ޝަންގްރިއްލާ ރިސޯޓު: އެ ރިސޯޓުގެ މޫދަށް އެރި އުޅުނު ޗައިނާ މީހަކު މިއަދު ހެނދުނު ވަނީ ގެނބިގެން މަރުވެފައި.-- ފޮޓޯ: ޝަންގްރިއްލާ
26 ޖޫން 2016 - 13:57
ޝަންގްރިއްލާ ރިސޯޓުގައި މިއަދު ހެނދުނު މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ހެނދުނު 9:00 ހާއިރު އެވެ.
އެ ފިރިހެން މީހާ ވަގުތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެއިން މަރުވެ އެވެ. އޭގެ ތެރޭގައި ޗައިނާ މީހުން ނިސްބަތުން ގިނަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy