ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ކުޅެން ފުރުސަތެއް ނެތް، ބަކާ ކުޅިބަލަން!

ާބަކާ (ކ) މާލޭ ލީގުގައި ވިކްޓަރީގެ ޖާޒީގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު އިންޑޮނީޝިއާ އިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖެހި ފަހުން އޭޝިއާގެ މެދު ފަންތީގެ ގައުމެއް ރާއްޖެ އަތުން އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އޮމާނުން 5-0 އިންނެވެ. ރާއްޖޭން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު މިވަރަށް ލަނޑު ވަންނާނީ މެދުތެރޭގެ ދައުރު ވެސް އެންމެ ރަނގަޅަށް އަދާނުކުރެވިގެން ކަމަށް ގަބޫލުކުރެވެ އެވެ. އެހެންވެ ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފައްދަނީ އެފަދަ ދިފާއީ ރޭވުމެއް ކޯޗު ރޭވިއިރު ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ޑިފެންސިވް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ފުރުސަތު ނުދިނީ ކީއްވެކަމާ މެދު އެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ނަގާއިރު ބައެއް ފަހަރު އެ ކޯޗެއްގެ ސްޓައިލަށް ފެތޭ ކުޅުންތެރިންނަށް އިސްކަންދެ އެވެ. މާނައަކީ އެ ވަގުތު އެންމެ ރަނގަޅު ފޯމުގައި ނެތަސް، އެ މެޗެއްގައި ކޯޗު ކުޅުވާ ސްޓައިލަށް ފެތޭ ނަމަ ފުރުސަތު ދީފާނެ އެވެ. އެކަމަކު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް މެޗުގެ ކުރިން ބުނީ "ސްކޮޑަށް ކުޅުންތެރިން ނަގާއިރު އެ ވަގުތަކު އެ ކުޅުންތެރިއަކު ދައްކަމުން އަންނަ ކުޅުން ނޫން އެއްވެސް ކަމަކަށް ނުބަލާނެ" ކަމަށެވެ. އެހެންކަމުން ކޯޗުގެ ސިލެކްޝަނާ މެދު ސުވާލު އުފެއްދޭނެ ޖާގަ އެބައޮތެވެ.

ބަކާ އަކީ އިދިކޮޅު ޓީމުގެ މެދުތެރޭގެ ބޯލްޓްތައް ނައްޓާލައި، ކުޅުންގަނޑު ރޫޅާލަން މި ސަރަހައްދުގައި ވެސް ނެތް ފަދަ ކުޅުންތެރިއެއްގެ ގޮތުގައި ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. އީރާން ފަދަ ޓީމުތަކާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އިސްކޮޅާއި، ފިޒީކަށް ބަލާއިރު ވެސް އޭނާ އަކީ އޭޝިއާގެ ވަރުގަދަ ޓީމުތަކާ ރަނގަޅު ފައިޓެއް ދެވޭނެ ކުޅުންތެރިއެކެވެ. އެއީ މާޒީ ކަމަށް ބަލަމާ ހިނގާށެވެ.

މި ސީޒަނުގައި ދައްކާ ކުޅުމަށް އެކަނި ބެލިޔަސް ބަކާ އަށް ފުރުސަތު ހައްގު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މި ސީޒަނުގައި އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގައި ބަކާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަށް ބަދަލުވެ އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރުކޮށް ރަނގަޅު ކުޅުމެއް އަންނަނީ ދައްކަމުންނެވެ.

