ވިޔަފާރި / އެމްޓީސީސީ

އެމްޓީސީސީން ހިއްސާ ވިއްކައިގެން 305 މިލިއަން ރުފިޔާ ހޯދަނީ

އެމްޓީސީސީން ހިއްސާދާރުންނަށް އަލުން ހިއްސާ ވިއްކަން ފެށުމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒް އާއި ކުންފުނީގެ އިސްވެރިން ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކައިގެން 305 މިލިއަން ރުފިޔާ ހޯދަން ނިންމައިިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ހިއްސާ ވިއްކުމުގެ ފުރުސަތު އަލުން ހުޅުވާލީ މިރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ މިފަހަރު ހިއްސާ ވިއްކަނީ ހަމައެކަނި އެ ކުންފުނީގެ ހިއްސާދާރުންނަށް ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ހިއްސާދާރަކު ފުރުސަތު ދީފިނަމަ އެހެން މީހަކަށް ވެސް އެ ހިއްސާ ގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަންކުރާ މަގުސަދަކީ ކުންފުނިން ޗައިނާގައި ހޮލެންޑް ކުންފުންޏެއް މެެދުވެރިކޮށް ޑްރެޖަރަށް ބަނދެފައި. އެ ޑްރެޖަރު އަންނަ އޮކްޓޯބަރު މަހު އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އެ ޑްރެޖަރު ގަންނަން ސަރުކާރުން 11 މިލިއަން ޑޮލަރު ލޯނެެއް ދީފައިވާ ކަމަށެވެ. އަދި ފަހުން އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފުރުސަތު ސަރުކާރަށް ދޭ ނަމަ އެހެން ހިއްސާދާރުންނަށް ވެސް ދޭން ޖެހޭނެ. މި ޑްރެޖަރު ގެނެސް އޭގެ ހިދުމަތް ފެށުމުން އޭގެ ފައިދާ ކުންފުންޏަށާއި ހިއްސާދާރުންނަށް ކުރާނެ،" ނިޔާޒް ވިދާޅުވި އެވެ.

އެމްޓީސީސީން ހިއްސާދާރުންނަށް އަލުން ހިއްސާ ވިއްކަން ފެށުމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒް (މ) އާއި ކުންފުނީގެ އިސްވެރިން ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ އެ އަދަދަށް ހިއްސާ ނުވިކިއްޖެ ނަމަ ޓްރާންސްފާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އުއްމީދުކުރަނީ އެ އަދަދަށް ހިއްސާ ވިކުން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

"އެ އަދަދުގެ ބޮޑު ބައެއް މިއޮތީ ލިބިފައި. ސަރުކާރުގެ އިކުއިޓީ ލިބިފައި އޮތީމަ އޭގެ ބޮޑު ލިބިފައިވާ ކަމަށް ބެލެވެނީ. މުޅި ރާއްޖޭގައި މި ހިއްސާ ވިއްކުމުގެ ހަރަކާތްތައް ކުރިޔަށްދާނެ،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މިފަހަރު ވިއްކާ ހިއްސާގެ މައުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވިއްޖެ ނަމަ އެ އަދަދަށް ހިއްސާ ވިކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ޓާގެޓަށް ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން މިފަހަރު ނިންމާފައި ވަނީ ޖުމްލަ ފަސް މިލިއަން ހިއްސާ ވިއްކާ ގޮތަށެވެ. އަދި އެ އަދަދަށް ހިއްސާ ވިކިއްޖެ ނަމަ ޖުމްލަ 305 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކުމަށް ނިންމާފައި ވަނީ 62ރ.ގެ ރޭޓުންނެވެ.

އެމްޓީސީސީގެ ހިއްސާދާރުންނަށް އަލުން ހިއްސާ ވިއްކަން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19ން ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ހިއްސާގަތުމުގެ ފުރުސަތު ލިބެނީ އަންނަ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ދަފުތަރުކުރެވިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ އަލުން ހިއްސާ ސަބަބަކީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ގަނެފައިވާ "މަހާ ޖައްރާފު" އަށް ފައިސާ ދެއްކުމަށާއި އެ ޑްރެޖަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެހެނިހެން އާލަތްތައް ގަނެ މަޝްރޫއުތައް ފަށައިގަތުމަށް ކަމަށެވެ.

ކުންފުނިން ބުނީ ހިއްސާދާރުންގެ ދަފުތަރުގައި 22،000 ހިއްސާދާރުން އެބަތިބި ކަމަށެވެ.

އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ ޑްރެޖަރު (މަހާ ޖައްރާފް) އިއްޔެ ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ނެދަލެންޑްސްގައި ބޭއްވި ހަފްލާއެއްގައި އެ ޑްރެޖަރާ ހަވާލުވެ ވަޑައިގަތީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

އެމްޓީސީސީން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ޗެއާމަން ވިދާޅުވީ ޑްރެޖަރު ރާއްޖެ އައުމާއެކު ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެ ޑްރެޖަކީ ރާއްޖޭގެ ގިނަ މަޝްރޫއުތަކުގައި ބޭނުންކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

39 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 11%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުޓޮކު

01 October 2017

މިހާރަކު ތިޔަގަންނާނެ މީހަކު ނުހުންނާނެ! ކުންފުނި ތަކުގެ ކޮރަޕްޝަން އާއި ހެދި އިތުބާރު ގެއްލިފަ!

The name is already taken The name is available. Register?

ކަންހުރިމަގު

01 October 2017

22 ހާސް ހިއްސާދާރުންގެތެރެއިން ނިޔާވެފަ11ހާސްމީހުން،ހިއްސާއެއް އޮތްކަން ނޭގޭ 6ހާސް މީހުން،ނިޔާވިމީހުންގެ ހިއްސާބަދަލުނުކުރެވި ކޯޓް ތަކުގައި 2ހާސްމީހިން، ބާކީތިބީ 2 ހާސް މީހުން، މީގެ ތެރެއިން ހިއްސާގަންނަން ބޭނުންވަނީ 1 ހާސް މީހުން، މިއިން ކޮންމެ މީހެއްގެ އަތުގައިވަނީ10ހިއްސާ، ޑިވެލިއު ކުރީމަ ވަނީ ކޮންމެ މީހަކަށްލިބުނީ100 ހިއްސާ، ވީމާ،އެއްކޮށް ވިކިއްޖެނަމަ،ވިކޭނީ ކިތައްހިއްސާ،އަދި ލިބޭނީ ކިހާފައިސާއެއް؟(ހިއްސާއެއްގެ އަގަކީ62/00ރ)

The name is already taken The name is available. Register?

ހަމަހޭ

01 October 2017

އެމްޓީސީސީގެ ތާރީޚްގަވެސް ހިއްސާވިއްކަން ބޭނުންވެގެން ނޫންގޮތަކައް ހިއްސަދާރަކައް އެއްޗެއްދީފައެއްނެތް. ފައިދާނުވިޔަސް ފައިދާވެއްޖޭކިޔާފަ 20ރުފިޔާވެސް ދީފިއްޔާ ބަލާނެކަމެއްނެތް އެއަހަރަކު ހިއްސާވިއްކަން އިއުލާން ކުރާނެ. ކާރިވާން ހެޔޮނުވާނެ.

The name is already taken The name is available. Register?

ޖައްރަފާ

01 October 2017

ހެޔޮނުވާނެ ގަންނާކަށް!

The name is already taken The name is available. Register?

ސަރީ

01 October 2017

ހެޔޮނުވާނެ ކައިރިވާން. ހަނދާން ހުންނަންފެށީއްސުރެ އެމް.ޓީ.ސީ.ސީ ހިއްސާ ގަނެގެންވި ފައިދާއެއްނެތް. ފެންނަ ފެނުމަށްތީ މަހާޖައްރާފު ގަންނަން ޚަރަދުކުރި 40 މިލިޔަނއ ޑޮލަރު ހޯދުމަށް ޖަހާ މަޅިއެއް. މަހާޖައްރާފުތީ އިޤުދިޞޯދީ ނަޒަރަކުން ބަލާއިރު މިހާރުން މިހާރަށް އެއްވެސް ވަރަކަށް ފީސިބަލް އިންވެސްޓްމެންޓެއްނޫން. ރިޔާސީ އިންތިޚާބަށް ފަޅުކޮންނަށް އޯކޭ.

The name is already taken The name is available. Register?

ހޮޓްކިންގ

01 October 2017

ހިއްސާގަތުމަށް ބާރުއަޅާ ރޭޑިއޯއިން ގެނެސްދިން އިސްތިހާރެއްގައި މީހެއް ކައިރީ ބުނޭ ކަންނެލި އޮޑިއެއްގައި އިންޖީނު ނޭޅިގެން އުޅޭތީ ކޮންމެވެސް ކުންފުންޏެއްގެ ހިއްސާދާރަކަށް ވާށޭ. އޭރުން ލިބޭ ހިއްސާގެ ފައިދާއިން އިންޖީނު ގަނެލެވޭނެއޭ. މިހިރީ މީހުން ވާވައްދަން ކުރަން ހެޔޮވާވަރު ކަންތައްތަ. އެބުނާހެން އެމް.ޓީ.ސީ.ސީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިއްސާވިއްކި ކުންފުނި ކަމަށްވީއިރު އެތައް އަހަރެއް ކޮށްފައި ދިއުމުންވެސް ފައިދާއެއް ނުލިބުނު. ކީއްކުރަން ހިއްސާ ގަންނަނީ. މިރާއްޖޭގައި ފަހަށް ފައިސާ ރައްކާކުރިޔަސް ވާކަމެއް ހަރާމް. މިސާލަކަށް ޕެންޝަން ފަންޑުގައި އެބަހުރި ހަތަރު ލައްކަ ރުފިޔާ ޖަމާގައި. އެކަމަކު ވިޔަފާރިއެއް ފަށަން މިއުޅެނީ އެއްލައްކަ ރުފިޔާ ދޭނެ މީހަކުނެތިގެން. ފައިސާ ހުރެމެ ފައިސާއަށް ސަލާން ޖެހިފައި މިއޮތީ. މިހެން ކަންތައް އޮތް ގައުމެއް ނޭނގެ މިދުނިޔެމަތީ އޮތްހެންވެސް. ލިބޭލާރި އަތުގައި ބެހެއްޓުން ނޫންގޮތެއްނެތް.

The name is already taken The name is available. Register?

އިއްބެ

01 October 2017

ހިއްސާވިއްކާވާހަކަ ދައްކާއިރު، ހިއްސާގަންނާނެ މީހަކު އުޅޭތޯބަލާބަލަ. މިނޫނީ ނޫޅޭނެ މައިނޯރިޓީ ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިނުކުރެވޭ ގައުމެއް. ބޯޑުގަ ހަތްމީހުން ތިބޭއިރު ސަރުކާރުން ހަމީހުން ހޮވާފަ، ހަތްވަނަ މީހާއަށް ވެސް ވޯޓުލަނީ ތިމަންނައަކީ ވެސް ހިއްސާދާރެކޭ ކިޔާފަ. އާއްމު ހިއްސާދާރުންނަށް ނޯވޭ އެމީހުންގެ ހިއްސާއަށް ހޮވާ ޑިރެކްޓަރ ހޮވުމުގެ ހައްގުވެސް. ދެން ކީއްކުރަންތޯ ހިއްސާވިއްކަނީ. ހުރިހާ ހިއްސާއެއް ސަރުކާރަށް ގަނެފަ ސަރުކާރުން ހުރިހާ ޑިރެކްޓަރުން ހޮވާފަ، ހުރިހާ ފައިދާ ސޮދަގާތު ފަންޑަށް ޑޮނޭޓް ކޮށްލީމަ ނިމުނީނުން.

The name is already taken The name is available. Register?

ރޮކެޓް ސައިންސް

01 October 2017

މަށަކީވެސް ތިތާގެ ހިއްސާދާރެއް ވީފައިދާއެއް ނެތް. ތި ހިއްސާތަށް ގަންނާނރމީހަކު ލައްވާ ގަނުވާ ޗިޕުޖެހޭނީ އެއްފަހަރު. ވަރަށް ސަލާމް

The name is already taken The name is available. Register?

އަހުމަދުބެ

01 October 2017

ސަރުކާރުގެ މާލީ ހާލަތު ދައްވީމަ ރާއްޖެ އިން ބޭރުން ބޮންޑު ގަންނާނެއެވެ. ރައްޔިތުން އަތުގަ ހުރި ފައިސާ ކޮޅު ހިއްސާ ގަތީމަ ސަރުކާރައް ލިބޭނެއެވެ. ދެން ސިޔާސީ މީހުން ގިނަ ކޮށް އެމީހުންގެ މުސާރަތައް ބޮޑުކުރަނީއެވެ. ރިސޯޓު ތަކުން ރާއްޖެ އަށް ވަންނަ ފައިސާގެ އަދަދު މަނަޓަރީއަށް ވެސް ނޭނގެއެވެ. ބޭނުންގޮތަކަށް ފައިސާ އެތެރެ ކޮށް ބޭރު ކުރެވެއެވެ.

The name is already taken The name is available. Register?

ވިސްނާލީމާ

01 October 2017

އަހަރެންގެ ރުހުން ނެތި، ހަމަ އެކަކުވެސް ދެން އެއްވެސްތާކުން ހިއްސާއެއް ނުގަންނާތި! ހިއްސާއަކީ ރާއްޖޭގާ ވަރަށް ހިތްދަތިކަން ގެނުވާ އެއްޗެއް! އާންމު ރައްޔިތަކު އަދި އެއްވެސް ވަރަކަށް ކުރާވަރުގެ ކަމެއްނޫން މީކީ! އެއްކުރާ ކުޑަފައިސާކޮޅަށް ހިއްސާ ގަތުމުން އެއްކުރި ފައިސާކޮޅުވެސް ބަޔަކާ ހަވާލުކުރެވުނީ! ލިބުނު އެއްޗެއް، ލިބޭނޭ އެއްޗެއް ނެތްތާނގާ، ހިއްސާގަތް އަގުވެސް ނުލިބޭނެ! މިކަން ޔަގީންކޮށްފަ މިހެން މިބުނީ! -އިބްރާހީމް-

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454