ޚަބަރު / ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް

ގާސިމަށްޓަކައި މަޓީގެ ބޭފުޅުން ތެދުވަންޖެހޭ: މަލީހް

ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި މަލީހް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިހާރު ޖަލަށް ލާފައިވާ އަދި ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްޓަކައި، ޓޫރިޒަމް އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ މަޓީގެ ބޭފުޅުން ތެދުވެވަޑައިގަނަންވަންޖެހޭ ކަމަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.

"މަޓީގެ ބޭފުޅުން ތެދުވާން އެބަޖެހޭ. މަޓީގެ ބޭފުޅުން ވިދާޅުވާން އެބަޖެހޭ އެ ގުޅުއްވަން ޖެހޭ ފަރާތަކާ ގުޅާފައި އޮނަރަބްލް ގާސިމް އިބްރާހީމަށް އެ ކުރެވެނީ ނުހައްގު އަނިޔާއޭ. އެ އަނިޔާ ނުކުރައްވާށޭ،" ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މަލީހް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ވިލާގެ ޗެއާމަން އަދި މަހުޖަނު ގާސިމަކީ މިހާރު ވެސް މަޓީގެ ވައިސް ޗެއާމަން އެވެ.

މިރޭގެ ޖަލްސާގައި މަލީހް ވިދާޅުވީ ގާނޫނޫއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެއްވެސް އުސޫލެއް ނެތި އެކިއެކި މުއައްސަސާތަކަށް ހާޒިރުކުރުން ހުއްޓުވަން މަޓީގެ ބޭފުޅުން އެދިވަޑައިގަންނަވަންޖެހޭ ކަމަށެވެ.

"ހަމަ އެ ބޭފުޅުން ވިދާޅުވާން އެބަޖެހޭ ދިވެހި ފަނޑިޔާރުގެތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށް ދާން ޖެހެއޭ. އަޅުގަނޑަށް ހަމަ ޔަގީނުން ކަށަވަރު މަޓީގެ މި ބޭފުޅުން މިގޮތަށް ދަންނަވާ ކަމަށް ވަންޏާ ދިވެހި ރައްޔިތުންނަށް މިއަށް ވުރެ މާ އުފާވެރި ދުވަސްތަކެއް ފެނިގެންދާނެ،" މަލީހް ވިދާޅުވި އެވެ.

ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އެންމެ ފުރަތަމަ ޒިންމާއަކަށް މިވަނީ މި ގައުމުގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޖަލަށް ލުމާއި ގައުމު ދޫކޮށްފައި ދާ ހިސާބަށް ކަންތައް ގެންދިއުމާއި ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް ނުހައްގު އަދަބުތައް ދިނުމާއި ޖަލަށްލުމާއި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާއި މިހެން ގޮސް ރައްޔިތުން ނޭދޭ ހުރިހާ ކަމެއް ކުރަން ޖެހެނީ؟."

މަލީހް ފާހަގަކުރެއްވި ގޮތުގައި ޖަންގަލީގެ އުސޫލަކީ ވެސް އަދި ހައިވާނުންގެ އުސޫލަކީ ވެސް އެއް ގުރޫޕެއްގެ ބަޔަކަށް ހަމަލައެއް އަންނަ ކަމަށް ވަނީ ނަމަ އެންމެން އެކުގައި ދިފާއަށް ނުކުތުމެވެ. އޭނާ އެގޮތަށް މިސާލު ޖެއްސެވީ ގާސިމަކީ ޓޫރިޒަމް ދާއިރާގެ އެންމެ އިސް އެއްބޭފުޅަކަށް ވެފައި، މިއަދު އޭނާގެ މައްޗަށް ދައުވާ އުފުލައި، އަދި ޖަލަށް ލާފައިވާއިރު، ގާސިމްގެ ދިފާއުގައި ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ނުކުންނެވުމަށް ބާރު އެޅުއްވުމަށެވެ.

ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށް ފަހު ގާސިމް ކޯޓުން ނެރެގެން ގެންދަނީ.---މިހާރު ފޮޓޯ/ނިޝާން އަލީ

"އަނިޔާވެރިކަމާއި ބޭއިންސާފު އާންމުވަމުންދާ ދުވަސްވަރެއްގައި ދިވެހި ވިޔަފާރިވެރިން ހަމަހިމޭނުން ތިއްބަވައިގެން ނުވާނެ،" މަލީހް ވިދާޅުވި އެވެ.

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އޭނާ މިރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ސަރުކާރެއް ނޫނެވެ. ރައްޔިތުން ބާރުވެރި ކުރުވަން އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމުގެ އެއްވެސް ނިޔަތެއް އޮތް ސަރުކާރެއް ނޫނެވެ.

