ބްރޯޑްކާސްޓަރުންނާ ގުޅޭ ގޮތުން ހެދި ދިރާސާ ކޮމިޝަނުގެ ރައީސް ޝަހީބު މިއަދު ނެރެދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 އޮކްޓޯބަރ 2017 - 16:18
ސަރުކާރުގެ ނުފޫޒާއެކު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މީޑިއާތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅެ، ބިރުދައްކައި އިންޒާރުދޭ މައްސަލަ ދިފާއުކޮށް އެ ކޮމިޝަނުން މިއަދު ވާހަކަ ދައްކައިފި އެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓުކުރުމުގެ ދުވަސް ފާހަގަކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކޮމިޝަނުގެ ގާނޫނީ ޒިންމާއަދާނުކޮށް، މީޑިއާތަކަށް ބިރުދައްކައި އަދަބުދީ ކުރިއެރުމަށް ހުރަސްއެޅޭ ނިންމުންތައް ނިންމަނީ ކީއްވެތޯ "މިހާރު"ން ސުވާލު ދެންނެވުމުން ޝަހީބު ވިދާޅުވީ މީޑިއާތަކުން އެގޮތަށް ތަރުޖަމާކުރި ނަމަވެސް އިންޒާރު ނުދޭ ކަމަށެވެ. މީޑިއާތަކާ ގުޅޭ ގޮތުން ފަހުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީ ވެސް ނަސޭހަތް ކަމަށް ވިދާޅުވި އެވެ.
އެ ކޮމިޝަނަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްކަން ފާހަގަކުރައްވައި ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓަރުންނަށް ނަސޭހަތް އަދި އިންޒާރު ދޭންޖެހޭނީ ވެސް އެ ކޮމިޝަނުން ކަމަށެވެ. މީގެކުރިން، ބްރޯޑްކާސްޓަރުންނަށް އެހެން ދާއިރާތަކުން އިންޒާރު ދީފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަންނަވަނީ އެ ބޭފުޅުން އިންޒާރު ނުދެއްވާށޭ، ބްރޯޑްކާސްޓަރުންނަށް. އަޅުގަނޑުމެންނޭ ނަސޭހަތްދޭނީ، އެއީ އަޅުގަނޑުމެންގެ ބައެކޭ. އެހެންވީމާ އަޅުގަނޑުމެން ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވަމުން މިދަނީ ތިބޭފުޅުން މިވެނި ހިސާބަކަށް، ރަތާ ހަމައަށް މިދަނީއޭ އެ ހިސާބަށް ނާރާށޭ. އެ ހިސާބަށް އެރީމަ ނުރައްކާވަނީއޭ،" ޝަހީބު ވިދާޅުވި އެވެ.
"ބްރޯޑްކާސްޓަރުން ކުށުން ސަލާމަތްކުރަން އަޅުގަނޑުމެން އިލްތިމާސް ދަންނަވަނީ، މިވެނި ހިސާބަކަށް ދަނީއޭ، އެހެން ނުހައްދަވާށޭ. އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެން ހިމާޔަތް ކުރަން އެބެޖެހޭ ދެއްތޯ."
