ދިޓީވީ އާއި ދިއެފްއެމް ހިންގަމުން އައި އިމާރާތް
26 އެޕްރީލް 2017 - 15:15
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ރަސްމީކޮށް ލިބިގެން ރާއްޖޭގައި ޚިދުމަތް ދޭން ފެށި އަމިއްލަ ފުރަތަމަ ރޭޑިއޯ ސްޓޭޝަން، ދިއެފްއެމްގެ ރަޖިސްޓްރީ، އެތަނުން އެދިގެން ބާތިލްކޮށް، ދިވެހިންނަށް އަލްވަދާއު ކިޔައިފި އެވެ.
ރާއްޖެ މިނިވަން ޑިމޮކްރަސީއަކަށް ހުޅުވިގެން ދިޔަ ދުވަސްވަރު، މޯލްޑިވްސް މީޑިއާ ކޮމްޕެނީގެ ދަށުން 2007 ގައި ހިންގަން ފެށި ދިއެފްއެމް ހުއްޓާލީ މިދިއަ އަހަރެވެ. އޭގެ ފަހުން ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު މަސްއޫދު ހިލްމީ ވަނީ ފްރިކުއެންސީ ރަޖިސްޓްރީ ބާތިލްކޮށްދޭން އެދިވަޑައިގެން ކޮމިޔުނިކޭޝަން އޮތޯރިޓީ އަށް ސިޓީ ފޮނުއްވައިފަ އެވެ.
އެ ރަޖިސްޓްރީ ބާތިލްކޮށް، އެކަން މޯލްޑިވްސް މީޑިއާ ކޮމްޕެނީ އަށް އެންގީ މި މަހު 10 ގަ އެވެ. އެހެންކަމުން 95.2 ފްރިކްއެންސީ މެދުވެރިކޮށް ޓްރާންސްމިޓް ކުރުމަކީ މަނާ ކަމެއް ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ ހަމަޖައްސައިފަ އެވެ.
ދިއެފްއެމް އަކީ ދިޓީވީއާ އެކު ހިންގަމުން އައި ރޭޑިއޯއެކެވެ. ރާއްޖޭގެ މަހުޖަނެއް ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ މެޖޯރިޓީ ޝެއާ އޮންނަ ދެ ކުންފުނިން ހިންގަމުން އައި ޗެނަލްތައް ހުއްޓާލީ މިދިއަ އަހަރުގެ އޮގަސްޓް 10 ގަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނީ ތަނުގެ ވަސީލަތްތަކުގެ ހާލަތު ދަށްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟިއާމު
26 April 2017
ދިޓީވީ ބަލާ މީހަކު މިރާއްޖެއަކުނެތް. މީހުން ނުބަލާ އެއްޗެއް ހިން ގުމުގެ މާނައެއް ނެތް. ބަގާވަތް ޕުރޮމޯޓު ކޮއްކޮއް މީހުންގެ މަގުބޫލުކަން ގެއްލުނު ޗެނަލެއްމީ
އަލިބެ213
26 April 2017
ހެޕީ މާރަނގަޅު
ސިންތިލީ ވޫމް
26 April 2017
ވަރައްދެރަ، ހަވީރު ނޫސް ދިޔައީ، ދިއެފްއެމް ދިޔައީ ދެން ދާނީ މިހާރު ނޫސް ކަން ނޭގެ.
ޔަގީން
26 April 2017
ވަރައް ފިތުނަ ފަސާދު އުފެއްދި ތަނެއް.....މިކަމުން އަހަރުމެން ސަލާމަތް ވެއްޖެ
ޕާޓޭއިންގެ ވެރިކަން
26 April 2017
އޮތީ އެންމެ ސަބަބެކެވެ. މިހާރުގެ ރައީސް، ޔާމީންގެ ވިސްނުންފުޅެވެ. މީޑިޔާއާ ދޭތެރޭ ދެކިލައްވާ ގޮތް އެނގިވަޑައިގަތީއެވެ. އެހިސާބުން ތަނުގެ ވަޞީލަތް ބާވެއްޖެ ކަމަށް ބުނެ، ދިޓީވީ ހުއްޓާލީއެވެ. ޖޫރިމަނާވާން، އަބުރުގެ ދައުވާ ކުރެވެން ބޭނުން ނުވަނީއެވެ. ނޫސްވެރިކަމަކީ ގޮންޖެހުން ބޮޑު ކަމެއްކަން އެނގުނީއެވެ.
ޕްރިންސެސް
26 April 2017
ޖޫރިމަނާ އެވަރަށް ދައްކާނީ ކިހިނެއްދޯ
ރީ ބްރޭންޑް ކުރުމެއް
26 April 2017
އަވަސް މިއީ އެމީހުންގެ އެއްޗެއް. މިސްރާބު ބަދަލުކޮށް އާ ފެށުމަކުން ފެށީ ކުރަން ބޭނުންވި ކަން އެ ރޭޑިއޯއާއި ޓީވީ ބޭނުންކޮށް ކުރެވުނީމަ.
ހެހެހެ
26 April 2017
އަލްހަމްދުﷲ!