ކުށެއް ސާބިތުވެގެން ހުކުމެއް އައިސްފައިވާ މީހެއް ކޯޓުން ނެރެނީ: ބޮޑެތި އަދަބު އިސްފައިވާ މީހުންގެ އަދަބު ލުއި ކުރެވޭނީ ހުކުމުގެ ދެ ބައި ކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން --މިހާރު ފޮޓޯ/މުހައްމަދު ޝަރުހާން
16 ޖޫން 2016 - 20:54
ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއިކޮށް ދެވޭނީ ތަންފީޒު ކުރަންޖެހޭ ހުކުމުގެ ދެ ބައިކުޅަ އެއް ބައި ތަންފީޒުކޮށް ނިމުމުން ކަމަށް ހަމަޖައްސައި ގަވާއިދެއް އެކުލަވާލައިފި އެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު ބުނާ ގޮތުން ހުކުމް ކުރެވިފައިވާ މީހާގެ އުމުރަށާއި ބަލި ހާލަތަށާއި އިންސާނިއްޔަތު ކަމުގެ ނަޒަރުން ބަލައި ރައީސްގެ އިސް ނެންގެވުމަށް މީހެއްގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް އޮންނާނެ ކަމަށެވެ. އެކަމަކު އެ އުސޫލުގެ ދަށުން އަދަބު ލުއިކޮށް ދެވޭނެ ހަމަތަކެއް އެ ގާނޫނުގައެއް ނެތެވެ.
މިއަދު އާއްމުކޮށް، އަމަލުކުރަން ފެށި ގަވާއިދު ބުނާ ގޮތުން ބޮޑެތިި ކުށްތައް ސާބިތުވެފައި ތިބި މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއި ކުރެވޭނީ އެ މީހުންގެ ހުކުމުގެ ދެ ބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުންނެވެ.
ބޮޑެތި ކުށްތަކުގެ ގޮތުގައި އެ ގަވާއިދުގައި ހިމަނާފައިވަނީ މީހުން މެރުމާއި ޓެރަރިޒަމްގެ ކުށްތަކާއި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ކުޑަކުދިންނާ ބެހުމުގެ ކުށްތަކާއި މަނީ ލޯންޑްރިންގެ ކުށްތަކާއި 14 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ގެންގުޅެގެން އުމުރަށް ޖަލަށްލެވޭ ކުށްތަކާއި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އަންނަ ކުށްތަކެވެ.
އެ ބާވަތުގެ ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ހުކުމް އަންނަ މީހުންގެ ހުކުމުގެ ހަތަރު ބައިކުޅަ އެއް ބައި ތަންފީޒުކޮށް ނިމުމުން ރައީސްގެ އިސް ނެންގެވުމަށް އެ މީހުންގެ އަދަބު ލުއިކޮށްދެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ރައީސްގެ އިސް ނެންގެވުމުގައި ތިން ގޮތަކަށް އަދަބު ލުއިކޮށްދެވެ އެވެ. އެއީ އަދަބުގެ މުއްދަތު ކުރުކުރުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުން ނުވަތަ އަދަބުގެ ބާވަތް ބަދަލުކޮށް ދިނުމެވެ. އެކަމަކު އަދަބެއްގެ ގޮތުން ވަކި އަދަދަކަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމް އައިސްފައިވާ މީހުން އެ ފައިސާ ދައްކަން ނުޖެހޭ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގެ ދަށުން ރައީސްގެ އިސް ނެގުމަށް ވެސް އަދަބު ލުއިކޮށް ދެވޭނީ ކޯޓެއްގައި އިތުރު ޖިނާއީ ދައުވާއެއް އުފުލިފައިވާ ނުވާ މީހުންނާއި އެ މީހަކީ މުޖްތަމައަށް ނުރައްކަލެއް ހުރި މީހެއް ކަމަށް ފުލުހުން ކަނޑައަޅާފައި ނުވާ މީހުންނެވެ.
ބޮޑެތި އަދަބު އައިސްފައި ތިބޭ މީހުންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއި ކުރެވޭނީ ހުކުމުގެ ދެ ބައި ކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށް އެ ގަވާއިދުގައި އޮތަސް މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އޭގެ ކުރިން ވެސް އަދަބު ލުއިކޮށްދޭން އެދި ކްލެމެންސީ ބޯޑަށް އެ މީހަކަށް ހުށަހެޅިދާނެ އެވެ. އެކަމަކު އެ ގޮތަށް ވެސް ހުށަހެޅޭނީ ހުކުމުގެ ތިން ބައި ކުޅަ އެއްބައި ތަންފީޒުކޮށް ނިމިފައިވުމާ އެކު އިސްތިއުނާފްގެ މަރުހަލާތައް ނިމި، މަގްބޫލު އުޒުރެއްގެ ސަބަބުން އިސްތިއުނާފްގެ ދޮރު ބަންދުވެފައިވާ ފަރާތްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
17 June 2016
މެރުމަށް ހުކުމް ކޮށްފައިވާ މީހެއްގެ ހުކުމުގެ ދެބައިކޮށްފަ އެއްބައި މަޢާފް ކުރާއިރު އެމީހަކު ދިރި ހުންނާނީ ކިހިނެއް ބާއޭ ހިތަށް އަރާ..
އ ލ ޤ
17 June 2016
ދަންނަވަންތޯ ރައީސް ޔާމީން! ތިގޮތަށް ނަޝީދަށް އުނދަގޫކުރަން ބޭބެ މައުމޫނު އިދިކޮޅުޕާޓީ ބަނދެވޭގޮތަށް އާޤާނޫނު އަސާސީ ފަރުމާކުރިއެވެ. މެހުނީ ޑީއާރްޕީ ކަރަށެވެ. ތިޤާނޫނުވެސް ކަރަށް މެހިނޮގޮސްފިނަމަ ރަނގަޅެވެ.
އަލީ
17 June 2016
މިއީވެސް ސިޔާސީ މީހަކަށް މައާފު ނުދެވޭނެކަން ދައްކަން ކުރި ކަމެއް
ނުރަބޯ
17 June 2016
ބޮޑެތި ކުށްތައް ކުރާމީހުންގެ އަދި އެ ކުށްތައް ތަކުރާރުކުރާ މީހުންގެ އަދަބު ލުއިވާނެ އެއްވެސް ގޮތެއް ނުހެދުމަށް އެކަމަށްވިސްނާ ފަރާތަށް ގޮވާލަން، ސަބަބަކީ އެއީ އެފަދަ ކުށްތަށް އިތުރުވެގެން ދާނޭ ކަމަކަށް ވުމެވެ....!!! އޭގެ ބަދަލުގައި އަދަބު ބޮޑުކޮށް ދަތިކުރުމުން އަދަބަށް ބިރުން ކުށްތަކަށް އަރައިގަންނަން ޖެހިލުންވާނެ.....!!! އިސްލާމްދީނުގައި އެކަންކަން އޮންނަގޮތް ބަލައިގެން ކުރިޔަށްދޭ....!!!
އެމްސް
16 June 2016
ރާއްޖޭގަ މިއޮތީ އަދި 3 ބާރު ވަކިނުވާ ނިޒާމަކީ ތާ!