ބަކާ އަކީ ބޮކްސް-ޓު-ބޮކްސް މިޑްފީލްޑަރެއް ނޫނެވެ. އެކަމަކު އޭނާއާ އެކު ހަރަކާތްތެރި ދެ މިޑްފީލްޑަރަކު ތިބެއްޖެ ނަމަ އެ ދެ ކުޅުންތެރިންނަށް ކުރިއަށް އަރައި ފަހަތަށް ޖެހެން ބަކާގެ ސަބަބުން ފުރުސަތު ލިބޭނެ އެވެ. އޭނާ އަކީ ޑިފެންސް ލައިން ކުރިމަތިން، އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވައި އަދި ޕްރެޝަރު ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅުތަނަށް ޕާސް ޖަހާ ކުޅުންތެރިއެކެވެ. އެހެންވެ އޮމާނާ ދެކޮޅަށް ޑިފެންސިވް ގޭމެއް ރޭވިއިރު ބަކާ ފަދަ ތަޖުރިބާކާރު މިޑްފީލްޑަރަކު، އަކްރަމް އަބްދުލްގަނީ އާއި އަސްހަދު އަލީ (އަޑުބަރޭ) ނުވަތަ މުހައްމަދު އުމެއިރާ އެކު އެރުވި ނަމަ ތަފާތު ފެނުނީސް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ވިކްޓަރީގައި ބަކާ އަށް ކޯޗުކޮށްދިން އަލީ ސުޒޭން ބުނި ގޮތުގައި އޭނާގެ ހިތުގައި އުފެދިވާ ހަމައެކަނި ސުވާލަކީ "ބަކާ ގައުމީ ޓީމަށް ނުނެގީ ކީއްވެތޯ؟" ކަމަށެވެ.

"އޭގެ އެކްސްޕްލެނޭޝަނެއް ދެވިދާނެތޯ؟ ސްކޯއެއް ވެސް ނޫން ސުވާލަކީ. މި ލެވެލުގައި ރާއްޖެ ކުޅުނު އިރު، މާލޭ ލީގުގައި އެންމެ މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑް ކުޅުންތެރިއާ ނުނެގީ ކީއްވެތޯ އެއީ ހަމައެކަނި ސުވާލު. އަޅުގަނޑުގެ ހަމައެކަނި ސުވާލަކީ ބަކާ އަށް ފުރުސަތު ނުދިނީ ކީއްވެތޯ؟ އޭގެ ޖަވާބު ލިބުމުން ދެން އެނގޭނެ ވީގޮތެއް،" ސުޒޭން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުން މިދިޔަ އަހަރު ކުޅުނު ހާއްސަ މެޗުގެ ޕްރެކްޓިހުގައި ބަކާ (މ) ބައިވެރިވަނީ: ހުނަރުވެރި މި ކުޅުންތެރިއާ އަށް ގައުމީ ޓީމުން އެންމެ ފަހުން ފުރުސަތު ލިބުނީ ދައްކާލުމުގެ މެޗަކުން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ބަކާގެ ކުޅުން ދަށްވި ދުވަސްކޮޅެއް ވެސް ދިޔަ އެވެ. އެކަމަކު ޔަގީނުން ވެސް މި އަހަރު އޭނާ ތަފާތެވެ. އެ ތަފާތާއި އޭނާގެ ތަޖުރިބާ ގައުމީ ޓީމުގައި ބޭނުންކުރެވިއްޖެ ނަމަ އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހާއްސަކޮށް އޮމާނާއި ފަލަސްތީން ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހާއްސަކޮށް ރާއްޖެ ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެ ވަރަށް ޑިފެންސަށް އިސްކަންދީގެން ކުޅުނުއިރު އެވަރަށް ގޯލް ވަނުމަކީ ސުވާލެކެވެ. ގޯލްކީޕަރު މުހައްމަދު ފައިސަލަށް ގޯސްތަކެއް ހެދުނެވެ. އެކަމަކު ޑިފެންސާ ހަމައަށް ގިނަ ބޯޅަތަކެއް އަންނާނީ މެދުތެރެއިން ފުރޭނިގެންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އަކްރަމް ބޭލުމަށް ފަހު ކޯޗު އެރުވީ ޑިފެންޑަރެކެވެ. ބެންޗުން އަރާ ކުޅެން ވެސް ބަކާ އަށް ފުރުސަތެއް ނެތެވެ. ގައުމީ ޓީމުގެ މިހާރުގެ ފެންވަރާއި މި ކުޅުންތެރިން މި ސީޒަނުގައި ކުޅެފައިވާ ފެންވަރާއި ވާދަކުރަން ޖެހޭ ޓީމުތަކުގެ ފެންވަރަށް ބަލާއިރު ޔަގީނުން ވެސް ބަކާ އަށް މުހިއްމު ދައުރެއް އަދާކުރެވޭނެ އެވެ.

ބަކާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެން ފެށީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އޭރުގެ ކޯޗު ރިކީ ހާބަޓަށް ފާޑުކީ ފަހުންނެވެ. މިހާރު ފުރުސަތު ނުލިބުމާ އެކަމާ ގުޅުމެއް އޮތް ކަމެއް ނޭގެ އެވެ.

ބަކާ ބުނީ އޭނާ އަށް ފުރުސަތު ނުލިބެނީ އެވަރަށް ނުކުޅެވޭތީ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޓީމަށް ނަގާ ވަރުގެ ކުޅުމެއް ނުދެއްކެނީ ކަމަށް. އެވަރަށް ކުޅޭ ނަމަ ނަގާނެ ކަމަށް ދެކެނީ،" އުމުރުން 31 އަހަރުގެ ބަކާ ބުންޏެވެ.

ގޮތް ނޭގޭ ގޮތަކަށް ރިލްވާން ވަހީދު (ރިލޭ) އަށް ވެސް ގައުމީ ޓީމުން ފުރުސަތު ނުލިބި ދިޔަ އެވެ. އެކަމަކު މި ފަހަރު އޭނާ އަށް ޖާގަ ދިނެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ހުނަރުވެރި ވިންގާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ސީޒަނުގެ ކުރީކޮޅު ފުރުސަތު ދިނެވެ. އެކަމަކު ރަނގަޅަށް ހޭނި، ކުރިއަށް ވުރެ މޮޅަށް ކުޅެން ފެށި ފަހުން ފުރުސަތެއް ނުލިބެ އެވެ.

25 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 27%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެފްއޭއެމް

10 September 2017

ގައުމީ ޓީމުގަ އުމޭރަށް ކިތަންމެ ނުކުޅެވުނަސް އޭނަ ފުލް ޓީމްގަ ހިމަނާތީ ހައިރާންވޭ! މިވީ ދެތިން އަހަރެއްތެރޭ ތަކުރާރުކޮށް އެމަންޒަރު ފެނޭ.. އީސަ ފޯމްގަ ހުންނަ އިރުވެސް ހަމަ އެ އުމޭރު..މީ ހަމަ ކޮންމެހެން ވެސް އަރުވަން ޖެހޭ މީހއެއްބާ؟؟ ބަކާ އާ ޖައްސާލި ގޮތަށް ހަލާކުކޮށްލަނީ އެ... ރަނގަޅަށް ކުޅޭ ކުޅުންތެރިން އެބަ ޖެހޭ އަރުވަން..

The name is already taken The name is available. Register?