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޝަހީބް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ބްރޯޑްކާސްޓަރުންނަށް ދަންނަވާލަން، އާއްމު މަސްލަހަތަށް ވުރެން ޚާއްސަ މަސްލަހަތު އިސްނުކުރަން. މިހެން މިދެންނެވީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީ ލިބިގެން ދިއުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނީ މުޅި މުޖުތަމައުގެ އާއްމު މަސްލަހަތަށް. --ޝަހީބް
މުޒާހަރާތައް ބޭއްވުމުގެ ކުރިން، އެއީ ގާނޫނާ ޚިލާފު މުޒާހަރާއެއް ކަމަށް ދޭހަވާ ގޮތަށް ބަޔާން ނެރެ އެފަދަ މުޒާހަރާތައް ލައިވްނުކުރަން އިންޒާރު ދެނީ ކީއްވެތޯ ދެންނެވުމުން ޝަހީބު ވިދާޅުވީ އެކަން ކުރަނީ ވެސް ގާނޫނާ ޚިލާފު ކަމަކަށް ނޫސްވެރިން އަރައިގަތުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ. ބަޔާން ނެރެނީ، އެފަދަ މުޒާހަރާތަކަކީ ގާނޫނާ ޚިލާފު މުޒާހަރާތަކެއް ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގައިޑްލައިންގައި ބުނެފައި އޮންނާނެ ސިޔާސީ ޕާޓީއަކުން މުޒާހަރާއެއް ކުރާނަމަ އެ ކުލައެއްގެ ތޮއްޕެއް ވެސް ނޫސްވެރިން ނާޅައްޗޭ. އެ ވަރަށް ބުނެފައި އޮންނައިރު ވެސް ވާގޮތަކީ އަޅުގަނޑުމެންގެ މި އިލްތިމާސްއާ ޚިލާފަށް ނޫސްވެރިން ގޮސް ގޮޅިން ބޭރަށް، ގާނޫނު ހުރަސްކޮށް ދިޔައީމަ ކުށަށް އަރައިގަނެވެނީ. އެހެންވީމަ އަޅުގަނޑުމެން އަބަދުވެސް މަސައްކަތް މިކުރަނީ ނޫސްވެރިން ކުށަށް އަރައިގަނެ ނުދިނުމަށް ކުރެވެން އޮތް މަސައްކަތެއް ކުރަން،" އޭނާ ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓުކުރުމުގެ ތެރޭގައި އެންމެ އިސްކަންދޭ އެއް ކަމެއްގެ ގޮތުގައި އިންސާނީ ކަރާމާތް ރައްކާތެރިކޮށްދިނުން ހިމަނަންޖެހެ އެވެ. އިންސާނީ ކަރާމާތްތައް ވެއްޔާ މޮޑެވޭގޮތަށް ބްރޯޑްކާސްޓަރުން އަމަލުނުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.
ކޮމިޝަނުގެ މެމްބަރުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ހަމައެއާއެކު ބްރޯޑްކާސްޓަރުންނަށް ދަންނަވާލަން، އާއްމު މަސްލަހަތަށް ވުރެން ޚާއްސަ މަސްލަހަތު އިސްނުކުރަން. މިހެން މިދެންނެވީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީ ލިބިގެން ދިއުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނީ މުޅި މުޖުތަމައުގެ އާއްމު މަސްލަހަތަށް،" ޝަހީބް ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ މި އަހަރު އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މީހުންގެ އަބުރާ ބެހުނު ކަމުގެ ޝަކުވާ ކަމަށެވެ. ހިޔާލުފާޅުކުރުމާއި އަބުރުގެ ރައްކާތެރިކުރުމގެ ގާނޫނުގެ ދަށުން 32 ޝަކުވާއެއް ބެލިއިރު މިހާތަނަށް އެންމެ ގިނައިން ގާނޫނާ ހިލާފުވެފައި ވަނީ ރާއްޖެ ޓީވީން ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނާ ޚިލާފުވެގެން ތިން ސްޓޭޝަނަކުން 1.9 މިލިއަން ރުފިޔާ އިން މިހާތަނަށް ޖޫރިމަނާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަދަރޭ
06 October 2017
ނުފޫޒް ނެއް ވާހަކަ ބުނެގެން ހަމަ ހިލާ ގަބޫލެއްނުކުރާނަން،. ނުފޫޒް ނެތިއްޔާއެކަން ދައްކާ.....
ޝުކުރިއްޔާ ޤައުމު - އަދުރޭގެ ދާއިރާގެ ރައްޔިތެއް.
