އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި މިލަންދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 އޯގަސްޓް 2017 - 11:53
ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކުގައި މާލޭ ލީގުގެ ކްލަބްތަކާ ވާދަކުރެވޭނެ ފެންވަރު އެބަހުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އިއްޔެ ހަތަރަށް ޓްރެއިނިން ކޭމްޕެއްގައި ފުރުމުގެ ކުރިން ގައުމީ ކޯޗު ސްޓެވާޓް ބުނީ މެޗަކަށް ފަހު މެޗެއް އަތޮޅު ޓީމުތަކުން ކުރިއަރަމުން އަންނަ ކަމަށެވެ.
"ވަރަށް ޝައުގުވެރިކޮށް ކުރިއަށްދަނީ. ފުރަތަމަ މެޗުތައް އެމީހުންނަށް އުނދަގޫކޮށް ފެނިގެންދިޔައީ. އެއީ ސްޕީޑާއި ފިޓްނަސް ކަހަލަ ކަންތައްތަކުގައި ހުރި ތަފާތެއް. މަޑުމަޑުން ނަމަވެސް އެ ތަފާތުތައް ކުޑަވަމުންދަނީ. މާލޭ ޓީމުތަކާއި އެ ޓީމުތައް (އަތޮޅުތަކުގެ ޓީމުތައް) އެއްވަރުވާތަން ވެސް ފެނޭ. ވަރަށް ރަނގަޅު ފައިޓެއް ދެމުން އަންނަނީ މާޒިޔާ، ނިއު ރޭޑިއަންޓް އަދި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް،" އޭޝިއާ ފުޓްބޯޅައިގައި 20 އަހަރު މަސައްކަތް ކޮށްފައިވާ ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ ލީގުން ފެންނަނީ އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ރާއްޖެ 3-0 އިން ފަލަސްތީނު އަތުން ބަލިވި މެޗުގައި ފެނުނު ކަހަލަ ކަންތައްތަކެއް ކަމަށެވެ.
"ފެނިގެންދިޔައީ އަހަރެމެންނާ ފަލަސްތީނު މެޗާ ވީ ގޮތް ވާތަން. އަހަރެމެން ވެސް ތިބީ ތައްޔާރުވެގެނެއް ނޫން. ކޮންމެވެސް ވަރަކަށް ރަނގަޅަށް ފުރަތަމަ ހާފް ނިމެންދެން ފަލަސްތީނު މެޗުގައި ކުޅުނު. އޭގެ ފަހުން އަހަރެމެންގެ ވެސް މެޗު ފިޓްނަސް ކަހަލަ އެއްވެސް ކަމެއް ނެތް. އެގޮތަށް ބައެއް ޓީމުތަކަށް (އަތޮޅު ޓީމުތަކަށް) ވާތަން އެބަފެނޭ. އެކަމަކު އެއީ ރަނގަޅު ކުރެވޭނެ ކަންތައްތައް،" ސްޓެވާާޓް ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގައި ގައުމީ ޓީމުން މުސްތަގުބަލުގައި ޖާގަ ހޯދޭނެ ކުޅުންތެރިން އެބަހުރި ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.