ދެންދޯ1،

07 September 2017

އަޅުގމޑު ކމެޗްކުޅުމުގެ ކުރިންވެސް ބުނިން މީހަމަހުރެފަ ބުނާ ވާހަކައެއްނޫނޭ ! السلام عليكم ورحمة الله ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، އަޅުގަނޑު ބެލިގޮތުގަ ތި ޣައުމީޓީމައް ކުޅުންތެރިން ނަގާފަތިބި ކުޅުންތެރިން ނަގާއިރު ބަލަންޖެހޭނެ ކަންތައްތަކެއް ހުރޭ ހުންނާނެ އެކަމަކު މިދިވެހިރާއްޖެއަކު ހިޔެއްނުވޭ އެކަންތައްތަކައް ބަލާފަހުންނަހެނެއް ނުވަތަ ބަލާފަ ނަގާހެނެތް މިވެސް ހަމަ ހުރެފަބުނާ ވާހަކައެއްނޫން ، ޣައުމީޓީމް ގިނަކުޅުންތެރިން ކާރީގަ ވަކި ވަކިން އަހާލަބަލަ ފުރަތަމަކުރަން ޖެހޭ ކަން ތައްތަކައް ކިހާވަރަކައް އިސްކަން ދެވޭތޯ އެކަން ކިހާވަރަކަށް ކުރަންތޯ ، ކުޅެގެންތިލިބޭ ފައިސާއިން ރަންގަޅު ގޮތުގަ ބޭނުން ކުރަންތޯ ؟ އަދި އެހެނި ހެން ކަންތަތައްވެސް އަޅުގަނޑު މިބުނަނީ ކީކޭކަން ތެދުޖަވާބު ދީފިނަމަ މީހަމަ %100 ޔަގީންކަމެއް ، ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް ނޭދެން އެއްވެސް ބަަޔަކައް ނުވަތަ އެއްވެސް އިންސާނަަކައްވެސް ، إن شاء الله ، أمين ،،،،،!.

The name is already taken The name is available. Register?

1323

07 September 2017

https://mihaaru.com/local_sports/22027

The name is already taken The name is available. Register?

ހިތާމަ

06 September 2017

މި ފޮޓޯ އިން ފެންނަ އަންމަޓީ އަދިވެސް މާ ރަނގަޅުވާނެ އެޕޮޒިޝަނަށް، ކޮންފިޑެންސް އާއެކު ޑްރިބްލް ކުރާ އަދި ޕްރެޝަރގަ ރަނަގަޅަށް ޕާސް ދޭން ނޭގޭނަމަ ކީއް ކުރާނީ ... މިހާރު އޮތް ސްކޮޑްގަ ކަމުދާ މަދުމީހަކު ނޫނީ ނެތް ... އަރިމަތިން ފަހަތަށް ކުޅޭ 2 މީހުންގެ އެޓޭކް ވަރުގަދަ ވާ ވަރަކަށް އެޓޭކް ވަރުގަދަ ވާނީ ... މިހާރު އެޕޮޒިޝަން ތަކުގަ ތިބީ ހަމަ އެކަނި ޑިފެންސް ކުރާ ބަޔެއް ... އަދި ކުރިން ވިންގް އަށް ކުޅޭ ކުޅުން ތެރިން ޓީމް އެޓޭކްއަށް އެރެން ދެން ބޯޅަހިފަހައްޓާ ނުލެވޭނަމަ ކީއް ކުރާނީ ... ބަލިވުން މައްސަލައެއް ނޫން ... ޅަކުދިންތަކެއްހެން ބޯޅަފަހަތުން ދުވެދުވެފަ ރަށަށް އައީމަ ވަރަށް ހަޑި ... ސްލޯއަކަސް ބޯބަހައްޓައިގެން ކުޅޭ ކުޅުންތެރިންނަށް އިސްކަން ދޭންވެއްޖެ ... އަދި ސްކޮޑް ނަގާއިރު ބޯލްސްކިލްސް އަށް ބެލުމަށް ވުރެ ބޮޑަށް ބަލަނީ އިދި ކޮޅު ކުޅުންތެރިން ހަލާކު ކުރާ ކަހަލަ ކުޅުން ތެރިންނަށް ހެން ހީވަނީ ... އަބަދުވެސް އެދެނީ ދިވެިހ ފުޓްބޯޅައަށް ކާމިޔާބު ...

The name is already taken The name is available. Register?

ޙދހހ

06 September 2017

ދެން މައްސަލަ ވަރަށްސާފު ބަކާ މާލޭ ދަފުތަރުގަ ޖެއްސީމަ އޯކޭވާނެ

The name is already taken The name is available. Register?

