ސިނާން: އޭނާ މިހާރު އަނެއްކާ ވެސް ވަނީ އެމްޓީސީސީގެ ބޯޑަށް ހަމަޖައްސާފައި
16 ޖޫން 2016 - 12:45
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް މީގެ ތިން ދުވަސް ކުރިން ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމަށް ހަމަޖެއްސި ސިނާން އަލީ، އެ މަގާމުން ވަކިކޮށް އަނެއްކާ ވެސް އެމްޓީސީސީގެ ބޯޑަށް ހަމަޖައްސައިފި އެވެ.
މިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޔަގީންކޮށްދިން ނަމަވެސް ސިނާނު އަލުން ބޯޑަށް ހަމަޖެއްސި ސަބަބެއް އެތަނަކުން ނުބުނެ އެވެ.
ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް މި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ބަދަލު ކުރެއްވި އިރު އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނަޒީމް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަދި އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު ފަހުން ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ހަމަޖައްސާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
16 June 2016
އަމާޒު ލާހޫރޭ ސަަރުކާރުގެ ވިސްނުންވެސް ހުންނާނީ މިބީދައިން
ގުއި ސައްޕެ
16 June 2016
މިދުވަސް ކޮޅު ދެން އެއްޗެއް ނުބުނެވޭތޯ މިހުންނަނީ އެކަމަކު މިކަހަލަ ކަންތައްތައް ކުރީމަ ދެންބުނެވޭނީ ހަމަ ލާހޫރޭ ބައެކޭ ކޮށްފަ ނުކުރާނެ ބަދަލެއްވެސް ނޭގިގެންނޭ އުޅެނީ .. މިކަމުންވެސް ދޭހަ ވަނީ ސަރުކާރަށް ކޮންމެވެސް ނޫފޫޒެއް ފޯރާފަވާ މިންވަރު
އެކްސް
16 June 2016
މިއަށް ކިއަނީ ލާހޫރޭ..
ކުޑަހުވަދޫ ސިނާން
16 June 2016
ތިމާގެ ސައިޒަށްވުރެ ބަރު އެއްޗެއް ހިފުނުކަން ފުރަތަމަ ދުވަހު ވެސް އިހްސާސްވެ، އަލުން ކުރިން ހުރި މަޤާމަށް ދާން އާދޭސް ދެންނެވި ކަން ދެނެހުރިން.
ވެލެޒިނީ
16 June 2016
ސޭކުސްތާނުގަ ތިކަހަލަ ކަންތައް ހިގައެވެ.
މުހައްމަދު
16 June 2016
މިކަހަލަ ފަސްބައި ކިލަބުވެފަ ތިބޭމީހުންނަށް މިފަދަ ބޮޑެތި މަގާމްތަށް ދޭތީއޭ މައްސަލައަކީ؟
އަލިބެ
16 June 2016
މީ ރާޒުވާތަ. ހަދާފަ ނަހަދާނެ ކަމެއްނޭގިގެން އުޅެބައެއް
މޮޑަފް
16 June 2016
މީ ކުޅޭކުޅޭ ބަޔަކު ހިނަްގާ ސަރުކާރެއްތަ. ސިނާން ޖެހޭނެ މިވާހަކަ ކިޔާފަ ޖޯކުޖަހާލަން ސަންއެފްއެމްގެ ހެނދުނު ޝޯވގަ.
އަބޫ ޢަބްދުﷲ
16 June 2016
އަމާޒު ލާހޫރޭ ސަރުކާރު އަމާޒު ވިއްސިވިހާލިވި ސަރުވާރު ވަރަށް ސަލާމް.