ެއެންވަަޔަރްމަންޓް މިނިސްޓަރު ތޯރިގް، ޑޮޕްލާ ވެދާ ރާދަ ސިސްޓަމްގެ ޚިދުމަތް މިއަދު ފައްޓަވައި ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 ޖޫން 2017 - 19:48
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގައި ބޭނުންކުރާ ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމް މަރާމާތުކޮށް، މިއަދު އަލުން ބޭނުންކުރަން ފަށައިފި އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމް 2008 ގައި ވެސް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް ސެންޓަރުގައި ބޭނުންކުރި އެވެ. ނަމަވެސް އެ ބޭނުންކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ރާޑަރަށް ތަފާތު މައްސަލަތައް ކުރިމަތިވެ އޭގެ މަސައްކަތްތައް ހުއްޓުނީ އެވެ.
އޭގެ ނުވަ އަހަރު ފަހުން ޑޮޕްލާ ވެދާ ސިސްޓަމް ރާއްޖޭގައި އަލުން ބޭނުން ކުރަން މި ފެށީ 6.1 މިލިއަން ރުފިޔާގެ މަރާމާތުގެ މަސައްކަތަކަށް ފަހު ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. މި ރާޑަރު ސިސްޓަމް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މަރާމާތު ކުރަން ފަށައި، ރާޑަރުގެ މުހިންމު ގިނަ ބައިތައް މިހާރު ވާނީ އާ ކޮށްފައި ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. އަދި ކުއްލި ހާލަތުގައި ބޭނުންކުރާނެ އާ ޖަނެރޭޓަރެއް ބެހެއްޓުމާއި ރާޑަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމެއް ވެސް ހޯދާފައިވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
އެންވަަޔަރްމަންޓް މިނިސްޓަރު ތޯރިގް، ހުޅުލޭގައި ގާއިމްކޮށްފައިވާ ޑޮޕްލާ ވެދާ ރާދަ ސިސްޓަމް މިއަދު ބައްލަވާލައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ސިސްޓަމް މެދުވެރިކޮށް ހުޅުލެއިން ފެށިގެން 250 ކިލޯ މީޓަރުގެ ސަރަހައްދުގެ މޫސުން ބެލޭނެ އެވެ. އަދި ކުރިއަށް ވުރެ ޔަގީން ކަމާއި އިތުބާރާ އެކު، މޫސުން ލަފާކުރެވޭނެ ކަމަށާއި ބޯކޮށް ވާރޭވެހޭ ސަރަހައްދުތައް ވެސް ފާހަގަވާނެ ކަމަށް މެޓުން ބުންޏެވެ.
"މީގެއިން ދެނެގަނެވޭނެ މައުލޫމާތުތަކުގެ ތެރޭގައި ވާރޭ ވެހެމުންދާ ސަރަހައްދާއި ވާރޭ ވެހެމުންދާ ބޯމިން، ވާރޭ ވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން، މި މައުލޫމާތުތަކަށް ބަލައި، ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތު (ނައުކާސްޓިން) ދެނެގެނަވޭނެ. އަދި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގެނެވޭނެ،" މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
މޫސުމީ ގެއްލުންތައް ކުޑަކުރަން ޑޮޕްލާ ވެދާ ސިސްޓަމްގެ ބޭނުންތެރިކަން ވެސް ވަރަށް ބޮޑުވާނެކަން މެޓުން ފާހަގަކުރި އެވެ.
"މި އަހަރު ވެސް ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި އެކި ރަށްރަށަށް ގެއްލުން ލިބުނު. ބޯކޮށް ވާރޭވެހޭނެ ސަރަހައްދުތައް މި ޑާޓާގެ އެހީގައި އެނގިގެންދާނެ. އެހެންވީމަ ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެ،" މެެޓުން ބުންޏެވެ.
ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމުން އޭވިއޭޝަންގެ ދާއިރާ އަށް ވެސް ފަސޭހަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. އެގޮތުން މޫސުން ގޯސްވެގެން މަތިންދާބޯޓުތައް އެހެން އެއާޕޯޓަކަށް ޖައްސާ ނަމަ އެކަން ވަގުތުން އެނގޭނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ހުޅުލޭގައި ގާއިމްކޮށްފައިވާ ޑޮޕްލާ ވެދާ ރާދަ ސިސްޓަމް ސައިޓް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މި ސިސްޓަމުން އިނގޭނެ ވިލާގަނޑު އަރަމުންދާނީ ކިހާއިރަކު ކަމާއި ވިލާގަނޑު ހުޅުލޭ މަތިން ކްލިއާ ވެގެން ދާނީ ކިހާ އިރަކުން. މި މައުލޫމާތުތަކުން ފްލައިޓެއް ހޯލްޑުކުރާނެ ގަޑި ލަފާކޮށްފައި ބުނަން އިނގޭނެ،" މެޓުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ އައްޑޫ ސަރަހައްދުގައި ވެސް ޑޮޕްލާ ސިސްޓަމެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއީ އަގުބޮޑު ސިސްޓަމަށް ވުމުން ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤުއްޓޭ
21 June 2017
ތި ވިދާޅުވާ ޑޮޕްލަރ ރާޑަރ ބެހެއްޓީ އޭރު މެޓް އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވި އަބުދުﷲ އަލްޤީން ގެ މަސައްކަތް ޕުޅުން. އެއީ ރައީސް މަޢުމޫނުގެ ވެރިކަމުގައި. މެޓް އޮފީހަށް ގެނެސްދިން ހުރިހާ ތަރައްޤީ އެއް ގެނެސް ދެއްވާފާފައި ވަނީވެސް އަލްޤީނު ވެރިކަމުގައި. އަދި އެތާ ތިއްބެވި ހުރިހާ މުޥައްޒަފުން ނަށްވެސް ކުރިއެރުމުގެ ހުރިހާ ސިއްރަކީވެސް ހަމަ އަލްޤީނު ގެ މަސައްކަތް ޕުޅުން. މިއަދު އެތާ ތިއްބެވި ހުރިހާ މުވައްޒަފުން އަލްޤީން އަށް ސެލިއުޓް ކުރޭ. މިހާރު ތި ކަންތައް ތަކުގައި ތިއްބަވާ ވަޒީރުން ނާއި ވެރިން ކޮންމެހެން މޮޅު ވާހަކަ ދައްކާ އެކަމުން ކްރެޑިޓް ނަންގަވަން އުޅުއްވާނެ ކަމެއް ނެތް.
ވާޓް
20 June 2017
ޑޮޕްލާ ރާޑަރު ސިސްޓަމް އަލުން ބޭނުންކުރަން ފެށީ މަމެން ޕިންކީންގެ ވެރިކަމުގައޭ އެމެންގެ ވެރިކަމުގައި ނެތޭ މިކަން ފަށާފައި. ދެން އެހެންވީއިރު އިދިކޮޅު ބިއުޓީ ކްއީނޭ މެން ވެސް ރާޑަރު ބަލަން އަންނަން ބޭނުންނަމަ ޕިންކީން ނާއި އަތާއި އަތް ގުޅާލަންވީ ނޫންތޭ. ދީ ދެން ތިކުއްޖާގެ އަތް މަމެންނަށް ދީ ދެން ދީ ދެން ދީ ދެން ދީ ދެން. ކޯއްޗެކޭތޭ ނުދޭނަމޭ. ވާޓް..
"މިހާރު"ގެ ފަހުރުވެރި ކިޔުންތެރިޔާ/ހދ.ކުޅުދުއްފުށި/ހާލުފޮޅި
20 June 2017
"ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމް 2008 ގައި ވެސް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް ސެންޓަރުގައި ބޭނުންކުރި އެވެ. ނަމަވެސް އެ ބޭނުންކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ރާޑަރަށް ތަފާތު މައްސަލަތައް ކުރިމަތިވެ އޭގެ މަސައްކަތްތައް ހުއްޓުނީ އެވެ" އެހެންވެރިކަމަކު ނެތޯ ފަށާފަ. މި ޕިންކުޕޭތާ އަށް ނޭނގޭބާ މި ކިޔޭ އެއްޗެއް.
ޔޔތ
20 June 2017
ކިހާބޮޑުކަމެއް. ކޮންމެކަމަކށް ޕަޓީ....