މަރީނު

06 September 2017

ވަރަށް ލަދުގަތް ހުވާ އެމެޗުބަލާފަ، ކޮބާ ސާފް ޗެމްޕިއަންޝިޕުކުޅުނު ކިޅުންތެރިން އުގެނި އެއްޗަކީ؟ ޓީމްގައި އަދިވެސް އެބަތިބި އެކުޅުންތެރިން، އެކަމަކު ހީވަނީ މީ އަލަށް ފުޓްބޯޅަ ކުޅެން އުޅޭ ބައެއްހެން.. އެފްއޭއެމް އަށް މަޖްލިސްގައި ތިބޭ މޮނިއުމެންޓުން ލައިގެންގޮސް ތަން މާބޮޑަށް ސިޔާސީ ވެއްޖެ.. ތި ކުޅޭ ސިސްޓަމް ބަދަލުކޮށް ރަގަޅަށް ކުޅެވޭނެ ޒަމާނެއް އަންނާނެބާ؟ ވަރަށް ޒިންމާދާރުކުޑަ ކުޅުމެއް ފެނިގެންދިޔައީ، ތިއަށްވުރެން ރަގަޅު އަންހެން ޓީމުވެސް..ބަކާވެސް ޓީމަށް ނެގީކީނޫން.. ސަމޫހު އިނީ ބެންޗްގައި، ހަމްޒާ އެރުވީ ނިމެން 10 މިނުުޓަށްވީމަ، ޓިކެޓް ނަގައިގެން މެޗުބަލަންގޮސް ދަނޑުގައި އިނަސް ނުވާނެ، ކޯޗަކަށް ސުޒޭނު ގެންދަން މަށަށްފެނޭ، މާރަގަޅުވާނެ، އޭނަޔަށް އިގޭނެ ކުޅުންތެރިން ވަރަށް ރަގަޅަށް... މިކަމާ އެފްއޭއެމް ވަރަށް ފުންކޮށް ވިސްނާނެ ކަމަށް އުންމީދުކުރަން

The name is already taken The name is available. Register?

ޢަބުދުﷲ

06 September 2017

މައްސަލަ ވަރައްސާފު. ނިސްބަތްވާ އަތޮޅު. ކިތަންމެ މޮޅައް ކުޅުނަސް ޕޮލިޓިކަލީ ނުކުޅެދެނީ.

The name is already taken The name is available. Register?

ދިވެހި ފުޓުބޯޅަ

06 September 2017

ތި ބަކާމެން ތިއްބަ ހުރިހާ ބުރެއްގެ ގަދަ 5 ގަ ހިމެނޭ ކުޅުންތެރި އެއް މާޒިޔާގެ އިރުފާން އަކީ . ކީއްވެބާ އޭނަ ބެންޗުގަ ބައިންދާފަ މެދެތެރެ އެހާ ދަށް ކޮށް ދިޔަ އިރުވެސް އިރުފާން މެން ކަހަލަ ކުޅުންތެރިންނަށް ޗާންސް ނުދެނީ.. ޒުވާންވީމަ އޭނަގެ ވާހަކަ އެތް އެއްވެސް މީހަކު ނުދަށް ކަނީ ..

The name is already taken The name is available. Register?