"އަޅުގަނޑު ދަންނަވާނީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ގޮނޑިއެއް ވެސް މި ސަރުކާރަކަށް ނުލިބޭނެއޭ، ދިވެހި ރައްޔިތުން ތިޔަބޭފުޅުންގެ އަމިއްލަ ކަރަންޓް ބިލް ބައްލަވާފައި ވޯޓު ދެއްވާ ކަމަށް ވަނީ ނަމަ. ވޯޓު ފޮށި ކައިރިއަށް ދިއުމުގެ ކުރިން ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ކަރަންޓް ބިލް، މިދިޔަ މަހާއި މިދިޔަ އަހަރުގެ އެ މަހާ އަންދާޒާކޮށް ހިސާބު ޖައްސަވާ. އޭރުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކޮން ފަރާތަކަށްކަން ވޯޓު ދޭންޖެހޭނީ،" މަލީހް ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މަލީހް ފާހަގަކުރެއްވި ގޮތުގައި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާ ނަމަ އެންމެ ފުރަތަމަ ފުލުސް އޮފީހަށް ގެންދަން ޖެހޭނީ މަސީހް އެވެ.

މަލީހް ވިދާޅުވީ މަސީހްގެ ފަރާތްޕުޅުން ތަކުރާރުކޮށް ފެންނަނީ ރައްޔިތުންގެ ހައްގުތައް ހަނިކުރުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ތަން ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ފުށުއަރާ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި ނަމަ، މަޖިލިހުގެ ރައީސް މަސީހް އެފަދަ ބިލެއް ޓޭބަލް ކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި އެއީ މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަން މަލީހް ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު: އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހާޒިރުކުރަން ޖެހެނީ މަސީހް ކަމަށް މަލީހް ވިދާޅުވި.---ފޮޓޯ: މަޖިލިސް

"އެބޭފުޅާ އަށް ވިދާޅު ނުވެވޭނެ ތިމަން މަނިކުފާނު ކުރެއްވި ކަމެއް ނޫނޭ. މަޖިލިހުގައި ތިއްބެވި އެހެން މެމްބަރުން ކުރެއްވި ކަމެކޭ. ބައްލަވާ އިންތިޚާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވި ގޮތް. އަޅުގަނޑުމެން މި ދަންނަވަނީ އެފަދަ ކުށެއް ސާބިތުވެ، ރައްޔިތުންގެ މަޖިލިހުން ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީއަކަށް ގޮސްފައި ޖަވާބުދާރީވުމުގެ ފުރުސަތު ދީ، އެއީ އެފަދަ ކުށެއް ޝައްކެތް ނެތް މިންވަރަށް ސާބިތުވެއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލިހުގެ ރައީސަށް އެ މައްސަލަ އެޖެންޑާ ކުރެވިދާނެ،" މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް މަގާމުން ވަކިކުރި މައްސަލައާ ގުޅޭ ގޮތުން މަލީހް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޖަމީލް މަގާމުން ވެސް ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށެވެ. އަދި އެއީ ހިންގި ބޮޑު ޖަރީމާއެއް ކަމަށް މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް ކުރިއަށް އޮތް ތަނުގައި އިދިކޮޅު ފަރާތްތަކަށް ފަސޭހަކަމާ އެކު ކާމިޔާބު ކުރެއްވޭނެ އެވެ. އަދި އޭގެ ފަހުން، ޒިންމާއާ ހަވާލުވެފައި ތިބި މީހުން އެ މީހުންގެ ޒިންމާ އަދާނުކުރާ ނަމަ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް މަލީހް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ފަރާތުން ބޮޑެތި ދޮގާއި އޮޅުވާލުމާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު. މިއަކަށް ފުރުސަތެއް ނުލިބޭނެ. އަނިޔާވެރިކަމަށް ކޮން ބަޔަކަށްތޯ ކާމިޔާބު ލިބިފައި އޮތީ؟ ދުނިޔޭގެ އެއްވެސް ހަޟާރަތެއްގައި އަނިޔާވެރިކަމެއް ނެތް ކާމިޔާބީއާ ހަމައަށް ވާސިލް ވެފައި،" އޭނާ ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ "ސިޑި ގޮޅީގެ ދަށަށް އަޅުގަނޑުމެން ގަތުލުކޮށްފައި ވައްޓާލި" ކަމުގައި ވިޔަސް ހައްގު ބަސް ބުނުމުގައި އިދިކޮޅު ފަރާތްތައް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

20 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 9%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޓޫކް

04 May 2017

ރާއްޖެގެ ބޮޑެތި ވިޔަފާރިވެރިން ހައްޔަރުކޮށް ނުވިތާކު އެމީހުންގެ މުދާތައްފޭރިގަންނައިރު އެއްޗެކޭ ނުބުނެ މަޓީ އޮންނަނީ މިސަރުކާރުގެ ކޮރަޕްޓްގައިގެހި ތާސިވެފައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުދަނީ އެއްކޮށް ނެތިގެންނެވެ.

