އެމްޑީއެފުން ބޭއްވި ފޮޓޯ މައުރަޒެއް ބަޔަކު ބަލާލަނީ: މި ފަހަރު މައުރަޒު ބާއްވަނީ ހުޅުމީދޫގައި.
01 ނޮވެމްބަރ 2017 - 14:57
ނަސްރު ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ ސިފައިންގެ ފޮޓޯ މައުޒަރު މި އަހަރު އައްޑޫގައި ކުރިއަށް ގެންދަން ނިންމައިފި އެވެ. ސިފައިންގެ 20 ވަނަ ފޮޓޯ މައުރަޒު އޮންނާނީ މި މަހުގެ 4 އާއި 5 ގައި ހުޅުމީދޫގަ އެވެ. މައުޒަރު ކުރިއަށް ދާނީ ސ. އަތޮޅު މަދަރުސާގަ އެވެ.
އެމްއެންޑީއެފުން ބުނީ މި ފޮޓޯ މައުރަޒުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅުން ހުރި ފޮޓޯތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި އިޖުތިމާއީ އެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީހާއި 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައި ގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި ސިފައިންގެ ހިދުމަތްތަކާ ގުޅުން ހުރި ގިނަ ފޮޓޯތައް ދައްކާލާނެ ކަމަށެވެ.
އަހަރަކު ދެ ފަހަރު އެމްއެންޑީއެފުން ބާއްވާ ފޮޓޯ މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އާންމުކޮށް އޮންނަނީ ހުޅުވާލައިފަ އެވެ.
އެމްއެންޑީއެފުން ބުނީ ފޮޓޯ މައުރަޒުގެ ތެރެއިން އާއިލީ ހަވީރެއް ވެސް 4 ވަނަ ދުވަހު އަތޮޅު މަދަރުސާގައި އޮންނާނެ ކަމަށެވެ. އާއިލީ ހަވީރުގައި ސިފައިންގެ ހިދުމަތްތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
01 November 2017
ދައުލަތުގެ ފަރާތުން ހައްޤު ނޫން އަދަބެއް މީހަކަށް ދިނުމަށްވުރެން ހައްޤުނޫން ލަޤަބު ، ޝަރަފާއި އިއްޒަތް މީހަކަށް ނުވަތަ ބަޔަކަށް ދިނުމަކީ ޒަމާންތަކަކަށް ދެމިގެންދާނެ އޮޅުންބޮޅުން ބޮޑުވެ ފަސާދަ އުފެދޭނެ ކަމެއް. މާލޭ ސަރުކާރުގެ އެހީތެރިކަމާއި ރައްކާތެރިކަން ނުލިބި ބާކީކޮށް އެކަހެރި ކުރުމުން އައްޑޫ މީހުން މާލޭ ސަރުކާރުގެ ދަށުން ނެއްޓިގަނެ ޒާތީ މިނިވަންކަން އިއުލާންކޮށް “ޑިމޮކްރެޓިކް ހަމަތައް ޤަބޫލު ކުރާ ރައްޔިތުންގެ ވެރިކަމެއް” ހުވަދޫ މުލައް އަދި އައްޑޫ ބައިވެރިވެގެން އުފެއްދި. ޔުނައިޓެޑް ސްވަދީބް އައިލޭންޑް ސަރުކާރާއި ސަރުކާރުގެ ލީޑަރުން ގޯސްވެ ކުށްވެރިވި. އެހެނަސް އެ ސަރުކާރުން ކުރި ޝަރުއީ ޤާނޫނީ ކަންކަން އެގޮތުގައި ދެމިހުރި. 3 ނޮވެމްބަރ 1988 އާއި 7 ފެބްރުއަރީ 2008 ވެސް ހަމަ އެފަދަ. ސަރުކާރުން ބޭނުންވީމަ ބޭނުން ބަޔަކު އާޒީންނަށް ހަދާފަ އަނެއްބަޔަކު އަމިއްލަ ޖާނާއި ފުރާނަ ސަލާމަތަށް މަަަސައްކަތް ކުރުމުން ބާޢީންނަށް މިގޮތް ކަމަކު ނުދާނެ.
ބޯގޯސް
01 November 2017
ހާދަ ހެޔޮފުޅުވީ މީގެ ދުވަސް ކޮޅެއް ކުރިން ހުރިހާ ކަމަކާއި ކަންތައް ލ.އަތޮޅުގައި އޭގެ ފަހުން ކުޅުދުއްފުށީގައި މިހާރު އައްޑޫއަށް. ފަހުން ލިބުނު ވޯޓޯ ގިނަ ނަމަ މިކަންވެސް ނުކުރާނެ. މަދުވީމަ ހައްދާލަން ކުރާކަމެއް މީ. އެހެން ނޫންނަމަ ކުރިންވެސް އެވެރިން ބުނިހެން އައްޑޫއަކަށް ކަމެއް ކޮށެއްނުދޭނެ.
ދެޔޯ
01 November 2017
7 ފެބްރުއަރީގެ ރީތި ދެތިން ފޮޓޯ ލާންވާނެ.
މޮހޯ
01 November 2017
ކީއްކުރަންހޭ؟ އަޖާއިބު ނުވާނެތަ؟