ޚަބަރު / އެމެރިކާ

ވިސާ ނުނަގާ އެމެރިކާއަށް ދެވެނީ: އެއީ ބޮޑު ދޮގެއް!

ދިވެހިންނަށް ވިސާ ނެތި އެމެރިކާއަށް ދެވޭނެ ކަމަށް ބުނާ ފޭކް ނިއުސް

އެމެރިކާއަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން ނުޖެހޭ ގޮތަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސަވައިފި ކަމަށް ބުނާ ޚަބަރެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ޚަބަރުގައި ބުނާ ގޮތުން ޓޫރިސްޓުންގެ ގޮތުގައި އަދި ވިޔަފާރީގެ ބޭނުމަށް އެމެރިކާއަށް ދާ ދިވެހިންނަށް 180 ދުވަހުގެ ހިލޭ ވިސާއެއް ލިބޭނެ އެވެ. އެކަމަކު އެއީ ދޮގު ޚަބަރެކެވެ.

ފޭކް ލިޔުންތައް ލިޔާ، ޔޫއެސްއޭ-ޓެލެވިޒަން ކިޔާ ވެބްސައިޓުން ފަތުރާފައިވާ މި ޚަބަރުގައިވާ ގޮތުން ޑުއެލް ސިޓިޒެންޝިޕް ނުވަތަ އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ ދިވެއްސަކަށް މިގޮތަށް ވިސާއެއް ނުލިބޭނެ އެވެ. ވިޔަފާރި އާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ޓްރަމްޕް މިގޮތަށް ނިންމެވީ އެމެރިކާގައި ތިއްބަވާ ރާއްޖޭގެ ޑިޕްލޮމޭޓުންނަށް މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ބުނެ ލިޔެފައިވާ އެ ޚަބަރު ފަދަ އެހެން ޚަބަރުތައް ވެސް ކުރިން ފަތުރާފައިވެ އެވެ.

މި ޚަބަރު ފެތުރި ވެބްސައިޓުން، ދޭތެރެ ދޭތެރެއިން އަންނަނީ، ގައުމުގެ ނަން ބަދަލުކޮށްލުމަށް ފަހު ހަމަ މި ޚަބަރު މިގޮތަށް ފަތުރަމުންނެވެ. އެގޮތުން ސައުތު އެފްރިކާ، ޕާކިސްތާން، މޮޒެމްބީކް، ކެންޔާ، ޓެންޒޭނިއާ، ސިއެރަލިއޯން އަދި އެންގޯލާ މީހުންނަށް ވެސް ވިސާއާ ނުލައި އެމެރިކާއަށް ދެވޭ ގޮތް ހެދި ކަމަށް ބުނެފައިވެ އެވެ. އެއިން ކޮންމެ ޚަބަރެއްގައި ވެސް ބުނަނީ ހަމަ ރާއްޖެއާ ބެހޭ ގޮތުން ވެސް ހުރި ވާހަކަތަކެވެ. އެއީ 180 ދުވަހުގެ ހިލޭ ވިސާއެއް ކަމަށާއި ވިޔަފާރި އާއި ޓޫރިޒަމްގެ ބޭނުމަށް ނޫނީ އެގޮތަށް ވިސާ ނުދޭނެ ކަމަށް ބުނެ އެވެ.

ހަގީގަތަކީ، މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގެ މީހުން އެމެރިކާއަށް އެތެރެވުމަށް ޓްރަމްޕުގެ ސަރުކާރުން ބޮޑެތި ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމެވެ.

ވިސާ ނުނަގާ އެމެރިކާއަށް ދަތުރުކުރެވޭނެ ގައުމުތަކުގެ ލިސްޓެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެބްސައިޓުގައި އަބަދުވެސް އާންމުކޮށްފައިވެ އެވެ. މި ލިސްޓު ތިރީގައިވާ ލިންކުން ފެންނާނެ އެވެ.

13 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 24%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު ލަޠީފް

13 May 2017

އެމެރިކާ އަށް ނުދެވިގެން އުޅޭ ބައެއް މި ރާއްޖެ އަކު ނޫޅޭ.

The name is already taken The name is available. Register?