ދިވެހި

06 September 2017

ގައުމީ ޓީމުން އިސްމައިލް އީސާ (މެސީ) އަށް ނުުކުޅެވޭ ދުވަސްކޮޅެއް ވިޔަސް އޭނާއަށް ފުރުސަތު ދޭން ޖެހޭ. އަޝްފާަގަށް ނުކުޅެވުނަސް އަޝްފާގް ދަނޑު މަތީ ބަަހައްޓަން ޖެހޭ. މޫނަށް ކަނދުރާއަކަށް، ކޮއްކޮއެއް ބޭބެއެއް ބެލުމެއް ނެތި މުޅި ރާއްޖެއިން މޮޅަށް ކުޅޭ ކުދިން ހޮވައިގެން ޓީމް ތައްޔާރު ކުރަންވީ. އެކި އެކި ސަބަބުތަކާއި ހެދި މާލެގައި މަޑުކުރެވެން ނެތް މޮޅަށް ކުޅޭ ކުދިން އެބައުޅޭ ރާއްޖޭގެ އެކި ހިސާބުތަކުގައ. ކޮންމެހެން އެއްވަަނަ ޑިވިޝަން ޓީމްތަކުން އެކަނި ޓީމް ނެގުމުގެ ބަދަލުގައި ރާއްޖޭގެ އަތޮޅުތަކަށް ގޮސް ސިލެކްޝަން ޕްރޮގްރާމް ހިންގައިގެން. ރަގަޅު ހުނަރުވެރި ކުޅުންތެރިން ހޯދޭނެ. ގައުމީ ޓީމުގައ ހިމެނޭ މުއްދަތުގައި އިތުރު ވަޒީފާ އަދާ ކުރަމުން ކުޅޭ ކުޅުންތެރިން ރާއްޖޭގައި ތިބީ. ދުނިޔޭގެ ބަޔެއް ގައުމުތަކުގައި ގައުމީ ޓީމުގައި ހިމެނޭ މުއްދަތުގައި ފުޓްބޯޅަ ކުޅުމަކީ އެމީހުންގެ ވަޒީފާ. އެެހެން ކަމުން މެޗުގައި ހުންނަ އިރު އިންޖަރީ ވެއްޖެއްޔާމުން އޮފީހަށް ނުދެވިދާތީ ވިސްނާކަށް ނުޖެހޭެނެ

The name is already taken The name is available. Register?

ހަސަނާ

06 September 2017

އަޝްފާގަކަށް އެއް އިރަކުވެސް ނުކުޅެވިއެއް ނުހުންނާނެ. ރެސްޕެކްޓް އަދި ނޭނގޭ ވާހަކަ ނުދައްކާ

The name is already taken The name is available. Register?

ހހހހހހހހހހހހހހހހހހހހހހހހހހހހހ

06 September 2017

އަޅުގަނޑު ހަމަ ހައިރާންވެ އަންތަރީސްވެއްޖެ. އަދި އެހާމެ ދެރަވެސް ވި މިއިން ދުވަހަކުވެސް ރާއްޖޭގެ ޤައުމީ ޓީމު ނުދައްކާހާ ދައް އާދައިގެ ކުޅުމެއް ރޭގައި ފެނިގެން ދިޔައީ. ހީވަނީ މެޗު ފެށިއިރުވެސް ޕްރެކްޓިސް މެޗެއް ކުޅެލަން އަރާތިބި ބަޔެއްހެން. އެމީހަކާ އެމީހެއް ފަހަތަށް 8 ކުޅުންތެރިން ލައިގެން ޑިފެންސިވް ފޯމޭޝަން އަކަށް ކުޅުވުމަކީ މިޒަމާނުގައި ކުރާކަމެއް ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން ބޫޓާންވެސް ނުކުޅޭނެ އެގޮތަކަށް. ސައުތު އޭޝިޔާގެ ހުރިހައި ޤައުމެއް ރާސް ލާފައި ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނައިރު ރާއްޖެ މިދަނީ ފަތުއަޑު ކިޔާފަ ފުނޑެމުން. ނޭޕާލް ، އަފްޤާނިސްތާން ، ބޫޓާން މީ ކުރިން ރާއްޖެ ކުރިމަތީގައި ކުޑަ ކަކޫ ޖަހައިގެން ކުޅެންޖެހޭ ޤައުމުތައް . ނަމަވެސް މިހާރު ބޫޓާން އަތުންވެސް މޮޅުވެވެނީ މަރުފަލި ޖަހައިގެން . އެފްއޭއެމް އިން މިކަމާ ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަން އެބަޖެހޭ . އަޅުގަނޑުމެން ރައްޔިތުންގެ ހަޒާނާއިން ފައިސާ ދެނީ ވަރަށްވެސް ފޮނި ހުވަފެންތަކެއް ދެކޭތީ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454