ބެންކޮކުގެ ހޮސްޕިޓަލުގައި އޮވެ ޒާހިލް ފޯނާ ކުޅެނީ: އޭނާ މިހާރު އޮތީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި
20 އޯގަސްޓް 2017 - 12:21
ބަނޑަށް ހޮޅިއެއް ގުޅައިގެން ކާންދެމުން ދަނިކޮށް، ހޮޅި ނެއްޓިގެން މިހާރު އިންޑިއާގައި ފަރުވާދެމުން އަންނަ އިބްރާހިމް ޒާހިލްގެ ބަނޑަށް އަލުން ހޮޅި ގުޅައި، އެ އިން ކާންދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ހާލު އިތުރަށް ގޯސްވެގެން އޭނާ އިންޑިއާ އަށް ގެންދިޔައީ މިދިޔަ ހަފުތާގަ އެވެ. އައިޖީއެމްއެޗަށް ގެންދިޔައީއްސުރެ އޭނާގެ ނޭވާލައްވަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އެކަމަކު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ގެންގޮސް، ބަނޑަށް އަލުން ހޮޅިލެއްވުމާއެކު ވެންޓިލޭޓަރުން ޒާހިލް ވަނީ ނަގާފަ އެވެ.
"މިހާރު އޭނާ ނޭވާލައްވަނީ އޮކްސިޖަން މާސްކް އަޅައިގެން. ހޮޅީގެ ޒަރީއާ އިން ކާންދެވޭތީ ހާލު ތަންކޮޅެއް ރަނގަޅު. އެކަމަކު އަދިވެސް ވަރަށް ބަނޑުހައިވެގެން އުޅެނީ،" ޒާހިލްގެ ބޭބެ އަރީފް މުހައްމަދު ބުންޏެވެ.
ޒާހިލް އަދިވެސް އޮތީ އައިސީޔޫގަ އެވެ. އަދި ބަރުދަން އާދަޔާ ޚިލާފަށް ލުއިވެފައިވާތީ އޭނާ އަމިއްލަ އަށް މިހާރު ހަރަކާތް ވެސް ނުކުރެވެ އެވެ.
ބެންކޮކް ހޮސްޕިޓަލުގައި ހަ މަހެއްހާ ދުވަހު ފަރުވާ ހޯދުމަށް ފަހު، މިދިޔަ މަހު 31 ގައި ޒާހިލް މާލެ ގެނައިރު، އޭނާގެ ބަރުދަނުގައި ހުރީ 16 ކިލޯ އެވެ. އެކަމަކު މިދިޔަ ހަފުތާގައި އިންޑިއާ އަށް ފޮނުވާލިއިރު ޒާހިލްގެ ބަރުދަނަކީ 14 ވަރަކަށް ކިލޯ ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާ އިން އެދިގެން ބެންކޮކުން ޒާހިލް މާލެ ގެނައީ ވެސް އެ ތަނުން އޭނާގެ އޮޕަރޭޝަން ނުކުރެވުމުން، އިންޑިއާގެ ހައިދަރު އާބާދުގައި ހުންނަ ގޮހޮރުގެ ޚާއްސަ ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށެވެ. ނަމަވެސް އޭނާ އެތަނަށް ދެން ގެންދާނީ ވިއްސަކަށް ކިލޯ ބަރުވުމުން ކަމަށް އާއިލާ އިން ބުންޏެވެ.
"އެހެންވެ، އަދިވެސް ވަރަށް ގިނަ ދުވަހު މި ހޮސްޕިޓަލުގައި ވެސް ބާއްވަން ޖެހޭނެ ކަމަށް ލަފާކުރެވެނީ،" އަރީފް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްތިއިބުރާހިމު
20 August 2017
ކޮބައިބާ ގައުމުގެ ވެރިން މިކަހަލަ ކަންކަމާ އަޅަނުލަނީ ކިއްވެބާ
އިޙްސާންތެރިޔާ
21 August 2017
އެއީ ސިޔާސީ ހަރަކާތުގެ ތެރޭގައިވާ ކަމަކަށް ނުވާތީ ހެން ބެލެވެނީ.. ނުވިސްނަނީ
[email protected]
20 August 2017
ޢަލްހަމްދުﷲ
ދޮންރަހާ
20 August 2017
ﷲ އަލްހަމްދު
ނަމެއް ނޭގެ
20 August 2017
އަވަރް ސިފާ އަކަށް އެދެން
އަޙްމަދު1
20 August 2017
އަވަސް ޝިފާއެއް ދެއްވުން އެދި ﷲ ހަޟްރަތުގައި ދުޢާ ދަންނަވަން.
ރަދީފް
20 August 2017
އަވަސް ޝިފާއަކަށް އެދެން.