ހުޅުމާލޭގައި އިއްޔެ ހުޅުވި ފެންޓަސީ އެކްސްޕްރެސް. - ފޮޓޯ: އެޗްޑީސީ
10 ސެޕްޓެމްބަރ 2017 - 21:13
ހުޅުމާލޭގައި ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގެ ސުޕަމާޓެއް އިއްޔެ ހުޅުވައިފި އެވެ.
"ފެންޓަސީ އެކްސްޕްރެސް" ނަމުގައި މި ސުޕަމާޓް ހުޅުވީ ހުޅުމާލެ ސެންތްރޯ މޯލްގަ އެވެ.
މާލޭގައި ހުންނަ ފެންޓަސީ ސްޓޯރުން ލިބެން ހުންނަ ތަކެތި ހުޅުމާލޭގެ ފެންޓަސީ ސުޕަމާޓުން ވެސް ލިބެން ހުންނާނެ ކަމަށް ވެސް ފެންޓަސީން ބުންޏެވެ.
ހުޅުމާލޭގައި އިއްޔެ ހުޅުވި ފެންޓަސީ އެކްސްޕްރެސް. - ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓަމުން އަންނަ އެޗްޑީސީން އިން ބުނީ ފެންޓަސީ އެކްސްޕްރެސްގެ އިތުރުން ސެންތްރޯ މޯލް އިން ތަފާތު އެކިއެކި ހިދުމަތްތައް ލިބޭ ތަންތަން ހުޅުވާފައިވާ ކަމަށެވެ.
ސެންތްރޯ ޝޮޕިން މޯލް އަކީ ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ. އެތަނުގައި ސުޕަ މާކެޓަކާއި ގޭތެރެއަށް ބޭނުންވާ ސާމާނާއި އަންނައުނާއި އިލެކްޓްރޯނިކްސް އަދި ސެލޫނާއި ރެސްޓޯރަންޓާއި ބޭކަރީ ފަދަ ފިހާރަތައް ހިމެނެ އެވެ.
މީގެ އިތުރުން ބޭންކިންގެ ހިދުމަތް ދިނުމަށް އިސްލާމިކް ބޭންކުގެ ބްރާންޗަކާއި ޑެންޓަލް ކްލިނިކެއް ވެސް ސެންތްރޯ މޯލްގައި ވަނީ ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލިމީ
12 September 2017
ހުޅުމާލޭން ޔޫރަޕިއަން ފުޑް ލިބޭނެ ގޮތެއް ވީކަމީ އުފާކުރާ ކަމެއް. ހުރިހާކަމެއް ފުރިހަމަ ނުވިޔަސް ތިތަން ހުލުވުނު ކަމަށްޓަކައި ތިތާގެ ވެރިންނަށް ޝުކުރިއްޔާ
ދާއޫދު
11 September 2017
އަހަރެމެން ގެސްހައުސްތަކަށް ލިބުނު ލުޔެއްތިޔައީ ވަރަށް އުފާވެއްޖެ، ގެސްޓުންނަށް ފެންފަރު ރަގަޅު ޗީސްކޮޅެއް ، މޮޅު އޮސްޓްރޭލިޔާ ބީފްކޮޅެއް ހުޅުމާލޭން ހޯދަން ވެއްޖެއްޔާ ސަހަރޯ ހީވޭ ، ފެރީއަށް ލައިގެން މާލޭން ގެންނައިރު ހުންނަނީ ވާނެއެއްޗެއް ވެފަ ،