ނޭމާ (ވ) އާއި ރޮނާލްޑޯ. --ފޮޓޯ: އޭއެފްޕީ
24 ޖުލައި 2017 - 09:19
މެޑްރިޑް (ޖުލައި 24) – ޕީއެސްޖީ އަށް ބަދަލުނުވެ މެންޗެސްޓާ ޔުނައިޓެޑުގެ ފުރުސަތަކަށް މަޑުކުރުމަށް ބާސެލޯނާގެ ފޯވާޑް ނޭމާ ގާތު ވާދަވެރި ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެދިއްޖެ ކަމަށް ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ނޭމާ ގެންދަން ޕީއެސްޖީން މަސައްކަތްކުރަމުން އަންނައިރު ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ ވަނީ ޕީއެސްޖީއާ އެކު މިހާރު އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ. ބެލެވޭ ގޮތުގައި އޭނާ ޕީއެސްޖީ އަށް ބަދަލުވާން ބޭނުންވަނީ ބާސެލޯނާގައި ލިއޮނަލް މެސީ ހުރުމާ ވެސް އެކު އޭނާ އަށް ސީދާ އެ ކްލަބުގެ އެންމެ މުހިއްމު މަގާމް ނުލިބޭތީ އެވެ. މެސީ ވަނީ ދާދި ފަހުން ބާސެލޯނާގެ ކޮންޓްރެކްޓް އާކޮށްފަ އެވެ.
ވަޓްސްއެޕް މެދުވެރިކޮށް ރޮނާލްޑޯ ފޮނުވި ކަމަށް ބުނާ މެސެޖުގައި އޭނާ ވަނީ ނޭމާ ޕީއެސްޖީ އަށް ބަދަލުވުމަކީ ކުރިއަށް އަޅާ ފިޔަވަޅެއް ނޫން ކަމަށާއި ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ބާސެލޯނާ ދޫކޮށްލަން ނޭމާ ބޭނުންވާ ނަމަ މެންޗެސްޓާ ޔުނައިޓެޑުގެ އޮފާއަކަށް މަޑުކުރުމަށް ރޮނާލްޑޯ އެދިފައިވާ ކަމަށްވެ އެވެ. ސަބަބަކީ ސްޕެނިޝް ލީގާއި ޕްރިމިއާ ލީގާ ބަލާއިރު ފްރާންސް ލީގަކީ ދުނިޔޭގައި އެހާ މަގުބޫލު ލީގަކަށް ނުވުމެވެ.
ބްރެޒިލްގެ ސަންތޯސް އިން ވިދާލި ނޭމާ 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ އޭނާ ގެންދަން ރެއާލް މެޑްރިޑުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜޮނާ
24 July 2017
މިއީ ރޮނާގެ ސަޅި ތަންކޮޅަކީ.
ނޭމާ
25 July 2017
ރޮނާ ހަމަތަ