ޒާހިލް ބެންކޮކްގެ ހޮސްޕިޓަލުގައި: އޭނާގެ ހާލު ސީރިއަސް
27 ސެޕްޓެމްބަރ 2017 - 12:06
އިންފެކްޝަނެއްގެ ސަބަބުން ނުކެވި ގިނަ އަހަރުތަކެއް ވެފައިވާ އިބްރާހިމް ޒާހިލަށް އިންޑިއާގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށާއި އޭނާ މިހާރު ހީވަނީ އަށް އަހަރުގެ ކުޑަކުއްޖެއްހެން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
މި އަހަރު 18 އަހަރު ފުރުނު ޒާހިލަށް، އެއްޗެއް ނުކެވޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ބަނޑަށް ހޮޅިއެއް ލައްވައިގެން، ހަމައެކަނި ދިޔާ އެއްޗެހި ދެމުން އަންނަ އިރު، ހާލު ސީރިއަސްވެގެން މިދިޔަ މަހު އިންޑިއާ އަށް ގެންދިޔަ އިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 16 ކިލޯ އެވެ.
"ޒާހިލް ހަމައެކަނި ނޭވާލާކަން. އެއްވެސް ހަރަކާތެއް ނުކުރޭ. އަޅުގަނޑަށް އޭނާ ސިފަ ކުރެވެނީ އަށް އަހަރުގެ ކުޑަކުއްޖެއްގެ ގޮތަށް،" މެޝިނުގެ އެހީގައި ނޭވާލަމުން އަންނަ ޒާހިލާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާގެ ދެބެންގެ ދެ ދަރި ބޭބެ، އަރީފް މުހައްމަދު ބުންޏެވެ.
"މެޝިނުން ނަގާއިރަށް އޭނާގެ ނޭވާ ހުއްޓޭނެ،"
ޒާހިލްގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށް ކުރިން އާއިލާ އިން ބުނި ނަމަވެސް، އަރީފް ބުނީ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ޒާހިލްގެ ހާލު މާ ބޮޑަށް ދަށަށް ދިޔުމުން، ޑޮކްޓަރުން ލަފާކުރި ގޮތެއް ކަމަށެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ޒާހިލަށް ފަރުވާ ދެމުން އަންނަ އިރު، މީހުން ވަކި ކުރަން އޭނާ އަށް އެނގޭ ކަމަށް އަރީފް ބުންޏެވެ.
"މަންމަ އާއި ބައްޕަ ނުވަތަ އަޅުގަނޑުމެން ކޮންމެ މީހަކު އައިސީޔޫ އަށް ވަދެފަ ނިކުންނަ އިރު ޒާހިލު ރޯނެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފަށާނެ. އެހެންވެ އެނގޭ އޭނާ އަށް އަޅުގަނޑުމެން ވަކިކުރަން އެނގޭކަން،" އަރީފް ބުންޏެވެ.
އޭނާ ބުނީ ޒާހިލުގެ ހާލަތާ މެދު ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާކަން ނުގޮތަކަށް އެ މީހުން ބުނި ނަމަވެސް، އާއިލާ އިން އުއްމީދު ކަނޑާނުލާ ކަމަށެވެ. އަދި ޒާހިލްގެ ހާލު ރަނގަޅުވަންދެން އާއިލާ އިން އޭނާ އަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރާނެ ކަމަށް އަރީފް ބުންޏެވެ.
އެހެން ހޮސްޕިޓަލަކަށް ޒާހިލް ގެންދެވޭތޯ އާއިލާ އިން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުން އެކަން ކުރެވޭ ގޮތެއް ނުވެ އެވެ.
ޒާހިލަށް ނިއުމޯނިއާ ވެސް ޖެހިފައިވާ އިރު، އެ ބަލި ވެސް ކޮންޓްރޯލެއް ނުކުރެވެ އެވެ.
އަރީފް ބުނީ ނިއުމޯނިއާ ކޮންޓްރޯލް ކުރެވެން އޮތީ ޒާހިލްގެ ގޮހޮރަށް ގުޅާފައިވާ ހޮޅީގައި އިން ލޯވަޅެއް ބެއްދުމަށް އޮޕަރޭޝަނެއް ކޮށްގެން ކަމަށާއި އެކަމަކު އެ އޮޕަރޭޝަން ކުރޭވޭނީ ވެސް އޭނާ ވެންޓިލޭޓަރުން ނަގައިގެން ކަމަށެވެ.
