ލަންކާގައި ފެން ބޮޑުވެފައިވާ ހިސާބަކުން މީހުން ސަލާމަތްކުރަނީ
31 މެއި 2017 - 21:41
ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ދޭ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކައާ މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖޭގެ އެހީ ލަންކާއާ ހަވާލުކުރެއްވީ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ލަންކާއަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ. އެހީގެ ގޮތުގައި ދިނީ ކިހާ ފައިސާއެއް ކަމެއް ރައީސް އޮފީހުން ނުބުނެ އެވެ.
ރައީސް އޮފީހުން ބުނީ ވިއްސާރައިގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިނިސްޓަރު އާސިމް ތައުޒިޔާ ވިދާޅުވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޑރ. އާސިމްގެ އިތުރުން، ލަންކާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ވިއްސާރާގައި ކުރިމަތިވި އެކި ހާދިސާތަކުގައި ލަންކާއިން 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިންމާދާރު
01 June 2017
މީގައި އެހީގެ ގޮތުގައި ދިން ފައިސާގެ އަދަދު ހިމަނާލި ނަމަ ރަައްޔިތުންނަށް ހިތްހަމޖެހުމެއް ލިބުނީސް. މިހާރުވެސް އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ހާލުގައި ޖެހުނު ގެތަކުގެ ފުރާޅު އެކަނި ބަދަލު ކޮށްލާފައި #5ބްރަދާސް ގޭސް އުދުން ބަހަނީ. ސީލިންގް މަރާމާތު ނުކުރޭ. އަދިވެސް ނިދަނީ ތެމިފައި ހަލާކުވެފައި ހުރި ގޮދަޑި އާި ބާލީހުގައި ފަރުނީޗަރ ހަލާކުވެފައި. ގަންނާނެ ފައިސާއެއް އެމީހުން އަތުގައި ނެތް
ޢަލީ
01 June 2017
ލަދު ގަންނަވަރުގެ އަދަދެއްވީމާތޯ އާންމުކުރައްވަން ނުކެރުނީ؟
ބަކުރު އެންޑް ޒުބޭރް
31 May 2017
ހަނދާންނައްތާނުލާތި ރާއްޖޭގެ ކަންކޮޅުތަކުގާ މިވިއްސާރައިގައި ހާލުގައިޖެހޭ މީހުންގެ މަތިންވެސް...........
ޢަބްދުﷲނާފިޒު
31 May 2017
އެހީވާންޖެހޭނެ، އަހަރުމެންނަށް ވީވަރަކުން އަހަރުމެންވެސް އެހީ ފޮނުވިން، އެކަމަކު ދިވެހިސަރުކާރުން ވީއެހީގެ ތަފްސީލު ދިވެހި ރައްޔިތުންނަށް އިނގޭކަށް ނުޖެހޭބާ! ހާދަދެރަކަމަކޭ ދެއްތޮ.
ޢަހްމަދު
31 May 2017
ދިވެހި ރައްޔިތުންގެ ފަރާތުން ދެއްވި އެހީއެއްނަމަ އެދެއްވީ ކިހާވަރެއްކަން ހާމަކުރަންވާނެ. ސިއްރުކުރާކަށްނުޖެހޭނެ
ޖަމީލުބެ
31 May 2017
މިއޮތް ބޮޑު ކާރިސާ ލަންކާއަށް ދިމާވެގެން އުޅޭއިރު ރާއްޖޭގެ މީޑިއާއިން މިޚަބަރު ކަވަރު ކުރިލެއް، އަދި ކުރަމުން ގެންދާލެއް ކުޑަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ.