މަހާޖައްރާފު އެމްޓީސީސީ އާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ޒިޔަތު (ވ) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އެމްޓީސީސީ
16 އޮކްޓޯބަރ 2017 - 17:07
އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އިން އެންމެ ފުރަތަމަ ހިއްކާނީ ހދ. ކުޅުފުއްފުށީ އެއާޕޯޓު ހަދާ ސަރަހައްދު ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ނެދަލެންޑްސް ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ މަހާ ޖައްރާފް މި މަހުގެ 30 ވަނަ ރާއްޖެ އަންނާނެ އެވެ. އެ ޑްރެޖަރު ދަތުރު ކުރާނީ ސީދާ ކުޅުދުއްފުއްޓަށެވެ.
ހަ މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ ޖެެނެރަލް ސާމީ އަގީލް އަދި އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވަނީ އިއްޔެ ސޮއިކުރައްވައިފަ އެވެ.
އެ މަސައްކަތްތައް ކުރަން އެމްޓީސީސީއަށް ހަވާލުކުރީ 53.4 މިލިއަން ރުފިޔާއަށެވެ.
ޒިޔަތު ވިދާޅުވީ 6.2 ހެކްޓަރުގެ ބިން ހިއްކުމާއި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެމްޓީސީން ކުރިން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މަހާ ޖައްރާފަކީ އެމްޓީސީސީން 36 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން ތައްޔާރުކުރި ޑްރެޖަރެކެވެ. ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީ، ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބްލް ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމައި، މިހާރު ވަނީ ހިއްސާ ދާރުންނަށް އިތުރު ހިއްސާ ގަތުމަށް ހުޅުވާ ވެސް ލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑަބިޔާ
17 October 2017
މަގޭވޯޓު ހަމަޔަގީން ޔާމިނައް ލިބޭނެ ކުޅުދުއްފުށީގަ އެއާޕޯޓު އަޅައިދިނުމުން މަށައްވަރައް އުނދަގޫ ހަނިމަދޫއަްގޮސް ރަށައްއަންނަން އަގުވެސްވަރައްބޮޑު ހދ މަކުނުދޫ ކުމުންދޫ ވައިކަރަދޫ ނޫމަރާ ހއ ފުންބަލާނަމަ ކަނޑިތީމު ފަދަރައްތަކައް ވަރައްބޮޑު ލުޔެއްލިބޭނެ މިކަމުން ބަލިހާލު ބޮޑުމީހުން މާލެ ފޮނުވާލުމައްވެސް ފަސޭހަވާނެ މިކަމުން އަވަހައް ކުޅުދުއްފުށި އެއާޕޯޓު މަސަތްކަތް ފައްޓަވާ ރީނދޫ ކުދިން ކޮންމެރެޔަކު މާލޭގަ މުޒާހަރާ ކޮއްލަންދާންވެސް ފަސޭހަވެ ދައުލަތައް ލިބޭ ލާރިވެސް ގިނަވާނެ
އުނބުށެން
17 October 2017
ކުރިންވެސް ހީކުރީ ހަމަ ތިފަދަ ފަހުން އަގުދޭގޮތަށް ކުންފުނިން ޚަރަދުކޮށްގެން ކުރާ ކަންކަން ގިނަވެގެންދިއުން ނޫންކަމެއް ތިޔަކުން ނުވާނެކަމާއި ތިބުނާ ފައިސާއެއް ކުންފުންޏަށް ލިބުމަށްވުރެ ނުލިބުން ގާތްވާނެކަން. ނޫނީ ލިބޭނީ ކުރިޔަށްއޮތް އަހަރުގެ ފަހުން.
ދަލޭކަ
17 October 2017
ކޮބާތަ؟ ކުޅުދުއްފުށީ ބިއްލޫރި އެއާޕޯރޓްގެ ޓަވަރުން ތިތަނަށްޖައްސާ ފްލައިޓްތަކަށް ޚަބަރެއްވާނެބާ؟
ޢަލީހަމީދު
17 October 2017
ރައިސްޔާމީނައް ކިޔާމީމަރުހަބާ ޝުކުރިއްޔާ ޔާމީން ތައްރައްގީ ފެނިފަ ރީނދޫ ކުދިން ބަނޑު ކެކެނީ
އަޅުގަޑު
17 October 2017
ހަމަ ރަނގަޅު އެއްގޮތްވެސް މިވެރިންނަކަށް ނެތޭ.. މުޅި އުމުރުގަ އެއާރޕޯޓު ނޭޅިގެން އުޅުނުމީހުންނަށް މިހާރު އެއާރޕޯޓު ޔަގީންވީމާ ކޮސްގޮވަން ފަށާފިއޯ.. ސާބަސް ކުޅުދުއްފުށީ ރައްޔިތުންނަށް! ދެރަކަމަކީ ޔާމީން ރައްޔިތުން އެދޭގޮތަކަށް އެއްވެސް ކަމެއްނުކުރާނެ އެހެންވީމާ ރައްޔިތުން ބޭނުންނުވިޔަސް ތިޔަ އެއަރޕޯޓު ޔާމީން އަޅުއްވާނެ ކަމީ ޔަގީން ކަމެއް އަދި އޭނަގެ ވެރިކަން ނިމުނީމާ އެއަރޕޯ އުރާލާގެންގޮސް އޭނަގެ ގޭގެ ބަދިގެތެރެއަށްލާ ފޮރުވާނެ ކަމީ ޔަގީން ކަމެކެވެ. ދިވެހި ރައްޔިތުންގެ ގަމާރު ކަމާ އެވެ.