"އެކަމަކު ވެންޓިލޭޓަރުން ނަގައިފިނަމަ އޭނާއަކަށް ނޭވާއެއް ނުލެވޭނެ. ދެން އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ އޭނާ އަމިއްލައަށް ނޭވާލެވޭނެ އިރަކަށް،" ކޮއްކޮ އަށް ހެޔޮ ދުއާ ކޮށްދެން އެދި އަރީފް ބުންޏެވެ.
ޒާހިލަށް ވަރަށް ގިނަ ދިވެހިން ފައިސާގެ ގޮތުން އެހީވުމުން ބޭރުގެ އެކި ހޮސްޕިޓަލްތަކުން ފަރުވާކޮށްގެން ވެސް ވަނީ ރަނގަޅު ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާިއައިޝް
29 September 2017
މާތްﷲ ޒާހިލްއަށް އަވަސް ޝިފާއެއް ދެއްވާންދޭއެވެ. ޢިރާދަކުރެއްވިއްޔާ ޒާހިލްގެ ބަލި ފަސޭހަވެގެން އެނބުރި ރާއްޖެއަށް އަންނާނެ، އަހަރެންމެ ދުޢާއަކީވެސް އެއީ. 015
މުހައްމަދު80
28 September 2017
އަވަސް ޝިފާއެއް ދެއްވާށި. އާމީން.
ކުރިން ރުޤްޔާ ކުރިނަމަ
28 September 2017
ބަލި ވީ ސަބަބު ޑޮކުޓަރުންނަށް ރަނގަޅު ނުކުރެވިއަޖެއްޔާ އެޔޮތީ ރުޤްޔާ. ޤުރުއާނަކީ ސިފާއެއް
އިބޫ
27 September 2017
ޒާހިލް އަށް އަވަސް ޝިފާ މިންވަރު ކުރައްވާށި...އާމީން
ދިވެއްސެއް
28 September 2017
އާމީން.
ޙުސޭން
27 September 2017
މާތްﷲ ޒާހިލްއަށް އަވަސް ޝިފާއެއް ދެއްވާންދޭއެވެ. ޢިރާދަކުރެއްވިއްޔާ ޒާހިލްގެ ބަލި ފަސޭހަވެގެން އެނބުރި ރާއްޖެއަށް އަންނާނެ، އަހަރެންމެ ދުޢާއަކީވެސް އެއީ.
އަޙްމަދު އިބުރާހީމް
28 September 2017
މާތްﷲ ޒާހިލްއަށް އަވަސް ޝިފާއެއް ދެއްވާންދޭއެވެ. ޢިރާދަކުރެއްވިއްޔާ ޒާހިލްގެ ބަލި ފަސޭހަވެގެން އެނބުރި ރާއްޖެއަށް އަންނާނެ، އަހަރެންމެ ދުޢާއަކީވެސް އެއީ.
ޙަބީ
27 September 2017
ޒާހިލްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާން ދޭވެ. އާމީން
މަރީނު
27 September 2017
އަވަސް ޝިފާއަކަށް އެދި ދުވާކުރަން
މަނަދޫ މީހާ
27 September 2017
މާތްﷲ ޒާހިލްއަށް އަވަސް ޝިފާއެއް ދެއްވާންދޭއެވެ. އާމީން
އަޝްގާ
27 September 2017
ޒާހިލް އަށް އަވަސް ޝިފާއެއް ދެއްވުން އެދި ﷲގެ ޙަޝްރަތުގައި ދުޢާކުރަން..މިއަދު ޒާހިލްގެ އާއިލާއިން ކުރާ ހިތާމައިގައި ބައިވެރިވެ އާއިލާއަށާއޮ ޒާހިލްއަށް ކެތްތެރިކަން ދެއްވުންއެދި ދުއާކުރަން..
ސދފގދސފ
27 September 2017
މާތްﷲ ޒާހިލްއަށް އަވަސް ޝިފާއެއް ދެއްވާންދޭއެވެ. އާމީން