ހަބޭސް ބޮޑުބެރުގެ ޝޯއެއްގެ ތެރެއިން.
23 އޯގަސްޓް 2017 - 06:23
ކުރިއަށް އޮތް ބޮޑު އީދު ފާހަގަކުރަން، ހަބޭސް ބޮޑުބެރު، އަވަށްޓެރި ސްރީ ލަންކާއި އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ޝޯ ދޭން ނިންމައިފި އެވެ.
ހަބޭސް އިން ބުނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ބާއްވާ އީދު ކުޅިވަރުގެ ތެރެއިން ހަބޭސް ޝޯ ދޭނީ މި މަހުގެ 30 އާއި އަންނަ މަހުގެ އެކެއްގައި ކަމަށެވެ.
ސޯސަންވިލާގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާން ހަބޭސްގެ ޓީމް ލަންކާ އަށް ފުރާނީ މި މަހުގެ 29 ގަ އެވެ.
ހަބޭސް އީދު ޓުއާ ރޭވިފައިވާ ގޮތް.
ލަންކާގެ އިތުރުން ހަބޭސް ޝޯ ދޭ ރަށްރަށުގެ ތެރޭގައި ރ. ދުވާފަރު، ބ. ދަރަވަންދޫ އަދި އއ. ތޮއްޑޫ ހިމެނެ އެވެ. މި ރަށްރަށުގައި ޝޯތައް ދޭނީ އަންނަ މަހުގެ 2-4 އަށެވެ.
ހަބޭސް ބައި ގްރެވިޓީ އަންނަ މަހުގެ އެކަކާއި ދޭއްގައި ޝޯ ދޭނީ ޅ. ނައިފަރުގަ އެވެ.
ހަބޭސް އަށް މި އަހަރު ހަ އަހަރު ފުރިގެން ދިޔަ އިރު ހަބޭސް ކުޑައިގެ ދަށުން ބޮޑުބެރު ބޭންޑާއި ގްރެވިޓީ ބައި ހަބޭސް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަން އަންނަނީ ހިންގަމުންނެވެ. ދާދި ފަހުން މި ބޭންޑްތަކުން ވަނީ ފަސް އަލްބަމް ވެސް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާއިގާ
23 August 2017
ވަރަށްހަބޭސް ވާނެ ކަމަށް އުއްމީދު މި ކުރަނީ
ސާއިގާ
23 August 2017
ވަރަށްހަބޭސް ވާނެ ކަމަށް އުއްމީދު މި ކުރަނީ
މަރީ
23 August 2017
އަވަހަށް އާދޭ ދުވާފަރަށް. މަރުހަބާ ކިޔަން ތައްޔާރަށް މިތިބީ