައުމު ސަލާމަތެއް ނުކުރެވޭނެ ރައްޔިތުން ކޮފީ ސޮޕް ތަކުގައި ކޮފީ ބޯން ތިބެގެން. މިކަން ކުރެވޭނީ ރައްޔިތުން ތަންކޮޅެއް ސީރިއަސް ވެގެން. ގައުމެއް ހަލާކުވެގެން ގޮސް މުޅި ސިޔާދަތު ގެއްލި، އެކަހެރިވެ، ފަސާދަ އާންމުވެ، ބޮއްސުންލާ، މުސްތަގުބަލު ގެއްލި، ރައްޔިތުން ދަރާ ވިކުނީމާވެސް ރައްޔިތުންގެ ސީރިއަސް ކަމެއް ނުފެނޭ. ދިވެހިން އެބަޖެހޭ ފައިސާގެ އަވާއިން ނެއްޓި، ތަންކޮޅެއް ސީރިއަސް ސްޓޭޖަކަށް ދާން
ހުސެން
03 April 2017
މުޅީންބޭކާރުކަންކަން ފުލުހުންކުރާތަންމިފެންނަނީ، އަންނަ ކޮންމެސަރުކާރެއްގެ އަޅުންތަކެއްހެން ސަރުކާރުން ޖަހާހާބެރަކަށް ފުލުހުން ނަށާތަން މިފެންނަނީ އެއްވެސް އިންޓްގްރިޓީއެއް ފުލުހުންގެނެތް، ތިމާމެނަށް ލިބިފައިވާ ގާނޫނީ ބާރުވެސް ތިބޭނުންކުރަނީ ނަހަމަގޮތުގައި، ބަޑިގުދަނުގައި ހުރިބަޑިތައްވެސް ނެރެންވީމަ މީހުނަށް ނެރެވޭ، ފުލުހުން ނުވަތަ ސިފައިން ބަލަހައްޓާ އެއްޗެހީގަ ބޮންވެސްގޮއްވޭ، ގައުމަށް ކަމެއްދިމާވާހިނދު މިފަދަ ބަޔަކަށް ގައުމުގެ މިނިވަންކަމާ ރައްޔިތުން ސަލާމަތްކުރެވޭނެބާ؟
ހގ
03 April 2017
ކޮބާހޭ ރުފިޔާގޯނިބަހަނުންދުވުނުމީހާ ހައްޔަރުކުރާކައްނުވޭހޭ
Maldives
03 April 2017
ފުލުހުންވެސް ރައްޔިތުންގެ ވާޖިބަށް ހުރަސްއަޅާ،، މިސާލަކަށް އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން ހުރަސްއަޅާ.. އެމީހުންގެމައްސަލަބަލާނެގޮތެއްނޯވެ..!
ރައްޔިތާ
03 April 2017
ބަލަގަ! ފުލުސްކުދިންނޭ... އަހަރެމެންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް އެ މަސްއޫލިއްޔަތު ކަލޭމެނާ ޙަވާލުކޮށް އަހަރެމެންގެ ޓެކުސް ފައިސާ އިން މުސާރަ ދީގެން ކާންދީ، ބޯންދީ، ދެންވެސް ބުނިހާކަމެއް ކޮށްދީގެން މި ގެންގުޅެނީ ހާދަ އިތުބާރެއް ކޮށްގެނޭ! ދިވެހި އެއްވެސް ރައްޔިތަކަށް، ކީއްކުރަން މުޅި ރައްޔަތް އެއްކޮށް ނިކުތަސް ކަލޭމެން ކުރާ ކަމަކަށް، ވާޖިބަކަށް ހުރަސް ނޭޅޭނެ ކަން ކަލޭމެނަށް މާރަނގަޅަށްވެސް ކަށަވަރުވާނެ. ކީއްވެތަ ރައްޔިތުންގެ ބޮލުގަ ބަދުނާމު އަޅުވާ ތުހުމަތު އަޅުވަނީ ކަލޭމެންގެ ވާޖިބަށް ހުރަސް އަޅަނީ އޭ ކިޔައިގެން. އޭނ! ކަލޭމެންގެ ވާޖިބަށް ހުރަސް އެޅޭވަރުގެ ބާރެއް ކޮންރައްޔިތަކަށް ތަ ލިބިފަ އޮތީ! ކޮންކަހަލަ ބާރެއްތަ ވާޖިބަށް ހުރަސް އަޅަން ބޭނުން އެކުރަނީ! ކަލޭމެންގެ އަތުގަ ނޫންތަ ހުރިހާ ބާރަކާ، އާރަކާ، މިރުސް ދުމާ އެއްޗެހި ހުރީ، .... މިތިބަ ފުލުހުން ނިކަން ހޭވެރިވެބަލަ!
މުރާބު
03 April 2017
ވާޖިބަށް ހުރަސް އަޅަނީއޭ ކިޔާފަ ދައުވާ ކުރަން ފުރަތަމަ ފެށިގެން އައީ ރިޔާޒުގެ ކޮމިޝަނަރުގެ ކަމުގައި.
ތަކުރު
03 April 2017
މިހާރުފެންނަމުން މިދާކަންތަކަންބަލާފަ ބުނެވޭނީ އަދި ތިފުލުހުންގެ ފޯންވެސް އަތުލާނެދުވަސްއަންނާނޭ
އަލީ ޒަރީރު
03 April 2017
ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުއްލާ ރިޔާޒަކީ އެމެރިކާގެ އެފް ބީ އައިން ވެސް އެތައް ތަޖްރިބާއެއް ލިބި ތަންދޮރު އޮޅުންފިލާފަހުރި ބޭކަލެކެވެ. އެބޭފުޅާ މުހިއްމު ކަންކަމުގަ ވައިބަރ ކަހަލަ ސެކިއުރިޓީ ދަށް އެޕުލިކެޝަނެއް ބޭނުމެއް ނުކުރާނެއެވެ. ބޭނުންކުރިޔަސް ކުރާނީ ވަޓްސް އެޕް ކަހަލަ ވަރުގަދަ އެންކުރިޕްޝަން ލެވިފަ ހުންނަ އެއްޗިއްސެވެ. އޭނަގެ ފޯނު އޭނަ ހުޅުވާނުދޭހާ ހިނދަކު ފުލުހުން ކިތައްމެ ގަދަޔަށް ގަޔަށް ބާރުލާފަ އުޅުނަސް އެކަމެއް ނުވާނެެއެވެ. އަދި އަންލޮކް ކުރުވަން އިޒްރޭލުގެ ސެލެބޮރައިޓާ ޑީލް ހެދިޔަސް ތިކަމެއް އަދިއެއް ނު8ކުރެވޭނެއެވެ.