މާލޭގައި މީގެކުރިން މީހެއްގެ ގަޔަށް ވަޅި ހެރުމުން ފޭބި ލޭތައް މަގުމަތީގައި. ފޮޓޯ: މިހާރު
15 މެއި 2017 - 23:24
މާލޭގައި ހުންނަ ވިލިނގިލީ ފެރީ ޓާމިނަލް ކައިރީގައި މީހެއްގެ ގަޔަށް ވަޅި ހަރައި މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަ ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަޅާފައިވަނީ އޭނާ ވިދާޅުވި ގޮތުގައި މިރޭ 10 ޖަހާކަންހާއިރު އެވެ.
އެ މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ސައިކަލެއްގައި އައި ދެ މީހަކު ވަޅި ހަރާފައި ވަނީ ވިލިމާލޭން މާލެ އަށް ފެެރީގައި އައި ޒުވާނެއްގެ ގަޔަށެވެ. އެ ގޮތުން އެ ޒުވާނާގެ ބުރަކައްޓަށް ވަރަށް ބޮޑަށް ވަޅި ހަރާފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
މި ޒުވާނާ އަށް ފަރުވާ ދިނުމަށް ގެންދިޔައީ އެ ސަރަހައްދަށް އެއްވެސް އާންމުންގެ ބައެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަތް ކާރު
16 May 2017
ގައުމުގެ އެތެރޭގެ މީހުނަށް ގައުމުގަ ދިފާއެއް ނެތް. ބޭރުގެ ފަރާތްތަކުން ގައުމު ދިފާއުކުރާނީ ކިހިނެއްބާ .ދިފާއީބާރު ކޮަބައިތޯ
އަލީ
16 May 2017
ހޯމް މިނިސްޓަރު އުޅެނީ ކަރަންޓު އަގު ހެޔޮ ނުކުރެވިގެން. އެއީ ހޯމް މިނިސްޓަރުގެ މެނޑޭޓް. ކޮން ވަޒީރެއްގެ މެންޑޭޓުގަ ބާ މިކަން ހައްލު ކުރުން އޮތީ؟ ކުޅިވަރާ ބެހޭ ވަޒީރު ތޯއްޗެއް!
ރައް
16 May 2017
އަމާންކަން ގާއިމުވެއްޖެތޯ ދާޚިލިއްޔާ ގެ ބޮޑެތިމީހުން.
ކީކީކޭ
16 May 2017
ރާއްޖެ އަމާންވެފައި ޒުވާނުން ބާރުވެރިވެފައިވާ މިންވަރު މި އަމަލުންވެސް ފެނިއްޖެ. އެހާމައިރާ އެންމެންގެ ކުރިމަތީގަ އެދިޔައީ ކަތިލާފަ. ދެން ބުނާނީކީކޭ.
ޢަލީ
16 May 2017
ފުލުހުން ބަލާނެ ސިޔާސީމީހުން ފަހާދުވަމުން ބެރިކޭޑުޖަހަމުން މިފަދަ މީހުންދުއްވާ ވެހިކަލު ބަލާފާސްކުރުމެއް ވަކިހިސާބެއް ބަންދުކޮއް މިފަދަ މީހުން ދެނެގަންނާނެ އެއްވެސް ކަމެއް ނުކުރާނެ މީ ބާރުހުރިބަޔަކު ކުރުވާކަންކަން ވީމާ ބެލޭނެ ބަލާނެ ގޮތެއްނޯންނާނެ
ޣަފޫރު
16 May 2017
ޒުވާނުން އުދުހެނީ
ޢަބްދުﷲނާފިޒް
16 May 2017
މަންޒަރު ފެނުނު މީހުނަށް ވަޅިހެރި ދެމީހުން ފެނުނު ދެއްތޮ، ހެކިބަސްދޭން ކެރޭނެބާ، ސައިކަލުގެ ނަމްބަރު އިނގޭބާ.
އަނާ
16 May 2017
އެތަކެމަރަ ހުން ނާނެ ފެްންނަނެ ، ސައިކަލްވެސް ފެން ނާނެ
މަނީ
16 May 2017
އަޅެފޮލިސް ކިހިނެއތަ މިވަނީ މިގްރޫޕް މަދުވާން ވެއްޖެނު
7
16 May 2017
މާދަމާ އޮންނަ ޕީޕީއެމް ޖަލްސާ އެއްގައި ހޯމް މިނިސްޓަރ ވިދާޅުވާނެ މިހާ އަމާން ދުވަސްވަރެއް ދިވެހިން ނުދެކޭ...ސުކުރިއްޔާ ރައީސް ރާމީނޭ..ދެން ތިބެގެން އަތްޖަހާނެ..މި މީހުން ދެކެނީ ދިވެހި ރައްޔިތުން މީ ގަމާރުންގެ ގޮތުގަބާ