މިނިޓް މެއިޑް ޕަލްޕީ ޖޫސް
16 ނޮވެމްބަރ 2017 - 21:33
ރާއްޖެއަށް އެތެރެ ކުރާ މިނިޓް މެއިޑް ޕަލްޕީ ޖޫސްގެ ބައެއް ފުޅިތައް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ޖޫސް ފުޅީގެ މަތިގަނޑު ކައިރީގައި އޮޅުން އަރާފަދަ ގޮތަކަށް ލޭބަލްކޮށްފައި ހުރުމަކީ މި ޖޫހުގެ މުއްދަތު ހަމަވުމުން ވެސް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަކަށްވާތީ އެކަމުން ސިއްހަތަށް ނުރައްކާވާނެ ފަދަ ކަމެއް މެދުވެރިވެދާނެ ކަމަށެވެ.
"ވީމާ މިގޮތަށް ލޭބަލްކޮށްފައިވާ އުފެއްދުންތައް ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އާންމުކޮށް އެންގުމަށް އިއުލާން ކުރީމެވެ. އަދި މިތަކެތި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރީމެވެ،" އެ ބަޔާނުގައިވެ އެވެ.
ނަމަވެސް މި އުފެއްދުމުގެ ފަހު ބެޗުތަކުގައި ކަޅު ކުލައިން ޕްރިންޓުކޮށް ފުޅީގެ މަތިގަނޑު ކައިރީގައި އުފެއްދި ތާރީހު ހިމަނާފައިވާ އުފެއްދުންތައް ނުހިމެނޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްއެފްޑީއޭގެ ބަޔާނުގައި ބުނި ގޮތުގައި މިނިޓް މެއިޑް ޕަލްޕީ ޖޫސްގެ ލޭބަލްގެ އިރުޝާދުގައިވާ ގޮތުން ފުޅީގެ މަތިގަނޑު ކައިރީ ލޭޒާ އިން ފުޅީގެ ކުލަ އާއި ގާތްކުރާ ކުލައަކުން ފަނޑުކޮށް ލިޔެފައިވާ ތާރީހަކީ މުސްތަގުބަލުގައި އަންނަން އޮތް ތާރީހެއް ކަމުން އެއީ އުފެއްދި ތާރީހު ނޫންކަން ކަށަވަރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޫސް 1
17 November 2017
މައްސަލަ އެ ދެން ނެތެއްނު ތީގެން މިހާރު ވިއްކާ ފައިދާވެސް ވެއްޖެ... މީ ކުރަން ރަގަޅު ވިޔަފާރި އެއް މި ރާއްޖޭގަ. އެއްވެސް އަދަބެއް ލިބޭ ކަމެއް ނޫން.
ކުޑަސޮރު
17 November 2017
ބޮއި ބޮއި ވާނެ ހައެއްޗެއް ވީމަ... ކީކޭދެން ބުނާނީ...
ޔުނި
17 November 2017
މިޖޫސް މިވިއްކަނީ އެއްކަލަ ދިވެހިންނަށް 3 ކެޓަގަރީގެ ކެންޓީން ހެދިމީހުން ވިއްޔާ ސަހަލެއް ނުވާނެ. ޖޫނިއަރ ސްޓާފް އަށް މުގުރިހަ. ސީނިއާސްޓާފަށް ކުކުޅު. އެގްޒަކްޓިވް އަށް ގެސްޓް ކާނާ.
ނަސްލު އޮޅުން
17 November 2017
ތަރައްގީ ގައުމުތަކުގަ 'ޖޫސް' މިބަހަކީ ހިމާޔަތްކުރެވިފައިވާ ގާނޫނީ ބަހެއް. 'ޖޫސް' އައްވާނީ ހަމައެކަނީ މޭވާއާއީ ފެން. އެއީ މޭވާފަނި. ދެން އިރުރައް އެއައް ޕްރިސާރވަޓިވް އާއީ ކުލައާއީ ރަހަ ލައްވާ ކެމިކަލް އަލާފަ 'ޖޫސް' ގޮތުގަ ވިއްކުމަކީ އާއްމުންނަޢް އޮޅުވާލުން ކަމައް ގާނޫނުގަ އޮވޭ. ނަމަވެސް ރާއްޖޭގަ 'ޖޫސް' އޭކިޔާފަ ވިއްކާ %99 ބުއިމަކީ ކެމިކަލް އަލާ ކުލަ ޖައްސާފަ ހުންނަ އެއްޗެތި. އާއްމުންގެ މަންފައަޢް 'ޖޫސް' އާއީ ޖޫސް ރަހަލައްވާފަ ހުންނަ 'ކޯޑިއަލް' ތަފާތު ވާންޖެހޭ. ކޮއްމެ ބުއިމަކައް ޖޫސްއެކޭނުކިޔޭނެ. އެއީ ވަރައްބޮޑު ގޯހެއް.
ޜިސޯތް
17 November 2017
ޥަރައް ގިނަ އޯލް އިންކޮލޫސިވް ރިސޯރޓް ތަކުގަ މިޖޫސް ވިއްކާ. ޙާއްސަކޮއް ސްޓާފުންނައް ފެންވަރުދައް ޖޫސްދޭ.
ބީސްޓް
17 November 2017
"މި ޖޫސް ފުޅީގެ މަތިގަނޑު ކައިރީގައި އޮޅުން އަރާފަދަ ގޮތަކަށް ލޭބަލްކޮށްފައި ހުރުން".... މީތަ ސަބަބަކީ ބަޔަކު ހޭބަލި ނުވާނެތަ ދެން...
ފެން
17 November 2017
އާންމުކޮށް ރާއްޖެ އެތެރެކޮށްވިއްކާ އެއްޗެހި ލޭބަލް ފޯޖްކޮށްފަ ހުންނަ ކަމަށްބެލެވޭ.... މިފަދަ ފަރާތްތަށް މިލިޔަނުން ޖޫރިމަނާ ކުރުމަށް ގޮވާލަން
އަތްފުނާ
17 November 2017
މާލޭގައި ހުންނަ ކޮކާކޯލަ ކުންފުނީގެ އޮފީހުން ތިކަމާ ބެހޭގޮތުން ވަކި އެއްޗެކޭ ނުބުނާހާ ހިނދަކު ވަކި ގޮތަކަށް ނުނިންމާނަން