ޚަބަރު / ތޯރިގް އިބްރާހިމް (އެންވަޔަރުމެންޓް މިނިސްޓަރު)

މޫސުމީ މައްސަލަތަކަށް އިމެއް ނެތް: މިނިސްޓަރު ތޯރިގު

މިނިސްޓަރު ތޯރިގް އިބްރާހިމް

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކަށް އިމެއް ނެތް ކަމަށާއި ކޮންމެ އަހަރުތަކު ވެސް މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށްއެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު އިޓަލީ ގައި ކުރިއަށްދާ ޖީ7 ގެ ތިމާވެށީގެ ވަޒީރުންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ މޫސުމީ މައްސަލަތަކަށް އެންމެ ގައުމަކުން ނުވަތަ ބައެއް ގައުމުތަކުން މަސައްކަތްކޮށްގެން ހައްލެއް ނުހޯދޭނެ ކަމަށެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ބާއްވާ މިސަމިޓްގައި މިނިސްޓަރު ވިދާޅުވީ ހަނަފަސްކަމާއި ފެންބޮޑުވުމާއި ހޫނުމިން އިތުރުވުމާއި މޫސުމީ ކާރިސާތައް ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ސަބަބުން، ކުދި ޖަޒީރާ ގައުމުތަކަށް އިގުތިސާދީ ގޮތުންނާއި އެކި ދާއިރާތަކުން ގޮންޖެހުން ކުރިމަތިވާ ކަމަށްތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގައި އިޓަލީ ސަރުކާރުގެ އެހީގައި ހިންގާ، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ޕްރޮގްރާމްތަކާއި މި ދާއިރާއިން އިތުރު އެހީ ހޯދުމާ ބެހޭ ގޮތުން އިޓަލީގެ ތިމާވެށީގެ ވަޒީރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފަ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ރިނިވްބަލް އެނާޖީން ހިންގާ ތަފާތު މަޝްރޫއުތަކާ ބެހޭ ގޮތުން އެ އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލްއާ މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރު ތޯރިގު ވާހަކަފުޅު ދެއްކެވި ބައްދަލުވުމަކީ ޖީ7 ގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ އިޓަލީން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. އެބައްދަލުވުމުގައި ޖީ7 ސަމިޓްގެ މެމްބަރު ގައުމުތައް ކަމަށްވާ އެމެރިކާ، އިގިރޭސިވިލާތް، ފްރާންސް، ޖަޕާން، ޖަރުމަން، ކެނެޑާ އަދި އިޓަލީގެ މިނިސްޓަރުން ބައިވެރިވި އެވެ. މީގެ އިތުރުންއީޔޫގެ އެންވަޔަރަމެންޓް އަދި ކްލައިމެޓް ޗޭންޖުގެ ކޮމިޝަނަރުން ވެސް ބައިވެރިވާނެ އެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޯޒަސް

12 June 2017

ކޯޑިނޭޓަރުން މުސާރަ ހަލާލުކުރަން ކޮމެންޓްތައް ލިޔެލީ ދޯ؟

The name is already taken The name is available. Register?