The name is already taken The name is available. Register?

ލޮލް

03 May 2017

ވާހަކަޔަކީ، މި އިއްތިހާދުގެ މޫނުމަތީގައި މިތިބީ ހުސް އިތުބާރު ނެތް މީހުން. ވެރިކަމަށް އަތުވެއްޖެޔާ ކާނެކަން ޔަގީން، ތާޅާފޮޅާނެކަން ޔަގީން.

The name is already taken The name is available. Register?

ބިޒްނަސް މޭން

03 May 2017

ސޮރީ މަލީހު ބްރޯ. ވިޔަފާރި ވެރިން ޚާއްސަ ކޮށް ރިސޯޓު އޯނަރުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ ފައިސާއިން ހުރިހާކަމެއް ކުރަން މަގު ފަހިވުން. މިހާރުވެސް މިއުޅެނީ ފަސާދަ އާއި ކޮރަޕްޝަނުން ސަލާމަތް ނުވެވިގެން. މަޓީ ވެސް މަސީ ވެސް އަދިއެހެން ވިޔަފާރި ޖަމާއަތްތަކާ ފަރުދުން ވެސް ތިބެންޖެހޭނީ ގައުމުގެ އިގްތިސާދީކަންކަމާ މަޝްޣޫލުވެގެން. ވިޔަފާރިވެރިން ވެރިކަން ކުރަން ވެއްޖިއްޔާ އަމިއްލަ ޖީބެއް ބަންޑާރަ ޖީބެއް ވަތްކެއްނުވާނެ.

The name is already taken The name is available. Register?

މާކުންބެ

03 May 2017

އަހަރެމެން ކަންމަތީ ސުޓޯރުތަށް ހިންގާމީހުން އެންމެ ފަހަރަކު ޖީއެސްޓީ ނުދެއްކިއަސް މީރާއިން އެންމެ ލުޔެއްވެސް ނުދޭ... ބަލަ ބޮޑެތި މަހުޖަނުންނަށް އެތަށް އަހަރެއްވަންދެން އެތިބީ ލުއިދީ އެވެރިން ހިތްފުރުވައިގެން

The name is already taken The name is available. Register?

ޕޮކަންޑި މޭން

03 May 2017

މަޓީގައި ތިއްބެވި ބޭފުޅުން އުޅެނީ ލޮލަށް މިރުސް ދުން އެޅިގެން އެއް ނޫން.

The name is already taken The name is available. Register?

ޝިފާގު

03 May 2017

އަޅުގަޑަކީ ގާސިމުގެ އަނިޔާވެރިކަން ދުށް މީހަކީމެވެ. އަދި އޭނާ އަމިއްލަ އެދުމުން ފޯވެފައިވާ ވަރުވެސް ދުށީމެވެ. އެހުރިހާ ކަމަކީ ވެސް ރޮބިންހުޑް ވިސްނުމުގައި އޭނާގެ ހުރި ސިފަތައް ކަމަށް ވެދާނެއެވެ. އެކަމަކު އެއީ ޑިމޮކްރަސީއާއި ބީރައްޓެހި ސިފަތަކެކެވެ. ގާސިމްގެ ފަރާތުން މީހުންނަށް ލިބިފައިވާ އެހީތެރިކަމާއި މަންފާތަކަށް އަޅުގަޑުވެސް ދިވެހި ރައްޔިތެއްގެ ގޮތުން ޝުކުރުކުރަމެވެ. އެކަމަކު އަޅުގަޑަކީ ގާސިމްގެ ކަޅުފަރާތުގެ ދެސިފަ އަމިއްލައަށް ތަޖުރިބާކުރި މީހަކީމެވެ.

The name is already taken The name is available. Register?

