14 ނޮވެމްބަރ 2017 - 15:40
އަންނަ އަހަރުގެ ރޯދަ މަހު އުމްރާ އަށް ގެންދާ އަގު ހައްޖު ކޯޕަރޭޝަނުން ހެޔޮކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި އެ ކުންފުނިން ކުރިއަށް އޮތް ރޯދަ މަހު އޮންނަ އުމްރާ ދަތުރަށް ނަގާނީ ބޮލަކަށް 37،965ރ. އެވެ. މިއީ މި އަހަރުގެ ރޯދަ މަހު އުމްރާ އަށް ދިއުމަށް ނެގި އަގަށްވުރެ 2000ރ. ކުޑަ އަދަދެއް ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އުމްރާ ދަތުރުގައި ބައިވެރިވާ ހަތަރު މީހުންގެ ގްރޫޕަކުން ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރާނަމަ، ކޮންމެ މީހަކަށް 1000ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި 10 މީހުންގެ ގްރޫޕެއް ނަމަ، އުމްރާ އަގުގެ 50 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން އުމްރާ ކިޓް ބޭނުން ނުވާނަމަ، 1000ރ. އުމްރާ ކިޓްގެ ޑިސްކައުންޓްގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ރޯދަ މަހު އުމްރާ އަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީ ވާން ޖެހޭނީ އަންނަ އޭޕްރީލް 15 ގެ ކުރިންނެވެ. ރަޖިސްޓްރީ ކުރެވޭނީ ފޯމާއެކު 5000ރ. ދެއްކުމުން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި ބާކީ ފައިސާ 15 އޭޕްރީލްގެ ކުރިން ދައްކާ ހަލާސް ކުރަން ޖެހެ އެވެ.
ރޯދަ މަހުގެ އުމްރާ ދަތުރުގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ގެންދަނީ އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ތަފާތު އުމްރާ ދަތުރުތަކެއް ބާއްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްޖު ތަޖުރިބާ
14 November 2017
ހެޔޮނުވާނެ ކޯޕަރޭޝަން އާ އެކު ދާން. މަގޭ މަންމަ މި ޙައްޖުގައި 37 ގަޑިއިރު މިނާގައި ކާން ނުލިބިފަ ހުރި. ދޯދިިޔާ ހިންގުން. އެއްވެސް އިހުސާން ތެރި ކަމެއް ނެތް ބައެއް!
ކިޔު5
14 November 2017
އުމްރާ ޖަމާއަތެއްގެ މީހެއްބާ!؟ ހެހެހެ