ޚަބަރު

އެންއައިސީއަށް ހުށަހަޅާ މައްސަލަތައް ނުނިމެނީ ސަރުކާރުގެ ނުފޫޒުން: މަހުލޫފް

މަހުލޫފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ/ ހުސެން ވަހީދު

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ފަދަ މިނިވަން މުއައްސާސަތަކަށް ހުށަހަޅާ މައްސަލަތައް ނުނިމި އެތައް އަހަރެއް ވަނީ، އެ މުއައްސަސާތަކަށް އޮންނަ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މަހުލޫފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މީގެ ތިން އަހަރު ކުރިން އެންއައިސީ އަށް ހުށަހެޅި މައްސަލަތައް ނިމުނުތޯ ބެލުމަށް އެތަނަށް ވަޑައިގަތުމަށް ފަހު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އެއިން އެއްވެސް މައްސަލައެއް އަދިވެސް ނުނިމޭ ކަމަށެވެ.

އެންއައިސީ އަށް އެ ބޭފުޅުން ހުށަހަޅާފައިވަނީ މީގެ ތިން އަހަރު ކުރިން، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ފުލުހުން ވަދެ، އެ ގެއިން ފިސްތޯލައެއް ހޯދި މައްސަލަ އާއި އިންތި މަޖިލީހަށް ވަޑައިގަންނަވަނިކޮށް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައަކާއި ހުކުރު ނަމާދަށް ފަހު، ރައީސް ނަޝީދު މިނިވަން ކުރުމަށް އެދި އާއްމުންގެ ބަޔަކު ދުއާކުރަނިކޮށް ޕެޕާ ސްޕްރޭ ޖެހި މައްސަލައަކާއި ބައެއް މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެވެ.

މަހުލޫފް ވިދާޅުވީ އޭނާ މީގެ އަހަރެއް ކުރިން ހުށަހެޅި މައްސަލަ އަށް ޖަވާބެއް ހޯދަން ވަޑައިގަތުމުން ވެސް މައްސަލަ ނިމިފައި ނުވުމަކީ ހިތާމަވެރި އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިއަދު އިންތި ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، މަހުލޫފާއި އާޒިމް ފަހަތުގައި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެންއައިސީ އަށް ވަޑައިގެންނެވި ނަމަވެސް މި ތިން ބޭފުޅުންނާ އެ ކޮމިޝަނުގެ މެމްބަރުން ބައްދަލެއް ނުކުރެއްވި އެވެ. މަހުލޫފް ވިދާޅުވި ގޮތުގައި މެމްބަރުން ބައްދަލު ނުކުރެއްވީ ދޭނެ ޖަވާބެއް ނެތުމުން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"މައްސަލަ ހުށަހެޅީމަ އަޅުގަނޑުމެން ގާތު އަހަނީ އެކަމުގައި ހިމެނޭ ވަކިވަކި ފުލުހުން އައިޑެންޓިފައި ކުރަން ޖެހޭނެ ކަމަށް. އެކަމަކު މި މައްސަލަތައް އަޅުގަނޑުމެން ހުށަހަޅަނީ ވަކިވަކި ފުލުހުންނަށް އަދަބު ދޭކަށް ނޫން. އެ މައްސަލަ ބަލައި، އެކަން ނުވާނެ ގޮތަކަށް ހަދަން ނުވަތަ މައްސަލަ އަށް ހައްލެއް ހޯދަން،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަތައް ބަލަން ކޮމިޝަންތަކުން މިހާރު ފަސް ޖެހުނު ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުމުން އެ ކޮމިޝަންތައް ވަރަށް ހަރަކާތްތެރިވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އިރު އަރާ އޮއްސޭއިރު ޣައިރު ގާނޫނީ ބޮޑެތި މައްސަލަތައް ހިނގާ ކަމަށާއި އެކަމަކު ކޮމިޝަންތަކަށް މި ހުށަހަޅަނީ އޭގެ ތެރޭން ވަރަށް މަދު އަދި ކުދި މައްސަލަތަކެއް ކަމަށެވެ. އެކަމަކު އެ މައްސަލަތައް ވެސް ނުބެލެނީ ސަރުކާރުގެ ނުފޫޒާއި ބިރު ދެއްކުމުން ކޮމިޝަންތަކުގައި ތަޅުއެޅުވިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުން މައްސަލަތައް ބަލައި، އެކަން ކަމާ ގުޅޭ މުއައްސަސާއަކަށް ނޭންގުމަކީ އެ ކުށްކުރުމަށް ދޭ ލައިސަންސެކެވެ.