ފަޅުވެރިން

03 May 2017

މަތިވެރި ޙަދީޘްފުޅުގައި ވަނީ އަނިޔާކުރާ މީހާއަށްވެސް ނަޞްރުދޭށޭ، މާނައަކީ އަނިޔާކުރާ މީހާ އެކަމުން ދުރުކުރާށޭ! އެހެންވީމާ، ކުއްޔާއި، ޓެކްސް ނުދައްކާ ހުރެގެން ޤާސިމް އިބްރާހީމް ޤައުމަށް ދެމުންގެންދާ އަނިޔާ ހުއްޓުވުމުގެ ޒިންމާ އޮތީ ރައްޔިތުންގެ އަތްމަތީގައި. އެކަމަށްޓަކައި ކުރަންޖެހޭ ކަމަކީ އޭނަގެ އަތުގައި ހުރި ރިޒޯރޓްތައް ނަގާފައި އެތަންތަން ހިންގަން ބޭރުބަޔަކާ ޙަވާލުކުރަންވީ. އޭރުން ސަރުކާރުގެ، ރައްޔިތުންގެ، އަދި "ވިލާ" ގެ މުއައްޒަފުންގެ ޙައްޤުތައްވެސް ފުރިހަމައަށް ލިބޭނީ. އިދިކޮޅީންގެ އަނިޔާވެރިކަމުން ޤައުމު ސަލާމަތް ކުރަންޖެހޭ!!

The name is already taken The name is available. Register?

ދުސްތޫރު

03 May 2017

ގާސިމް ޖަލަށް ލުމުން މަޓީގައި ތިޔަ އުޅޭ މަހުޖަނުންތައް އުފާ ކުރާނެ. މިއެންމެންތިބެނީ ގާސިމާމެދު ހަސަދަވެރިވެފާ. އެއީ އެމީހުން ދާ މަގުން ގާސިމް ނުދާތީ.ގާސިމްގެ ދީލަތިކަން އެއީ އެމީހުން ދަންނަ އެއްޗެއްނޫން. ނިކަމަތި ރައްޔިތުން ފެލައިގެން އެމީހުންގެ އަމިއްލަ މުއްސަނދިކަމަށް އިސް ކަންދޭތީ. މަޓީގައި ތިޔަ ތިބަ މަހުޖަނުންނަކީ ރައްޔިތަކު އެހީއަކަށް ލާސިޓީ ޑަސްބިންއަށް ލާ މީހުން. އެއްވެސް އިންސާނީ ވަންތަކަމެއް ނެތް، މުއްބާރު، ރައްޔިތުން އަޅުވެތިކޮށްފައި ބައިތިއްބަން ބޭނުންވާ ބައެއް. މިއޮތް ހުރިހާ ކަމެއް ހިނގާއިރު އެއިން މީހަކު އެއްޗެއް ބުނޭތޯ؟ އެއަށްވުރެ މިމީސްމީހުންގެ ފައިސާގެ ދަިވތިކަމާއި އަމިއްލަ އެދުން މާބޮޑުވާނެ.

The name is already taken The name is available. Register?

ސައީދާ ސައީދު

03 May 2017

މަލީހުތިކަހަލlަވާހަކަ ދައްކަންޏާ ވަރަށްއަވަހަށް ލޮޓިއެއްދީފާނެހެންހީވޭ .. ފޯނުޖީބަށްލައިގެންނުއުޅޭތި !! ފޭރޭކުދިން މަގުމަތީއުޅޭނެ ... މަމެންވެސްމިތިބެނީ ބިރުންކުރާނެކަމެއްނޭގިފަ .. ބައެއްފަހަރު ހިތަށްއަރާ ދިވެހިދަރިއަކަށްނުވިމަ ... ކިހާރަނގަޅުވީސްހޭ ... މަލީހުހުމެންތިކުރާ މަސައްކަތްކާމިޔާބުވާނެހެންހީވޭ ... މަމެންމިތިބީ ފުވައްމުލަކުގެގިނަރައްޔިތުންނާއެކީ ގުޅިގެން ގާސިމުގެދިފާއުގާ ...

The name is already taken The name is available. Register?

އަޙުމަދު

03 May 2017

ނަފުރަތުގެ ބަސްތަކާއި ނަފުރަތު އުފައްދަން ކުރެވޭ މަސައްކަތްތަކާއި ދެކެވޭ ވާހަކަތަކުގެ ނަތީޖާ ދިވެހި ޤައުމުން މިދަނީ ފެންނަމުންނެވެ. މިޤައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ހަމަޖެހުން އޮތީ ކުލުނުވެރި ވެއްޓެއް ބިނާކޮށްގެންނެވެ. މިއީ ގަދަ ބަސްބުނުމާއި އެކަކު އަނެކަކާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވާގެން ކުރެވޭނެ ކަމެއް ނޫނެވެ. ކިޜިތި ރަސޫލާ އިސްލާމީ އުއްމަތަށް ދައްކުވާދިނީ ކުލުނުވެރިކަމުގެ ލާމަސީލު މިސާލެވެ. މި ޤައުމުގެ ކަންކަން އިސްލާހު ކުރުމަށް އޮތް މަގަކީވެސް ކުލުނުވެރިކަމާއެކު މަސައްކަތް ކުރުމެވެ. ނަފްރަތުގެ އަލިފާން ރޯކުރުމެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454