ސަންގަމްސުނާ
17 October 2017
ޒިޔަތު ވިދާޅުވީ 6.2 ހެކްޓަރުގެ ބިން ހިއްކުމާއި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިމަސައްކަތަށް 6 މަސްދުވަސް. އޭގެފަހުން އެއަރޕޯޓް އެޅުމަށް ނަގާނެމުއްދަތެއް އަދި ނޭނގެ. އެއީ ވަކި ޕްރޮޖެކްޓެއް. ފެށޭނެ ދުވަހެއްވެސް އަދި ނޭނގެ އެއަރޕޯޓް އަޅާ ބައެއްވެސް އެނގޭކަށްނެތް 2017 ގައި ބޯޓު ޖައްސާނެކަމަށް ބުނި. މިހާރު ތިކިޔަނީ 2018 ގައޭ. ކުރިޔަށް. ބާރަށް.
ދުފާބެ
17 October 2017
2017 ގައި ބޯޓު ޖައްސާނެކަމަށް ވިދާޅުވި އެއަރޕޯޓެއްތީ. ކުޅުުދުއްފުށީ މީހުން ނުހެއްދޭނެ.
ޑްރެޖަރު މަހަށްކާންދީފި
17 October 2017
ދެން ރާއްޖެއަށް އެތެރެކުރާ ޑްރެޖަރަށް ކިޔަން ހަމަޖެހިފަވާ ނަމަކީ މަހާވީރު ޕޯގަޓް އެއީ ޑަންގަލް ގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން.. އޭގެ ފަހުން ގެންނަ ޑްރެޖަރަށް މަހާރަނދު އެއީ ރާއްޖޭގެ ރަދުންކަން ކުރެއްވި ބޭފުޅުންގެ ހަނދާނުގައި
ދެރަކަމެއްނު
17 October 2017
ހަނިމާދޫ އެއާރޕޯޓް އޮއްވާ ކީއްކުރާ ކުޅުދުއްފުށި އެއާޕޯޓެއްތަ؟؟ ބޯހަލާކު
ބޭނުމޭ
17 October 2017
ރައްޔިތުން ބޭނުންވޭ ކޮންމެ ރަށެއްގަ އެއަޕޯޓް އޮންނަން. މުޅި ގައުމުގެ ހާލަތާ މެދު ވިސްނާ މީހެއް ނޫޅޭ. ވިސްނުން ދަތުރުކުރަނީ އަތޮޅާ ރަށާ ހަމައަށް. ދެން ތިބި އަތޮޅަށް ލިބޭ ކުޑަ ތަރައްގީއަކާ ވެސް ހަސަދަވެވެނީ. ޖެހިގެން އެއަރޕޯޓެއް އޮތަސް ފުދޭނެ މީހެއް ނެތް. ކޮންމެ ސަރުކާރެއް އެރިއަސް ކޮއްޕަން ރައްޔިތުން ތިބެނީ. ނެތް ލާރިން ގައުމު ދަރުވައިގެންވެސް ކޮރަޕްޝަނަށް މަގުފަހިކުރުވައިގެންވެސް ބޮޑެތި މަޝްރޫއު ނުހިންގައިފިއްޔާ ވަނީ މައުމޫންގެ ބަރަވެލި ތަރައްގީއަށް. އެހެންވެ ކޮންމެ ރައީސަކުވެސް މިހާރު ކަންކުރެވޭކަން ދައްކާލަދޭނެ.
ޢަލީހަމީދު
17 October 2017
ހަނިމާދޫން މީހުން ބޭލުމައްފަހު ހަނިމާދޫ އަކީ ދިވެހި އަސްކަރީ ބޭހަކާ އެކު ފަތުރު ވެރިކަމުގެ ރަށަކައް ބަދަލުކުރަންވީ ރަށެއް
ލީނޯ
17 October 2017
ތަރައްޤީގެ ހަލުވިކަން އިތުރުވާނެ ކަމެއް މިއީ!