"އޭގެ މާނައަކީ މީހުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާށޭ. ޣައިރު ގާނޫނީ އަމަލުތައް ހިންގާށޭ... އެ މުއައްސަސާތަކުގެ މެމްބަރުން އުޅުއްވަނީ ޖޮބްލެސް ބަޔަކަށް ޖޮބެއް ލިބުނީމަ އުޅޭގޮތަށް، އެ ގެއްލިދާނެ ކަމުގެ ބިރުގައި،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގައުމުގައި ހިންގާ ބޮޑެތި ޖަރީމާތައް މިހާރު ނިއުޅެމުން އެބަދާ ކަމަށާއި އެއިން ލިބޭ ފިލާވަޅަކީ ޖަރީމާއެއް ހިންގައިގެން ފިލާ ނޯވެވޭނެ ކަމާއި ޖަރީމާ އައިސް އަތުގައި ހިފާނެކަން ކަމަށެވެ. އަދި މި މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކުން ނުބަލާކަމަށް ވާނަމަ ވަރަށް އަވަހަށް އިތުރު މައުލޫމާތު ބޭރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

3 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރާސިލް

17 July 2017

.މަހުލޫފެވެ.. މޮޔަ ނުގޮވާށެވެ

The name is already taken The name is available. Register?

އަހުމަދޫ

17 July 2017

އިދިކޮޅޭމެން ބޭނުންވާގޮތަށް ހުކުމް ކުރީމަ ބަރާބަރުވާނެ އަނިޔާވެރި ކޯޓުތައްވެސް އެހެން އޮފީސްތައްވެސް. މިމީހުން ބޭނުންވާގޮތްނުވާއިރަށް އެވީ އެންމެން ގޯސް. މުޅިގައުމު ހަލާކުކުރަންއުޅޭ ބައެއް. ފަނާކުރުވަނިވި ފިކުރު.

The name is already taken The name is available. Register?

މަ

17 July 2017

އަހަރެންވެސް ތިޔަ ތަނަށް މައްސަލައެއް ހުށަހަޅައިގެން ދެދުވަހުން އެއްދުވަހު ގުޅާ އުނދަގޫ ކުރާތީ މައްސަލަ ނިންމައިދިން. އެކަމަކު އެކި ދުވަހު ދެނީ ތަފާތު ޖަވާބު. ދޭ ޖަވާބު ދިމައެއް ނުވޭ. މައްސަލަ ނިންމި ގޮތާއި މެދު ހިންހަމަ ނުޖެހޭނަމަ އަލުން މައްސަލަ ހުށަހަޅަން ބުނެގެން މައްސަލަ ހުށަހެޅުތާ އަންނަ އޮކްޓޯބަރު މަހަށް، އެެއް އަހަރު ފުރޭނެ. އަލުން މައްސަލަ ހުށަހެޅިތާ ގާތްގަނޑަކަށް 03 މަސްވެގެން ގުޅާލީމައި ބުނީ މައްސަލަ ދިރާސާ ކުރަމުންނޭ ދަނީ. އަހަރެން ހުށަހެޅީ ސިޔާސީ މައްސަލައެެއް ނޫ. މިއަށް ވުރެއް އެން.އައި.ސީ އެކްޓިވް ވާންވެއްޖެ. ފުލުހުންނާ ގުޅޭ މައްސަލަ ބަލަން އޮންނަ މުއައްސަސާއެއް މިހައި ސްޕީޑް ދައްވީމައި، ފުލުހުން ހަދާނީ ހަމަ ހަދާނެއެއްޗެއް. ތޮލާލު ކޮބައިތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454