ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ރިލްވާންގެ މަންމަގެ އިހްސާސްތައް. -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
09 އޯގަސްޓް 2017 - 11:33
ނޫސްވެރިޔާ އަހްމަދު ރިލްވާން، ވަގަށް ނެގުމުގެ ހިތާމައިގައި އަޑުން އަޑު ނަގައި، ރުއިން ނޫން ކަމެއް ވޭތުވެދިޔަ ތިން އހަަރު މަންމަ އައިމިނަތު އީސާ ނުކުރެ އެވެ. ދަރިފުޅު ހޯދައިދޭން އެދި އެ މަންމަ އާދޭސް ނުކުރާ، ސަރުކާރުގެ މުއައްސަސާއެއް ނެތެވެ. އެކަމަކު ނަތީޖާއެއް ނުފެނެ އެވެ. ކުޑަމިނުން ދުނިޔޭގައި ހުރި ކަން ނުވަތަ ނޫން ކަން ވެސް އެނގޭވަރެއް ނުވި އެވެ.
ރިލްވާންގެ ހަނދާނުގައި އިއްޔެ ބޭއްވި ހިނގާލުމަށް ވެސް އެ މަންމަ ނިކުތީ އެ ހިތްދަތިކަމުގަ އެވެ. އެކަމަކު ފެނުނު މަންޒަރު އެހެން ދުވަސްތަކާ ވަރަށް ތަފާތެވެ؛
ކުރިން ބޭއްވި އެއްވުންތަކުގައި، އަޑުން އަޑު ނަގައި ރުއި، މަންމަގެ ރުޅިގަނޑު އިއްޔެ ފަޅައިގެން ދިޔައީ އެވެ. ބުނަން ބޭނުން ނުވެގެން، ހިތުގައި ފޮރުވާފައި ހުރި ހުރިހާ އުދާސްތަކެއް ބޭރުކޮށްލީ އެވެ. ދަރިފުޅު ވަގަށް ނެގީ ސީދާ މި ސަރުކާރުން ކަމަށް ވެސް ތުހުމަތުކުރީ އެވެ. އެކަން ފޮރުވަން ފުލުހުން އެހީތެރިވަމުންދާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ. ސަބަބަކީ، ތިން އަހަރު ވިއިރު، އެންމެ ކުޑަވެގެން ރިލްވާނަށް ވީ ގޮތެއް ވެސް ހޯދައިދީފައި ނުވާތީ ކަމަށް ބުންޏެވެ.
ރިލްވާން ވީ ކޮން ތާކުތޯ މަންމަ، ފުލުހުންނާ ސުވާލުކުރަނީ. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު
"މަންމަގެ ހިތްދަތިކަން ކޮޅުންލައި، އިއްޔެ ރުޅިގަނޑު ފަޅައިގެން ދިޔައީ. މޫނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖެހިއިރު ވެސް ދުރަކަށް ނުޖެހުނު. ކޮންމެ ގޮތެއްވިއަސް ވަރިހަމަ ކަމަށް ހުރީ. ރިލްވާން ގެއްލުނު ފަހުން ވެސް މަންމަ އެހާ ހިތްވަރު ގަދަކޮށް ހުއްޓައި ނުދެކެން،" ދަރިފުޅު، ފާތުމަތު ޝެހެނާޒް ބުންޏެވެ.
އެހެން އެއްވުންތަކެކޭ އެއްގޮތަށް، އިއްޔެގެ ހިނގާލުން ފެށުމާ އެކު ވެސް ފުލުހުން އެންގީ އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރިލްވާންގެ މަންމަ އެދުނީ، ސަބަބު އޮޅުންފިލުވައިދޭށެވެ. ދަރިފުޅު ހޯދައިދޭން އެދި ޝުއޫރު ފާޅުކުރުމަކީ ފުލުހުންނަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެންމެ ކުރީ ސަފުގައި ހުރެ ހިނގާލުން ކުރިއަށް ގެންދިޔަ އެވެ.
ދަރިފުޅު ހޯދަން ނުދާ ތަނެއް ނެތް ކަމަށް ބުނެ، ދެން ދާންވީ ކޮން ތަނަކަށްހޭ ވެސް ފުލުހުންނާ ސުވާލުކުރި އެވެ. އޮތް ހަމައެކަނި ދިމާލަކީ މަގުމަތި ކަމަށާއި މަގުމައްޗަށް ނިކުތުމުން "ގަޔަށް ބޮލަށް އަރައިގަނެ އަނިޔާ" ކުރަނީ ކީއްވެހޭ ވެސް އެހި އެވެ.