05 October 2017
އާދޭހެވެ! ނުފޫޒެއް ނެތެވެ. މަސައްކަތް ކުރަނީ ހަމަހަމަ ކަމާއި އެކުއެވެ. މީޑިއާ ތަކުގެ މެދުގައި ތަފާތުކުރުމެއް އަމުދުން ނެތެވެ. ޤާނޫނޭތޯއެވެ. ތިޔަހާ ޤާނޫނީ އިމުގެ އެތެރެއަށް އެހެންބަޔަކަށް ވަދެވޭނެތޯއެވެ. މިނިވަން ކަމާއި އެކު ބްރޯޑްކާސްޓްކޮށް ޙަގީގަތް ހާމަކުރާ ޓީ.ވީ ޗެނަލްތައް ހިންގާ ފަރާތްތަކަށް ތިޔަ ދެއްވާ އެވޯޑުތަކާއި ފައިސާގެ ބޮޑެތި އިނާމުތަކުގެ އަދަދުތައް މިލިޔަނުން ގުނާކަން ނޭނގޭ މީހަކު މި އުޑުބަޅުކުރެއްވި ހިސާބަކު ނުހުންނާނެއެވެ. ތަރައްޤީ އަށް ފުރުސަތުދެއްވާށެވެ. ޖީބުތައް ފުރާލައްވާށެވެ. މަޤާމުތަކުގައި ބަގުޑިބައްދަވާށެވެ. 2018 ކީއްކުރަންތޯއެވެ. މުޅި އުމުރަށެވެ. ސަހަރޯއެވެ. ބުއްދިފަސްވީތޯއެވެ. ހިނދުކޮޅަކަށްފަހު ހިނދުކޮޅެކެވެ. އަދުގެ ޙާލަތެވެ. މާދަމާ އަށް އަލިވިލޭނެކަން ހަމަ ނޭނގެނީތޯއެވެ. ހަސަނާއެވެ. ކޮއިފުޅާއެވެ. މިއޮތީވާ ކޮމިޝަނެކެވެ. އެންމެ މޮޅުމީހަކީ ހަމަ ޝަހީބެވެ. ދަންނަ އެންމެން ބުނާތީ އެހީމެވެ. ޝުކުރިއްޔާ ޤައުމު.
މުޙުއްމާ
05 October 2017
ނުފޫޒެއް ނެތްކަން ވަރަށް ރަގަޅަށް އެގޭ ރައީސް ޔާމީނޭ ކިޔަން އިދިކޮޅު ޓީވީ ސްޓޭޝަނަކުން ހިތަށް އެރުވިޔަށް އެއް މިލިއަން ރުފިޔާގެ ޖުރުމައިނާއެއް. ޝަހީބް ތިއުލޭނީ ކާކަށް އޮޅުވާލަންތަ؟ ބަލަ ދިވެހި ރައްޔިތުންނަކީ ކަނޑު ކޮހުންނެއް ނޫނޭ. ޝަހީބުމެން، ޝައިނީމެން ފިނިފެންމާ ސައީދުމެން އައި.ބީ. މެން ގޮވާ ކޮސް ދިވެހި ރައްޔިތުންނެއް އަޑެއް ނައަހާނެ މިހާރަކު.
ސައިޚް
05 October 2017
ނުފޫޒެއްނެތްކަން އެނގޭ، ތިތިބީ އަނގަހުޅުވާލަން ނުކެރިފަ، ވަޒީފާގެ ބިރުގަ، ގޮތް ހުސްވެފަ، ގާނޫނު އެއޮތީ، ކިޔާލީމަ އެނގޭނީ،
ޛުމް
05 October 2017
ސޮރުންތަކެއް ލައިގެން ކޮސްގޮވަނީ
ކޮލަމާފުށި
05 October 2017
ތިވާހަކަ އެހެން ބަޔެއް ގާތު ކިޔައިދީ...ހަމަ ފިތި ބާރުވެފަ.މަގާމް...މަގާމް...މަގާމް....
މޮޔަ
05 October 2017
ނުފޫޒައް ގުލާމުހެދިގެން ބުރޯޑުކޮމް ގަ މަސައްކަތް ކުރަން ބޭނުންނުވާތީ ކުރީގެ ބުޜޯޑުކޮމްގެ ރައީސް ބަދުރު އިސްތިއުފާދެއްވީ. ޢިހްތިރާމް ކުރާ ގަދަރުވެރި ބޭފުޅެއްއެއީ.
ރޮޒޭ
04 October 2017
ފިތިފަ ތިބެގެން މޮޔަ ނުގޮވާ. މަގާމް ގެއްލިދާނެތީ ބިރުން ތިއުޅެނީ.
މަހާރަދުން
04 October 2017
ނަހަލާލަށް ބަލިވެ އިނަސް އެ ބަލިވެއިން އަންހެންމީހާ ބުނާނީ ނޫނެކޭ އެއަންހެނާ ކައިރީ އަހައިފިއްޔާ ވިހަންދެންވެސް
ނަގޫ
04 October 2017
ނަގޫ ސަލާމަތް ނުވާ ބަޔަކު ދޭނީ ކޮން ނަޞީޙަތެއްބާ؟