އައިކުޑް

11 June 2017

މޫސުމީ މައްސަލަތަކަށް އިމެއް ނެތް ކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓަރު ވިދާޅުވިނަމަ ވެސް އެއީ އިންތައް ކަނޑައަޅާ ވަރަށް ސިސްޓަމެޓިކް ވަރަށް ބޮޑަށް ރޭވިގެން އުފައްދަވާފައިވާ އަގު ނުކުރެވޭ ފަދަ ނިއުމަތެކެވެ. އިންސާނުންނަށް ހޯދިފައިވާ ގޮތުން އަދި ޔުނިވަރސް ގައި ދިރުން ލައްވަވާފައިވަނީ ހަމަ އެކަނި ބްލޫ ޑޮޓް ކިޔާ ތަރި އެއްގައެވެ. އެއީ މަމެން ދިރިމިއުޅޭ ރީތި ދުނިޔެ އެވެ. މޫސުމަށް އަންނަ ބަދަލުން ދުނިޔެ އަށް ގެއްލުން ނުވާނެ ކަމުގެ އަލާމާތެއް މަމެން ބުނެދީފާނަމެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަީ ވިދާ ގުގުރާއިރު ވިދާ ވިދުން ނުވަތަ ލައިޓްނިންގް ސްޓްރައިކްގެ ސަބަބުން ވާނީ ހުސް ގެއްލުން ކަމަށޭ. ނޫން އެހެން ނޫން އެކަން ވަނީ. ލައިޓް ނިންގް ސްޓްރައިކް އަކީ އެއީ ބިމަށް ދެވޭ ސްޓްރޯކް އެއް. އެއީ ބިމަށް ބޭނުންވާ ފާރޓިލައިޒަރ އެވެ. އޭގެ ސަބަބުން ބިމުގައި ގަސް ތައް ހެދުމަށް ގަސް ކާނާ އަކަށް ފުދެއެވެ. އިޒިންޓް އިޓް އެމޭޒިންގް. މޫސުމަށް އަންނަ ބަދަލުން ނުވަތަ ކްލައިމެޓް ޗޭންޖް ވުމުގެ ސަބަބުން ދުނިޔެ އަށް ގެއްލުން ވެ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމު ތައް ނެތިގެން ދާނެ ކަމަށް ސައެންސްގެ އިލްމަށް ބަރޯސާ ނުވެ ތިބޭ ޕޮލިޓިޝަނުން އެމެންގެ ޕަބްލިސިޓީ މަތިކުރަން ދައްކާ ވާހަކަ ތަކަކީ އެއީ ޕްރޮޕެގެންޑާ އެވެ. އެމެންނަށް ނޭގޭނެ އޭ ފިޒިކްސް އެން ސައެންސް ގެ މަތިވެރި ކަމާއި އޭގެ ބިއުޓީ. ބިކޮޒް ދޭ އާރ ނޮޓް ސައެންސް އޮރިއެންޓެޑް ދޯ. މޫސުމަށް އަންނަ ބަދަލު ތަކުން ދުނިޔެ އަށް ގެއްލުން ވާނެ ކަމަށް ކޮސްމިކް ލެވެލ؛ް ގައި އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭނެއެވެ. ދީސް އާރ ދަ ތިންގް ދެޓް އައި ކާންޓް އިގްނޯރ. ދުނިޔެ އެއީ ރީތި ޕްލެނެޓެއް ދޯ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި.

The name is already taken The name is available. Register?

ބޮޑައް އެނގޭ އައިކުޑް

12 June 2017

މައުލޫމާތު ނެތި ކޮމެންޓް ކުރީމާއި ތިމާ ފަލީހަތްވާނީ. އެތައްހާސް ސައިންޓިސްޓުން އެމީހުންގެ މުޅި އުމުުރު ހުސްވަންދެން ކުރާ ދިރާސާތަކުން އެފެންނަނީ އައިކުޑް ތިދައްކާ ވާހަކައާ ދިމާ އިދިކޮޅު ވާހަކައެއް. މާ ބޮޑަށް ޕީޕީ ވީމައި ތިހެންވެސް ވެދާނެ.

The name is already taken The name is available. Register?