ރިލްވާންގެ ހަނދާނުގައި ބޭއްވި ހިނގާލުން ފުލުހުން ހުއްޓުވަނީ. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު
"ފުލުހުންނާ ދިމާލަށް ވެސް އިއްޔެ ބުނި، ކުރިން ވަރަށް ލޯބިވީމޭ ތި ކުދިން ދެކެ. ވަަރަށް ގަދަރު ވެސް ކުރީމޭ. އެކަމަކު މިހާރު، ފެނުނަސް ރުޅިގަދަވެއޭ. ތިން އަހަރު ވިއިރު ވެސް ދަރިފުޅަށް ވީ ގޮތް ނުބުނެދީ، ދަރިފުޅު ކޮބައިހޭ އެހީމަ ވެސް އަނިޔާއެއް ނޫންހޭ ތި ކުރަނީ،" ޝެހެނާޒް ބުންޏެވެ.
ރިލްވާންގެ މަންމަ އަށް ކޮށްފައިވާ އަސަރުން އިއްޔެ ވެސް އެތައް ބަޔަކު ރޮއްވާލި އެވެ. ކޮންމެ ފުލުހަކާ ދިމާވިއަސް ދަރިފުޅު ކޮބައިހޭ، ވީ ކިހިނެއްހޭ އަހައި މަންމަ ކުރި ސުވާލުތަކުން އެތަނުގައި ތިބި ނޫސްވެރިންނާއި އާއްމުންނަށް ވެސް ހިތަށް އުނދަގޫވި އެވެ.
"އެ މަންމަ ރުއި ވަރާއި ކުރި ޝަކުވާތައް ފެނިފައި ހިތްފަޅައިގެން ދިޔަ. އެ މަންޒަރު ފެނުނު ކޮންމެ މީހަކަށް ރޮވޭނެ،" އިއްޔެގެ އެއްވުން ކަވަރު ކުރި ނޫސްވެރިއަކު ބުންޏެވެ.
އެކަމަކު ރިލްވާންގެ މައްސަލާގައި އަދިވެސް އޮތީ ސުވާލުތަކެވެ. އޭނާގެ މަންމަ އާއި އާއިލާއަށް ހިތްދަތިކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް
11 August 2017
ރިލުވާން މަންމަ ބޭނުން ކޮށްގެން ބަޔަކު ނާޖާއިޒު ފައިދާ ނަގަނީ
ރިލޭ
10 August 2017
ރިޅުވާންވީ ކޮންތާކު ތޯ ރިޅުވާންގެ ބައްޕަ ކައިރީ އަހާބަލަ
އަށްޑޫމީހާ
09 August 2017
މިއަދު މޭފުއްޕާފަ މުސްކުޅިންނަށް ބެލުމެއްނެތި ކުޑަކުދިންނަށް ބެލުމެއްނެތި ތަޅަމުންދާ އެސްއޯ މީހުންނާވެސް ދިވެހި ފެހި ގާނޫނު އަރާ ހަމަކުރާނެ އެދުވަހު ތިޔަ ބުނާ ރައީސެއްވެސް ބަލައެއްނުގަންނާނެ. މިހާރު އަމިއްލަޔަށް ވިސްނާފަ އަދިވެސް ރީތިގޮތް ބޭނުންކޮށްފިނަމަ ސަލާމަތްވުން ކައިރި ވަރަށް ޝުކުރު
މުހައްމަދު ނަސީމު
09 August 2017
ތިމާގެ ދަރިފުޅު ވީތަނެއް އެއްމެ ރަނގަޅަށް އިގެންޖެހޭނީ ތިމާއަށް ބުނެދީބަލަ ރިލްވާނުގެ މަންމަ ބުނެދީބަލަ ރިލްވާނު ވީ ތަނެއް
މުޙައްމަދު
10 August 2017
ކަލޭގެ ދަރި އެހެންމީހަކު ވަގައްނެގުމުން މީހުންއައިސް ކަލޭކައިރީ އެ ދަރި ކޮބާހޭ، ކަލޭގެ ދަރި ވީތަނެއް އެންމެ ރަގަޅަށް އެނގޭނީ ކަލެއަށޭބުނާއަޑު އެހުމުން ތި ނިކަމެތި އަޅާއަށް ވާގޮތް މި ނިކަމެތި އަޅާ ވަރަށް ވަރަށް ވަރަށް ބަލާހިތްވޭ.
ޙހހ
09 August 2017
ފާރަލަމުން ދިޔަ މީހުންވެސް ހައްޔަރު ކޮށްފަ ދޫކޮށްލީ ކީއްވެބާ.
