އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ: ދައުލަތުގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސަވާފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
29 ނޮވެމްބަރ 2017 - 13:07
ދައުލަތުގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިވާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނެގުމުގައި އަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ސާކިއުލާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސެޕްޓެމްބަރު 22، 2016ގައި އަމަލު ކުރަމުން އައި އުސޫލުގައި، މަގާމަަކަށް މުވައްޒަފަކު ހޯދުމުގެ ކުރިން އެ އިދާރާއެއް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސް ވެރިޔާގެ ހުއްދައާއެކު އެ މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދުމަށް ފަހު ނޫނީ، އެއްވެސް މަގާމަކަށް މުވައްޒަފުން ނުނެގޭ ގޮތަށް އޮތުމުން ދައުލަތުގެ އޮފީސްތަކަށް އިދާރީ ގޮތުން ދަތިތަކަކާ ދިމާވާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޮފީސްތަކުގައި ހުރި ބަޖެޓްގެ ފައިސާ ހިމަނާފައިވާ މަގާމުތަކުން މުވައްޒަފުން ވަކިވުމުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދާ ނަމަ އެ މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކުރައްވައި ނެރުނު ސާކިއުލާގައިވާ ގޮތުން އެ އުސޫލުގެ ދަށުން މުވައްޒަފުން ހޯދަން ވާނީ މި އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ވަޒީފާ އިން ވަކިވެފައިވާ މުވައްޒަފުންގެ ބަދަލުގަ އެވެ. އަދި އެ މަގާމުތަކަށް މުވައްޒަފުން ހޯދަންވާނީ އެ އިދާރާއެއްގެ އެންމެ އިސް ވެރިޔާގެ ހުއްދައާ އެކު އެ އޮފީހެއްގެ ފައިނޭންސް އެގްޒެކްޓިވްގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހެއްގެ ހުއްދައާއެކު ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ފިނޭންސުން ބުނީ މުވައްޒަފަކު ނެގުމުގެ ކުރިން މުސާރަ އާއި އިނާޔަތްތައް ބަޖެޓްގެ ތެރެއިން ހަމަޖެހިފައިވާތޯ ފައިނޭންސް އެގްޒެކްޓިވް ކަށަވަރުކުރަން ވާނެ ކަމަށެވެ. އަދި ވަކިވާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނަގަންވާނީ ވަކިވި މުވައްޒަފުންގެ މަގާމަށާއި ރޭންކް އަދި ކްލެސިފިކޭޝަންގެ މަގާމަށް ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އެ އުސޫލާ ހިލާފަށް ދައުލަތުގެ އެއްވެސް އޮފީހަކުން މުވައްޒަފުން އިތުރުކޮށްފި ނަމަ އެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ބޭނުންވާ ފައިސާ ހަމަޖައްސަންވާނީ އެ އޮފީހެއްގެ ފައިނޭންސް އެގްޒެކްޓިވް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައްޚާނު
29 November 2017
ކަލޯ ތިކަން ރިއަލައިޒް ވެއްޖެތަ؟
ބބބބބ
29 November 2017
އެތަނެއްގެ މަސައްކަތް ކުރެވޭވަރަށް އެތަނަކަށް މުވައްޒަފުަން ހަމަޖައްސަންވާނެ
ޙަސަން
29 November 2017
އޮފީސްތަކަށް މުވައްޒަފުން ބޭނުންވާވަރާއި އޮފީސްތަކުގައި މަސައްކަތް ކުރަންޖެހޭ މިންވަރު އެނގެނީ ފިނޭންސް މިނިސްޓްރީއަށޯ. އެކަމަކު މަސައްކަތެއް ނެތް ސިޔާސީ މަގާމުތަކަށް ކިތަންމެ ވަރަކަށް މީހުން ނެގިޔަސް ވަރިހަމަ. ދައުލަތުގެ ޚަޒާނާ ޕާޓީ މީހުނަށް ދީ ހުސްކޮށްލަނީ. އެއީ ރައްޔިތުންގެ ފައިސާއަށް ވެވޭ ޚިޔާނަތެއް ކަމެއް، އަދި ޤިޔާމްތް ދުވަހުން އެކަމާ ސުވާލު ކުރެވޭނެ ކަމެއް މިމީހުންނަކަށް ނޭނގޭ. ރައީސް އޮފީހާއި މިނިސްޓްރީތައް ބަހައްޓާފައި އެހެން ތަންތަން އުވާލަންވީނު.
ޝާމް
29 November 2017
ރަސްކަލެއްގެ ނިޒާމުގައި ހުންނަ ހުރިހާ ސިފަތަކެއް ހަމަވެ ނިމިއްޖެ. ދެން ރައީސުލް ޖުމްހޫރިއްޔާގެ ބަދަލުގައި ކިންގް ކިޔަންވީ
މީމަށޭ
29 November 2017
ތިކަންވެސް މަމެން ޕިންކީން ކުރާނަމޭ. ދެރަނުވޭ