އައިސްކެއަރޑް

11 June 2017

ދިވެހިރާއްޖެ ރިނަވަބުލް އެނަރޖީ ކިޔަން ދަސްކުރީ އެއީ 2006 ވަނަ އަހަރު އެވެ. އެކަމަކު 1990 އިން ފެށިގެން މިޓެކްނޮލޮޖީ ދުނިޔޭގައި ގެންގުޅެއެވެ. ރާއްޖޭގައި މި ކަން މާ ބޮޑު ކަމެއް ކަމަށް ހަދައިގެން މިއިން އެނަރޖީ ސޭވް ވާނެއޭ މީ ޑީސަލް އިންޖީނު ތައް ނިއްވާލައިގެން ބޭނުން ކުރެވިދާނެ ސޯސް އޮފް އެނަރޖީ އޭ ކިޔާ އެކަމަށް އެންމެ އަޑު ގަދަ ކުރީ އެެއީ އެމެންގެ ރަންރީނދޫ ބޮޑޭ އެވެ. އޭގެ ފަހަތުގައިވާ ސިއްރަކީ އެއީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ގެ ކުންފުންނަށް ސަރުކާރުގެ ހުރިހާ ސްކޫލް ތަކުގެ ކަރަންޓް ބިލަށް އަރާ ފައިސާ އެކްސްކްލޫސިވް ރައިޓްސް އާއި އެކު 25 އަހަރަށް ދިނުމެވެ. ގެއެއްގެ ފުރާޅު މަތީގައި ޖަހާ ސޯލަރ ޕެނަލް ގެ މެއިން ސޯސް ގައި ހުންނަ ބަރަނި ރޮދި ފަށެއް ވަރުގެ ކޭބަލް އަކުން މަގުމަތީ ބޭރުގައި ހުންނަ ފޮއްޓަށް ގުޅާފައިވާ 4 އިންޗި ފަލަ ކޭބަލަކަށް ކަަރަންޓް ފީޑެއް ނުކުރެވޭނެ އިންޖީނުގޭގެ އިންޖީނަށް އެގުން ވާވަރަށް. ފުރަތަމަ ކަމަކީ މީ ދެ ސޯސް އޮފް އެނަރޖީ އަށް ވާއިރު ސިންކް ކުރެވުނު ނަމަވެސް މީގެ ރިއެކްޓިވް ޕަވަރ ވަރަށް މަތިވާނެ އެވެ. ނަތީޖާ އަކީ އެއީ ސޯލަރ ޕެނަލް އިން ގްރިޑް ނުވަތަ މަގުމަތީ ފޮއްޓަށް ފޮނުވާ ކަރަންޓް މައި ނެޓް ވާރކް އަށް ފީޑް ނުކުރެވޭނެ ރިއެެކްޓިވް ޕަވަރ ބޮޑު ކަމުން. އެކަމަކު ގޭގައި ހަރުކޮށްފައި ހުންނަ ގްރިޑަށް ފީޑް ކުރާ ކަރަންޓް މެޝަރ ކުރާ މީޓަރު އެނބުރޭނެ އޭގެ ބުރު ނޭގޭ ވަރަށް. އެ އެނބުރެނީ އެއީ ރިއެކްޓިވް ޕަވަރ ބޮޑު ކަމުންނެެވެ. އެއިން އިންޖީނުގެ އަށް އެއްވެސް ފައިދާ އެއް ނުކުރާނެއެވެ. އެކަމަކު މިގޮތަށް ބަހައްޓާ މީޓަރަށް ސްޓެލްކޯ އިން ސޯލަރ ޕެނަލް ބެހެއްޓި ކުންފުންނަށް ފައިސާ ދޭނަމަ އެއީ ކޮރަޕްޓް ފައިސާ އެއީ ވައްކަން ކޮށްގެން ސްޓެލްކޯ އިން ދަމަިއގަންނަ ފައިސާ ކަމަށް ޕްރެކްޓިކަލީ ޕްރޫވެން އެވެ. މޭކް ނޯ މިސްޓޭކްސް.

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

11 June 2017

އިންނެތް އެއްޗެއް. ކޮން އެއްޗެއް. ޖަވާބު: މޫސުން. ހުރިހާކުދިން މިފިލާވަޅު ރަގަނޅަށް ދަސްކުރާތި.

The name is already taken The name is available. Register?

