ޒަކާތް ބަލައިގަންނަނީ: ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހަމަވެފައި
27 މެއި 2017 - 14:27
މާދަމާއިން ފެށިގެން މުޅި ރާއްޖޭގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރޯދައާ ގުޅިގެން ދައްކަން ފަރުލު މި ޒަކާތް ރަށްރަށުގައި ބަލައިގަންނާނީ ކައުންސިލްތަކުންނެވެ. މާލޭގައި އިސްލާމިކް މިނިސްޓްރީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ހެނދުނު 1030 އާއި މެންދުރު 1:00 އާ ދެމެދު ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެޗުޑީސީންނެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނާނެ ވަކި ތަނެއް މިނިސްޓްރީގެ އިއުލާންގައި ބުނެފައެއް ނުވެ އެވެ.
އިސްލާމިކް މިނިސްޓްރީ ފިޔަވައި އެހެން ތަންތަނުން ފިތުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން 22 އެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީގައި ޖޫން 24 އާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެންވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. އެގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 16ރ، ތައިލެންޑް ހަނޑުލުން ނަމަ 55ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 80ރ. އެވެ.
ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މާލޭ ސަރަހައްދުން އެކަނި ވެސް 2.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ފިތުރު ޒަކާތް ބަހަނީ ފަގީރުންނަށެވެ. މިދިއަ އަހަރު ރާއްޖޭގައި ފަގީރުންގެ ގޮތުގައި 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުކްވެލް
27 May 2017
މާދަމާ ފިތުރު ޒަކާތް ބަލައިގަތުމަށް ފަހު މާލޭގައި ތިބި ފަގީރުންގެ ލިސްޓް ރަނގަޅަށް ކޮރަޕްޝަން ނުހިމެނޭ ގޮތަށް އެކުލަވާލާ ފަގީރުންނަށް ފިތުރު ޒަކާތް ބަހާނެ ކަމަށް މަމެން މިދެކެނީ. މިދިޔަ ރޯދަ މަހު ވެސް މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ފައިސާ ނަގައިގެން ގޮސް އައިފޯން ގަތުން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނޭ. އެހެން އެކަން ކޮށްގެން ނުވާނެއޭ ފިތުރު ޒަކާތް ނަގާ މީހުން ވެސް.
ދަވޭ
27 May 2017
ފަގީރުންނެއް ރާއްޖޭގައި ނުތިބޭނެއެވެ. ދެން ޕާރޓޭން ފަގީރުން ކަމަށް ހެދިގެން ގޮސް އެމެންނަށް ފިތުރު ޒަކާތް ދިނުމުން އެމެން އެފައިސާ އަށް ގަންނަނީ ޕީސްއޭ މަމެން ބުނަން ނެތީމު އެވެ. ދިވެހިރާއްޖޭގައި 9000 ފަގީރުން އުޅޭ ކަމަށް ނޫސް ތަކުގައި ޝާއިއު ކުރި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމެވެ. އެމެން ވަޒީފާ ތަކަށް ގޮސް މަސައްކަތް ކޮށްގެން ފައިސާ ހޯދީމާ ނިމުނީ އެވެ. ފިތުރު ޒަކާތަށް ލިބޭ ފައިސާ އިން މާލެ ސަރަހައްދުގައި ފްލެޓްސް ތައް އެޅީމާ ހުންނާނީ ރަނގަޅަށެވެ.
ދުއްރާސް
27 May 2017
ދަވޭ ކަލޭ ހާދަ ބޮޑާވެފަ ފަގީރުން ނުއުޅޭނެ ކަމަށް ތިޔަ ނިންމީ.
ހެހެހެ
27 May 2017
ގާނޫނަށް ހިތުހުރި ގޮތެއް ހަދާއިރު ދީނަށްވެސް އެހެންތާ މި ހަދަނީ. ފިޠުރުޒަކާތް ދޭންޖެނީ ކޮންބަޔަކަށްތޯ ކީރިތި ޤުރުއާނަށް ބަލައިލުން ކީއްތޯ.
ލުކިންގް
27 May 2017
މާދަމާ ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ އެވެ. މީ ރާއްޖޭގެ ހިސްޓްރީ ބުކް ޕޭޖް އިން ވެސް މިހާ ބިއުޓިފުލް ދުވަހެއް ފެނިގެން ދާނެ ފުރަތަމަ ދުވަހެވެ. މިރާއްޖޭގައި ފަގީރުން ގެ އަދަދު މަދު ކުރުމަށް ޓަކައި މަމެން ޕިންކީންގެ ސަރުކާރުން ދަނީ ނުހަނު ބުރަ ކޮށް މަސައްކަތް ކުރަމުންނެވެ. މަމެން ޕިންކީން ބޭނުންވަނީ ހުރިހާ ކުދިންނަކީ ވެސް މުއްސަނދި އަދި ފުދިގެން ދިރިއުޅޭ ލިޓިލް ޓައިނީ އާއިލާ އަކަށް ވުމަށޭ. އެއީ މާލެ ސަރަހައްދުން އަމިއްލަ ލަގްޒަރީ އެޕާރޓްމެންޓް ހުންނަ އަދި ރޯދަމަހު އަމިއްލަ އަށް ގޭގައި ކައްކައިގެން ގެއިން ރޯދަ ވީއްލާ ފެމިލީސް ތަކަށް ހުރިހާ ފެމިލީސް ތައް ވުމަށޭ މަމެން ބޭނުންވަނީ އަބަދު ވެސް. އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލައި ލައި ލައި ލައިފް. ޑާންސް ޑާންސް ޑާންސް..
އައިއޭމް
27 May 2017
މާދަމާ ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ އެވެ. ދެން ހުރިހާ ކުދިން ވެސް ފިތުރު ޒަކާތް ދޭން ޖެހޭނެ ބަރާބަރަށް ދޭން ޖެހޭ އަދަދަށް. ރަނގަޅީ ފައިސާ އިން ދިނިއްޔާ އެވެ. ދެން ފިތުރު ޒަކާތަށް ލިބޭ ފައިސާ އިން ހުޅުމާލޭގައި އަހަރަކު 2 ކޮޓަރީގެ 1000 ލަގްޒަރީ އެޕާރޓްމެންޓްސް އަޅާ ކުއްޔަށް ދޭންވީ މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް މަހަކު 3000 ރުފިޔާ ޒަކާތާއި ބެހޭ ފަންޑަށް ދައްކާ ގޮތަށް 100 އަހަރު ވަން ދެން. އެއިރުން ޒަކާތާއި ބެހޭ ފަންޑް އިން އިންވެސްޓް ކުރުމުން އެއިންވެސްޓްމެންޓް އިން ލިބޭ ރިޓާން ގެ އަދަދު 10 ގުނަ އިތުރުވެ ރާއްޖޭގައި ފަގީރުންގެ އަދަދު ދަށަށް ދާނެއެވެ. ރާއްޖޭގެ ގިނަ މީހުން ފަގީރު ވެފައި މިވަނީ އެއީ މާލެ ސަރަހައްދުގައި ބޮޑެތި ކުލީގައި އުޅެން ޖެހުމާއި އަދި އެޑްވާންސް އަށް ދައްކަން ޖެހޭ އަދަދު ބޮޑު ވުމާއި އަދި ކުއްޔަށް ދޭ ފަރާތުން އެއްބަސް ވުމަށް އޮނަރ ނުކުރާތީއެވެ. މިހެން ވެއްޖެނަމަ ރާއްޖޭގެ ފަގީރު ކަން ނަައްތާލެވުނީ ނޫންތޭ. އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލަައި ލައި ލައި ލައިފް..