އައްޑޫމީހާ
09 August 2017
ދޫނުކޮށް ކޮންތާކަށް ދާނީ، މި ކަންތަށް ވަރަށް ސާފު. ނޭގޭ އެކައްޗެއްވެސް ނެތް. މައިމީހާ ބުނީ ހަމަ ރަންގަޅަށް ޔާމީނަށް އެގޭނެ ހުރިހާ އެއްޗެއް. އަދި ގާނޫނު އަރާ އައިސް ހަމަކުރާނެ ޔާމީނާވެސް މިހާރި ކިތަންމެ ޕަވަރ ބޭނުންކުރިޔަސް ހެޔޮ 2018ގެ ފަހަކުން އެއްވެސސް ބާރެއް ނޯންނާނެ. އެއިރު އާދައިގެ ރައްޔިތަކަށް ވެގެން ދާނެކަމީ ފަހެ ޔަގީންކަމެއް.
ހެހެެހެ
09 August 2017
މަންމަ ގެ ވާހަކަ ގަބބޫލު ކުރަން!
ޔޯބުރޯ
09 August 2017
މިއަދުގެ ފުލުހުން ހާދަ ގަޓުހުރެއޭ ދޯ؟ ބާރުގެ ބޭނުންކުރާއިރުވެސް މުސްކުޅިއެއް ކުޑަކުއަޖެއް މާބަނޑު މީހެއް ނުކުޅެދޭ މީހެއް ނުބަލާ. ކިހާ ގަޓުވީމަ ދޯ ފުލް ގިއަރުގަ ގޮސް އެމީހުން ހޭއަރުވާލާނީ؟ ދެން އޮތީ މިތާ ކޮމެންޓްކުރާ ބައެއް މީހުން މިބުނާ ވާހަކަ "ގޭގަ އޮތިއްޔާ ޕެޕާރ ސްޕްރޭ ނުޖަހާނޭ". ގޭގަ ތިބެ ގޫގުލް ސާރޗް ކޮށްގެން ހައްޤުތައް ލިބޭނަމަ ކާކުތަ މަގުމައްޗައް ނިކުންނާނީ އަނިޔާ ލިބެން. އަނގައެއް އޮތިއްޔާ ކިޔާފާނެ ކޮންމެ ފަދަ އެއްޗެކޭވެސް
ޢެޗާމަރޑް
09 August 2017
ޓީވީ އިން މަންޒަރު ފެނުނު، އަހަރެންގެ ލޮލުން ކަރުނަ ހިފެހެއްޓުމެެއްނެތި އޮހޮނު، ވަރަށް އަސަރު ކުރި
ސުހައިލް
09 August 2017
މާޔޫސްވެ ހިތްދަތި ވީމަ ހެއްދެވި ފަރާތް މަތިން ހަނދާން ކުރަންވީ މީހުނާ ދިމާލަށް ހަޅޭއް ލަވަންވީއެއް ނޫންހެން ހީވަނީ
ށ
09 August 2017
ހެއްދެވި ފަރާތަށް ދެންނެވުމުގެ އިތުރުން މަސައްކަތް ވެސް ކުރީމަ ކާމިޔާބު ލިބޭނީ. ޢެ މަންމަ ކިހާ ވަރަކަށް ދުޢާ ކުރާނެ
ރައްޔިތު
09 August 2017
އަންހެނުންނަށް އަނިޔާ ކުރުމާއި ކުޑަކުދިންނަށް އަނިޔާކުރުމާއި ބުލީކުރުންފަދަ ތިމާ މީހާއަށްވުރެ ބަލިކަށި މީހުންނަށް އަޅާލުމުގެ ފިކުރާދޭތެރޭ ދުނިޔޭގެ ގައުމުތައް ހޭލުންތެރި ކުރުވާތާ އެތަކެއްއަހަރެއްވެ ހޭލުންތެރި މުޖުތަމައުތަކުގަ އެކަންކަން މާޒީގެ ދުވަސްތަކުގެ ތެރެއަށްގޮސް މިފަދަ އަމަލު ކުރާމީހުންނަށް ހަރުކަށި އަދަބުދޭ ޒަމާނެއްގަ ގާނޫނު ހިންގަންތިބޭމީހުންގެ ފަރާތުން މިފަދަ ކަންކަން ފެނުމަކީ ވަރަށްވެސް ލަދުވެތި ކަމެއް. މި އަމަލު ހިންގަން އަހަރުމެން ބޭނުންވޭ ފުލުހުން މި ތަޅާ ގްރޫޕް ތަކާ ދެކޮޅަށް. އެކަމު ފެންނަނީ އެމީހުން ހައްޔަރަށް ގެންގޮސް ހެކިބަސްވެސް ސިއްރުން ދޭތަން. އޭގެ ބަދަލުގަ ހިތްވަރު ތިހުންނަނީ މުސްކުޅި އަންހެނުންނަށް ގަޓުދައްކާ ލެވެލްގަވިއްޔަ. މަވެސް ލަދުން ބޯ ހަލާކު.
ޙުސެން
09 August 2017
މަށަށް އަދިވެސް ނޭނގެ ފުލުހުން ހިމާޔަތް ކުރަން އެއުޅެނީ ކޯޗެއް ކަމެއް.