"އާ ޔަގީން ކަމެއް. އަހަންނަށް ފެނިއްޖެ ފަސް ވަރަކަށް ވަރަށް މޮޅު ކުޅުންތެރިން. އެ ކުޅުންތެރިންނަކީ މާލޭ ލީގުގައި ކުޅެން ޖެހޭ ކުޅުންތެރިން. އެއަށް ފަހު އެ ކުޅުންތެރިން ގައުމީ ޓީމާ ގުޅުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެންދާނެ،" ސްޓެވާޓް ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރަމުން އަންނަ ދ. ކުޑަހުވަދޫ، އއ. މާޅޮސް، ގދ. ތިނަދޫ އަދި ށ. މިލަންދޫ ޓީމުން މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު ރަނގަޅު ގިނަ ކަންތައްތަކެއް ވެސް ފެނުނެވެ. ތިނަދޫ ޓީމު ނޫން ދެން އޮތް ތިން ޓީމުން ވެސް ގިނައީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސައިޑަރ
28 August 2017
ތެދު ތެދަށް ބުނަންޏާ އަތޮޅު ތަކުގެ ކުޅުންތެރީން މާ ހުނަރުވެރި. ނަމަވެސް މިފަހަރުގެ ޓީމް ތައް އެވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. ޕްރީމިއަރ ލީގަށް ނުގޮސް މާލެ ލީގުން ކެޓި ވިކްޓްރީ އާއި ވެލެންސިއާ އާއި އީގަލްސް އަދި ޔޫވީ ގެ ހުރިހާ ކުޅުންތެރީން ކަހަލަ ގޮތަކަށް އެވަނީ މިނިވަން ޗެމްޕިއަންޝިޕުން ޕްރީމިއަރ ލީގަށް ކޮލިފައިވި ޓީމް ތަކަށް ބަދަލު ވެފަ. ދެން މަނެޖްމެންޓުން
މާނު
28 August 2017
ކޯޗަށްނޭންގެނީބާ ލީގުގަ ކުލުނީ އަތޮލުމުބާރާތް ކުޅުނު ކިޅުން ތެރިން ނޫންކަން އެމީހުންލަިގެން ކުޅުނުނަމަ ފެންވަރޫ އެގޭނީ. ހުރިހާ ޓީމެއްގަތިބީ ދިވިހިލީގުގަ އީގަލްސް ވިކްޓްރީ ދެންތިބިޓިމިތަކުގެކުޅުންތެރިނަ
ކުޑަހުވަދޫ
28 August 2017
ކުޑަހުވަދޫ ޓީމްގަ ނުތިބޭނެ މާލޭ ލީގް ކުޅުނު އެންމެ ކުޅުންތެރިއެއްވެސް.. ހަމަ ބުނެލީ
މިލަންދޫ
29 August 2017
މިލަންދޫ ޓީމުގައި ހުރީ މާލެ ލީގުގައި ކުޅުނު އެންމެ ކުޅުންތެރިއެއް
ތެދު
28 August 2017
އަތޮޅުތަކުން ޓީމެއް ގޮސްދާނެތީ ބިރުން އުޅޭ ބައެއް އެފް.އޭ.އެމް އަކީ ހުސް މާލެއަށް ބަރޯސާވެފަ
ރާއްޖެތެރޭ ކުއްޖެއް
28 August 2017
ކޯޗްގެ މަގާމް ތިޔަ ގެއްލުނީ. މާލޭ ޓީމްތަކުން އެކަނި ގައުމީޓީމަށް ކުޅުންތެރިން ނަގަންވާނީ.
އަހުމަދު
28 August 2017
މިހާރު އެބަ ރަނގަޅުވޭ.... ދިވެހި ކޯޗްންވެސް މިގޮތަށް ވިސްނާނަމަ އަދި މާރަނގަޅުވާނެ.. ދެން ރަނގަޅު ކުރަންވީ ޖޫނިޔަ ލެވެލުގެ ޓީމުތަށް ނަގާއިރު އަތޮޅުތަކުގެ ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތުދޭން...މާލެ ސްކޫލް ތަކާށް ތި ބާއްވާ އިންޓަ ސްކޫލް ފުޓްބޯލަ މުބާރަތް އަތޮޅުތަކުގެ ސްކޫލް ތަކަށްވެސް އެ އަތޮޅެއްގައި ބާއްވަން.. މިހާރު އޮންނަގޮތުން އަތޮޅުތަކުން ޓީމުތައް ބައވެރިވާންބޭނުންވިއަސް މުބާރާތް ބާއްވާ ދުވަސްވަރަކީ ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދަާ ދުވަސްވަރުވީމަ ބައިވެރިވާން ދަތިވޭ..