ފުލުހުން އަބްދުﷲ ރިޔާޒްގެ އެޕާޓްމަންޓުގައި
24 އޯގަސްޓް 2017 - 22:04
ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން މަސައްކަތްކޮށް، ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ ފޯނު އަތުލައި، ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ފޯނު އަތުލުމަށާއި އެޕާޓްމަންޓް ފާސްކުރުމަށް ދެ އަމުރެއް ހިފައިގެން ރިޔާޒްގެ އެޕާޓްމަންޓަށް ފުލުހުން ދިއުމަށް ފަހުގަ އެވެ.
ރިޔާޒް އުޅުއްވާ އެޕާޓްމަންޓް ފާސްކުރުމުގެ އަމުރުގައި ބުނެފައި ވަނީ އެތަން ފާސްކުރަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަ ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ބަދުނާމުކޮށް ހަގީގަތާ ހިލާފް ދޮގު ވާހަކަ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފަތުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށެވެ. މިކަމަށް ތުހުމަތުކުރެވޭ ހެއްކަކީ ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ކޮށްފައިވާ މެސެޖުތަކުގެ ކޮޕީ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ. އަދި އެ ގޭގައި ހުރި، ރިޔާޒް ބޭނުންކުރައްވާ ލެޕްޓޮޕްތަކާއި ޓެބްލެޓާއި އެ ނޫން ވެސް މައުލޫމާތު ރައްކާކުރާ އިލެކްޓްރޯނިކް ވަސީލަތްތައް ފާސްކުރުމަށް އަމުރުގައިވެ އެވެ.
ބަލައި ފާސްކުރުމުގެ އަމުރު ދެއްވާފައި ވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފެވެ. މިރޭ 7:00 ގައި އެ އަމުރު ދީފައި ވަނީ 48 ގަޑިއިރުގެ މުއްދަތަށެވެ. އަދި ފާސްކުރުމަށް ފަސް ގަޑިއިރު ދީފައިވެ އެވެ.
ހަމަ މި ތުހުމަތަށް ރިޔާޒްގެ ފޯނާއި ސިމް ކާޑުތަކާއި ޕިން ކޯޑް އަދި ފިންގަޕްރިންޓް ފަދަ މައުލޫމާތު ދިނުމަށް ކޮށްފައިވާ އަމުރުގައި، ރިޔާޒްގެ ފޯނު 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމަށް އަމުރު ދީފައިވެ އެވެ. މި އަމުރު ވެސް ދެއްވާފައި ވަނީ ގާޒީ އާދަމް އާރިފެވެ.
ފުލުހުންގެ ތަހުގީގަކަށް ރިޔާޒްގެ ފޯނު އަތުލައި އެ ފޯނު ހުޅުވައިދޭން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ މީގެ ކުރިން ރިޔާޒްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތު ނުވުމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން ކަމަށް ބުނާ މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ވަނީ ރިޔާޒްގެ މައްޗަށް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާން
25 August 2017
މީ މިޤައުމަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް. ހަމަ ތެދެއް....ޔާﷲ މި މުޞީބާތުން މި ޤައުމު ސަލާމަތް ކުރައްވާންދޭވެ....
ބލއއް
25 August 2017
ހަޤީގަތާ ޚިލާފު ދޮގު ތުހުމަތުކޮށް މީހުންނަށް ނުހައްޤުން ދައުވާކުރަނީ ކޮންބައެެއްކަން ދިވެހިންނަށް ނޯޅޭ. ރުމާލު 2 ގައި ދައްކަނީ ހުސްތެދުތަ? ފުލުހުންނަކީ މިހާތު ތިޔައީ އެންމެހާރައްޔިތުންގެ ބައެއްނޫންތަ?
ހުސޭނުގެ ދަރި
25 August 2017
ވަރަށް އަގުބޮޑު މޮޅު ފޯނެއްހެން ހީވަނީ؟ ތި ފޯނު ރައްޔިތުންނަށް ދައްކާލަން ދަރުލްއާސާރަށް ލާންވާނެ.
ޜަޔުމަ
25 August 2017
ޙާދަ މުހިންމޭ މީނަގެ ފޯނު ވ އގުބޮޑުތަ
މިރައީސްސް
25 August 2017
މިރާއްޖޭގެ ފަނޑިޔާރުން ކޮބައިބާ މިފެންނަނީ އެއްގޮތް ނުވިއްޔާ އަނެއްގޮތުންވެސް ޖަލައްލާނެ ގޮތެއް ފެނޭތޯ
ނުފެންނަނެ
24 August 2017
ކިތަންމެ ވަރަކަށް ހޯދިޔަސް ތިޔަ ހޯއްދަވަން އުޅުއްވާ ހެއްކެއް ތިޔަކޯޓް އަމުރުގައިވާ އެއްޗަކަށް ގާތްވެސް ނުކުރާނެ. ރިޔާޒް ތިޔައީ ވަރަށް ތަޖުރިބަ ހުރި ޕޮލިސް އޮފިސަރެއް. ވީމާ ތިޔަ ހޯދަން އުޅޭ އެެޗަކާއި ގުޅޭގޮތުން ކޯޓު އަމުރުގައިވާ މެސެޖު ތަކުގެ ކޮޕީ ނުހުންނާނެ ކަން ކަށަވަރު. މެސެޖު ކޮށްގެން މިޒަމާނުގައި ބޯ ހުރި މީހުން މައުލޫމާތު ނުހޯދާނެ
ސަލާމް
24 August 2017
2018 ގައި ވޯޓު ހޯދަން ނާންނާތި, މިކަހަލަ ވެރިކަމެއް ބޭނުމެއްނޫން ﷲ އިރާދަކުރެއްވިއްޔާ ރީތިގޮތަކަށް ވޯޓުން ބަލިކޮށްލާނަން.
ރޯޒް
25 August 2017
އިންތިހާބެއް ނޯންނާނެ.. ކޯޓުން ވެރިކަން ހަވާލު ކުރާނީ
ވެރިން
24 August 2017
ވެރިކަމުގެ ފަހު ދުވަސްކޮޅު
އަރިދެކުނު
24 August 2017
ހަމަ އެކަކުވެސް ސަލާމަތަކުން ހުއްޓކަނުދޭނެ..ބިރުގަންނަ ވަރު އެއީި..އެންމެން ބަންދުކުރިޔަސް ވޯޓަކުން ކާމިޔާބު ނުވާނެ..
ޙަލީފާ
24 August 2017
ޔާﷲ ދިވެހިންނަށް އުފާވެރިދުވަސްތަކެއް ދައްކަވާ ފާންދޭވެ...