ޝީޝާގެ ކުޅުދުއްފުށީ އައުޓްލެޓް: މިތަނުން ސައިކަލް ވިއްކުމުގެ އިތުރުން މަރާމާތު ވެސް ކޮށްދޭނެ.
27 އޮކްޓޯބަރ 2017 - 20:26
އަތޮޅުތެރޭގައި ޝީޝާ އިން ގާއިމުކުރި ދެވަނަ އައުޓްލެޓް ހދ. ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނިން މީގެ ކުރިން ވަނީ ސ. ހިތަދޫގައި ވެސް އައުޓްލެޓެއް ހުޅުވައިފަ އެވެ. މި އައުޓްލެޓުން ވެސް ސައިކަލް މަރާމާތުކޮށްދިނުމާއި ސްޕެއާޕާޓްސް ވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޝީޝާ ކުޅުދުއްފުށީ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޝީޝާ
ކުޅުދުއްފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝީޝާގެ ދެވަނަ އައުޓްލެޓް ހުޅުވައިދެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހުސެއިން ހުޝާމެވެ. އެ ރަސްމިއްޔާތަށްފަހު އެތަނުން ސައިކަލްތަކާ ބެހޭ މައުލޫމާތު އާއްްމުންނަށް ދިނުން އޮތެވެ.
ޝީޝާ އިން ބުނީ އެ ރަށުގައި ހުޅުވި އައުޓްލެޓުން ވެސް ސައިކަލް ވިއްކާނީ މާލެއާ އެއް އަގެއްގައި ކަމަށެވެ. އަދި އެތަން ހުޅުވުމާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ސައިކަލްގެ ފުރަތަމަ ސާވިސް ހިލޭ ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޝީޝާއިން ކުޅުދުއްފުށީގައި ހުޅުވި އައުޓްލެޓް.
"އަލަށް ހުޅުވާ ތަނެއް ވީމަ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަން ދޭނީ ސާވިސްތަކުގެ މައުލޫމާތު ދޭން. އޭގެ އިތުރުން އެތަނުން އަޅުގަނޑުމެން ވިއްކާނީ ހޮންޑާ ޕަވާ ޕްރޮޑަކްޓްސް އާއި ފެން ޕަމްޕާއި އޯލް ޕާޕަސް ޖަނަރޭޓަރު،" ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު ދާދިފަހުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުއްޓަށް ފަހު ލ. އަތޮޅުގައި ވެސް އައުޓްލެޓެއް ހުޅުވަން ވިސްނާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްފުނާ
27 October 2017
ށީށާއަކީ ސައިކަލް ވިޔަފާރީގައި ނިކަން ރަނގަޅަ މިކަން ކުރާބައެއް.ސައިކަލް ސާވިސް ކުރުމުގައި ކިތައްމެ އަގުބޮޑުވިޔަސް ، ކުރާކަމެއް ވަރަށް އިހްލާސްތެރިކަމާއި ، ތެދުވެރިކަމާއި އެކީ ކުރާބައެއް.ހޮންޑާ ބްރޭންޑް ސައިކަލަކީ ، މި ރާއްޖޭގައި އެންމެ އިހްތިރާމު ކުރެވޭ ބްރޭންޑްގެ ސަައިކަލް.ރާއްޖެ އަންްނަ ގިނަ ޔޫރަޕުގެ ފަތުރުވެރިންނަށް ވަނީ ހައިރާންކަން ލިބިފައި ހޮންޑާ ބްރޭންޑްގެ ސައިކަލް ރާއްޖޭގައި މިހާ ގިނަވީމަ.
ކުޅުހިއްކިފުށި
27 October 2017
ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ތިކަމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވެމެވެ. އެކަމު އަދިވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ ހދ.އަތޮޅުގެ ފުރަތަމަ ރިސޯޓް ހުޅުވޭނެ ދުވަހަކަށްވަރަށް ބޮޑަށް އިންތިޒާރު ކުރަމެވެ.
އަލީ.
27 October 2017
ޕްރައިވެޓް ކާރު ލިބޭނެ ގޮތެއް ނުވާނެތަ