"އަތުމީރު" ބްރޭންޑްގެ ހަވާދު: މި ބާވަތްތައް ވަނީ މަނާކޮށްފައި
20 ޖޫން 2016 - 19:31
ރާއްޖޭގައި އުފައްދާ "އަތުމީރު"ގެ ބާވަތްތައް މިއަދުން ފެށިގެން ވިއްކުން މަނާކޮށްފި އެވެ.
"އަތުމީރު" ބްރޭންޑުން އުފައްދަނީ ޕެކެޓްގައި ބަންދުކޮށްފައިވާ ހަވާދުގެ ބާވަތްތަކެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ބްރޭންޑްގެ ހަވާދު އުފައްދާ ތަނަކީ ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކުޑަ ތަނެއްގެ ގޮތުގައި ފާހަގަވެފައިވާ ތަނެކެވެ.
"އަދި މިކަމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަމަކަށް ވާތީ، މި ބްރޭންޑްގެ އުފެއްދުންތައް ބޭނުންކުރުން ރައްކާތެރި ނޫން ކަމުގައި ކަނޑައަޅައި މިތަކެތި ބާޒާރުން ނެގުމަށް ވަނީ ނިންމައިފަ އެވެ،" ބަޔާނުގައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ތަކެތި ވިއްކުމަކީ މަނާ ކަމެއް ކަމަށާއި އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެތަކެތި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސް
21 June 2016
ބަންގާޅީން މިހިންގާ ހޮޓާތައް ރޭޑް ޖަހާބަލަ.
އާދަނު
21 June 2016
މިތަނުގައި މަސައްކަތު މީހުން ފާޙާނަ ކުރަނީ ހަވާދު ހަދާ މެސެން ކައިރިޔަށް، އަދި އެތަނުގައި މީދާ އުޅޭ
ޙާސަރު
20 June 2016
ރާއްޖޭން ބޭރުން ގެނެސް ވިއްކާ ހަވާދު ހެޔޮދޯކޮންމެތަނަކު ހަދާފަ ހުއްޓަސް! ކިހާހެއްވާ ކަމެއްތީ!؟ ވިއްކާހުރިހާ ކާނާއަކަށްވެސް އެއް މިންގަޑެއް ހިންގާބަލަ. ޢިންޑިޔާ ލަންކާއިން ގެނެސްފަ ހުންނަ ހަވާދު ހަދާތަންތަން ހުންނަ ހާލު ތިތަނަށް އެގޭބާ!؟
ނުރަބޯ
20 June 2016
ހަމަ ކޮންމެ ކަމެއްގައި ވެސް ޖަދަލު...!!! އޭގޭން ގެއްލުމެއްވީނަމަވެސް ކަމާބެހޭ ފަރާތް ގޯސްވީހީ...!!!
އަލިކުރު
21 June 2016
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބަލާނީ ރާއްޖޭގައި އުފައްދާ އުފެއްދުންތައް. ހަމަ އެގޮތަށް ލަންކާ ނުވަތަ އިންޑިޔާގައި އުފައްދާ އުފެއްދުންތަކުގެ މިންގަތުތަށް އެގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ބަލާފަ ހުއްދަ ދޭނީ. އެއްވެސް ގައުމަކުން ރައްކާތެރިނޫން ގޮތަކަށް އުފައްދާ ކާބޯތަކެތި އާންމުކޮށް ވިއްކައި އޭގެ ވިޔަފާރި ކުރާކަަށް ހުއްދައެެއް ނުދޭނެ.
ހަސަން
20 June 2016
އަތުމީރު ތި އޮތީ އަތު ނަޖިހަ ވެފައި ދެއްތޯ؟