ދިސްވޭ

11 June 2017

މޫސުމީ މައްސަލަތަކަށް އިމެއް ނެތް ކަމަށް ތިމާވެށި މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ އިންތައް ވެސް ހުރި އެއްޗެއް އަދި މިހާރު ދުނިޔެ އިން ތަރުޖަމާ ކުރާ ގޮތަށް މޫސުމަށް ބަދަލު އައިސްގެން ދުނިޔެ ނެތިގެން ދާނެއޭ ކިޔާ އެމެން އެދައްކާ ވާހަކަ ތަކަކީ އެއީ ކޮރަޕްޓް ޕޮލިޓިޝަނުން ތަކެއް ގެ ބިލީވް ވައިގައި ހިފީ އިންޓަރނޭޝަނަލް ފެންވަރުގައި. ދުނިޔޭގައި މޫސުމަށް އަންނަ ބަދަލަކުން ދުނިޔޭގެ އެއްވެސް ގައުމަކަށް ގެއްލުމެއް ނުވާނެއެވެ، އެއީ ވާނެ ކަމެއް ނޫނެވެ. އެެގޮތަށް ނޫން ދުނިޔޭގެ ވަށަިއގެން ބްލެންކެޓް އެއް ގޮތަށް ލައްވަވާފައިވާ އެޓްމޮސްޕިއަރ އުފައްދަވާ އޭގައި ގޭސް ކޮމްޕޮޒިޝަން އެއް ގޮތަށް ލައްވަވާފައިވަނީ. އެޓްމޮސްޕިއަރ ގައި އެކުލެވެނީ އެއީ %79 ނައިޓްރިޖެން ދެން %21 އޮކްސިޖެން. ދެން ހުރި ކުޑަ ބައިގައި ހިމެނެނީ ކާރބަން ޑައިއޮކްސައިޑް އާއި އަދި އެހެނިހެން ގޭސެސް ތަކެވެ. ދުނިޔޭގެ މޫސުމް ކްރިއޭޓް ވަނީ އެއީ އިރުން އަންނަ އަލި އާއި އޭގެ އެނަރޖީގެ ސަބަބުންނެވެ. އިރުން ދުނިޔެ އަށް އަންނަ އެނަރޖީ އަކީ އެއީ އެއްގޮތަކަށް ވެސް ޑިޓޯރިއެރޭޓް ވާނެ އެއްޗެއް ނޫން އަދި އެކްސްޕަޔަރ ވާނެ އެއްޗެއް ނޫނެވެ. ދެން ދުނިޔޭގެ ވެދަރ ކޮންޓްރޯލް ކުރަނީ އެއީ ހަނދު ކަމަށްވާތީވެ ހަނދު އޯރބިޓް ގައިވާ ލޮކޭޝަން އިން ކުޑަ ވެސް ބަދަލެއް ނާދެއެވެ. އެހެން ވެއްޖެނަމަ ދުނިޔޭގެ މޫސުމަށް ބަދަލެއް ނާންނާނެ މިހާރު ދުނިޔެ އިން ތަރުޖަމާ ކުރާ ގޮތަށް ދުނިޔެ ހަލާކުވާނެ އުސޫލުން. ދުނިޔޭގެ އޯޒޯން ލޭޔަރ އަކީ އެއީ ލޯވަޅު އެޅޭ ގޮތަށް ސަތަރި ގަނޑެއް ހެން އުފައްދަވާފައިވާ އެއްޗެއް ނޫނެވެ. އެއަކު ލޯވަޅެއް ނެހެދޭނެއެވެ. އެއީ އިންސާނުންނަށް ވާނެ ކަމެއް ނޫނެވެ. ކޮސްމިކް ތިއަރީން ނުވަތަ ކޮސްމިކް ލެވެލް އިން ބުނާނަމަ ދުނިޔޭގައި މޫސުމަށް އަންނަ ބަދަލުން ދުނިޔެ އަށް ގެއްލުމެއް ނުވާނެއެވެ. އިންސާނުން ދުނިޔޭގައި ބިނާ ކުރާ ބިނާ ކުރުން ތައް ބިނާ ކުރަންވީ ވެދަރ އިމްޕެކްޓް އަށް ބަލައިގެންނެވެ. ރަށްރަށުގައި ގޭގެ ދިޔަދޮވި ހޮޅި މަގުމައްޗަށް ނެރެ އަދި ގޭގެ ފްލޯރ ލެވެލް މަގުގެ ލެވެލް އަށް ވުރެން ލޯ ލެވެލް ނަމަ ވާރޭ ވެހޭ އިރަށް ގޭތޭރޭގައި ފެންގަނޑު ބޮޑު ވާނެއެވެ. އެއީ މޫސުމަށް އަންނަ ބަދަލުން ވާކަމެއް ނޫނެވެ. އެއީ ސްޓޭންޑަރޑް ޕްރެކްޓިސް ގެ ތައް އިމާރާތް ކުރާ އިރު އެޕްލައި ނުކުރުމުން ވާ ގޮތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454