މެންޓަލް ކޭސް

13 May 2017

ދާން ބޭނުން ވިޔަސް ދެވޭނެ ފެންވަރު ނެތިއްޔަކާ ނުދެވޭނެ ދޯ

The name is already taken The name is available. Register?

މެންޓަލް ކޭސް

13 May 2017

އަހަރެން ކަނޑު ބޯޓެއްގަ ދިޔައިން ވޮޝިންގްޓަން ސްޓޭޓްގެ ސިއަޓަލް އަށް ވިސާ ނެތި ނުފޭބޭނެ ކަން ވެސް އެނގޭ، ނުފޭބޭނެ ކަން އެނގޭއިރު ވެސް އިމިގްރޭޝަން އޮފިސަރުން ބޯޓައް އަރާ ދިވެހިންނާ ވަރަށް ސުވާލު ކުރި، ގާތް ތިމާގެ މީހަކު އެމެރިކާގަ އުޅޭތޯއާއި މިނޫންވެސް އެތައް ސުވާލެއް، ވެދާނެ އަހަރުމެން މުސްލިމުން ކަމަށް ވާތީ ކަމަށް ވެސް، ވިސާ އޮތިއްޔާ ވަގުތީ ފާހެއް ދޭނެ، އެހެން ވީމަ ތީ ބުއްދި ގަބޫލު ނުކުރެވޭނެ ވާހަކައެއްނު

The name is already taken The name is available. Register?

އަނީސް

13 May 2017

އަސްލާއި ނަގުލީ ފަރަގުކުރަން ނޭނގޭ މީހުން ގިނަވީމަ ފަތުއަޑު ކިޔާފައި ވައިގަހިފީ. ދެރަކަމެއް.

The name is already taken The name is available. Register?

ތޮއްޑޫ

13 May 2017

އެމެެރިކާއަށް ދާން އެއާރޕޯޓްގައި މިހުރީ ދެން ކިހިނެއް ދާނީ

The name is already taken The name is available. Register?

ބެއްޔާ

13 May 2017

ބަލަ އެވެރިން ވިސާނުދޭ އެކަމު އެހެންމީހުންވިސާދޭންޖެހޭ.. ނުދީފިއްޔާގަދަކަމުންވެސް އަރާނެ...

The name is already taken The name is available. Register?

އަހަންމަދާ

13 May 2017

ނުޖެހޭ އޮންނާކަށް!

The name is already taken The name is available. Register?

މީނާ

13 May 2017

ވިސާއާ ނުލައި އެމެރިކާއަށް ދެވޭނެ ދުވަހެއްވެސް ނޭނގެ. މިހާރު ކަންއޮތްގޮތުން އެމެރިކާއާއި ޔޫރަޕު ވިސާނަގަން ދާން މިޖެހެނީ ބޮޑުއަގުދީފައި ޓިކެޓެއް ނަގައިގެން ލަންކާއަށް. އެތަނަށްގޮސް ތިންހަތަރު ދުވަސްފަހުން ވިސާ މިލިބެނީ. ދިވެހި އެއްވެސް ސަރުކާރަކުން ނެތް ފަސޭހައިން ރާއްޖޭގައި ހުރެގެން ވިސާ ލިބޭނެ ގޮތް ހަމަޖައްސަން މަސައްކަތްކޮށްފައެއް.

The name is already taken The name is available. Register?

ޓޯރިޣް

13 May 2017

ތިމާވެއްޓާއި ބެހޭ ވަޒީރު ދާދި ދެންމެޔަކު ތިޚަބަރު ފޭސްބުކްގައިވެސް ހިއްސާކޮށްފައި އޮއްވާ ދުށިން. ނޭނގެނީ ބާ ނޫނީ ސިޔާސީ ފައިދާ އެއް ހޯދުމަށް އޮޅުވާލަނީބާ؟ ޥަﷲ އައުލަމް.

The name is already taken The name is available. Register?

އަހުމަދު

13 May 2017

އެތައް ގައުމެއްގެ ނަން އޮތް އިރު އެއްވެސް މުސްލިމް ގައުމެއްނެތް..

The name is already taken The name is available. Register?

1234

13 May 2017

މީ ޓްރަމްޕް އެކިޔާ ފޭކް ނިއުސް އަކީ ދޯ؟ މަށަސް ހަމަ ކިރިޔާނު އެމެރިކާއަށް ނުދެވުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454