މުހައްމަދު ޝަބީން --ފޮޓޯ/ފޭސްބުކް
30 ނޮވެމްބަރ 2017 - 22:17
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރުމުން، އޭނާއަށް ތާއީދުކޮށް ވާހަކަދެއްކި ފުލުހުންގެ ސިވިލް ސްޓާފަކު ކަނޑާލައިފި އެވެ.
ރިޔާޒު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ރިޔާޒު ވަކިކުރުމުން އޭނާއަށް ތާއީދުކޮށް ފުލުހުން ވެސް ތިބޭ ވައިބަ ގްރޫޕެއްގައި މެސެޖްތަކެއް ލިއުމުން ފުލުހުންގެ ތެރެއިން ކަނޑާލީ އެސިސްޓެންޓް ސިވިލް އޮފިސަރުގެ މަގާމުގައި ހުރި މުހައްމަދު ޝަބީން ނަސީމެވެ.
ރިޔާޒާ ގުޅޭ ގޮތުން ނޫހެއްގައި ލިޔުނު ހަބަރެއް އެ ގްރޫޕެއްގައި ޝެއާކޮށް، ޝަބީން ވަނީ "ސަރުކާރުގެ ޖަރީމާތަކާ ދެކޮޅަށް ތެދުވީތީ" ރިޔާޒަށް ސެލިއުޓުކުރާ ކަމަށް ބުނެފަ އެވެ. ވައިބަ ގްރޫޕްގެ ނަމަކަށް ޖަހާފައި އޮންނަނީ "އެމްއެންޑީއެފް 33 ވަނަ ރެކުރޫޓް ބެޗު" އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެއީ ޝަބީން ވެސް ސިފައިންގެ ތަމްރީންތައް ހެދި ބެޗު ކަމަށެވެ.
ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ ނިންމުމަށް ފަހު ބުނެފައިވަނީ ރިޔާޒު ވަކިކުރުމުން އެ މައްސަލައާ ގުޅިގެން ސިޔާސީ ގޮތުން ޝަބީން ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެންވެ އޭނާ ވެސް ވަކިކުރަން ނިންމާފައިވާ ކަމަށް، މިދިޔަ މަހުގެ 31 ގައި ނިންނި ނިންމުމުގައި ވެ އެވެ.
ޝަބީނަކީ 2006 ގައި ސްޓެލްކޯ ކައިރިން ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަކާ ގުޅިގެން ފައިބުރިކޮށްލި މީހެކެވެ. އޭރު އޭނާ ވަޒީފާ އަދާކުރީ ސިފައިންގެ ތެރޭގަ އެވެ. އެކަމަކު އެ ހާދިސާއަށް ފަހު އޭނާ ބަދަލުކުރީ ފުލުހުންގެ ސިވިލް ބަޔަށެވެ.
ފުލުހުންގެ ވަޒީފާ އިން ވަކިކުރުމުން ޝަބީންގެ ފޭސްބުކް ޕޭޖްގައި ޖަހާފައި ވަނީ "މި ވަރުގެ އޯގާތެރި ސަރުކާރެއް ދުވަހެއްގެ ކޮޅުން ވެސް ނުފެންނާނެ! ވާ ސަރީ...!" މިހެންނެވެ.
ފުލުހުންގެ ސިވިލް ސްޓާފުންނަކީ ސީދާ ފުލުހުންނެއް ނޫނެވެ. އެ މީހުން އާންމުކޮށް މަސައްކަތްކުރަނީ އިދާރީ އެކި ކަންކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗޯރު
02 December 2017
މިގައު މިނިވަންކަންމަތީ ދެމިއޮންނާނީ ކޮންމެވެސް ބަޔަކު މިގައުމު މިނިވަން ކޮއްކެން.
ޒާހިރީ
02 December 2017
ތީ އަމިއްލަޔަށް ވަކިވީ.
ދޮން އާމިރު
02 December 2017
މިއީ ފުލުހުންގެ ޙިދުމަތުގައި ހުއްޓާ ވެހިކަލަކުން ޖެއްސުމުގެ ސަބަބުން އެއްފައި ކަނޑާލަންޖެހުނު ޙިދުމަތްތެރިޔާ.
އެކުވެރިއެއް
02 December 2017
ޝަބީން އަށް ބަދު ބަސްތައް ބުނުމުގެ ކުރިން އެއީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އެނގޭތަ؟ 1999 އަހަރު ސިފައިންގެ ވަޒީފާއާއި ގުޅިގެން އެއަރޕޯޓް ސެކިއުރިޓީ ޔުނިޓްގައި މަސައްކަތް ކުރިއިރު، ޝަބީން ސިފަވެފައިވަނީ އެއަރޕޯޓްގައި މަސައްކަތްކުރާ އެކިއެކި މުއައްސަސާތަކުގެ ހުރިހާ އެންމެނާއި ގާތް ރަހްމަތްތެރިކަމެއް ބޭއްވި މީހެއް ކަމުގައެވެ. ވަކި ފަންތިއެއްގެ މީހަކަށްވެގެން ވާހަކަ ނުދައްކައެއް ނުހުންނާނެ. ޓަރމިނަލް ކުނިކަހާ މީހުންނާ އެއްކޮށް އިށީނދެ ދުފާލާ ވާހަކަ ދައްކާލަން ޝަބީން އިންނާނެ. އެވްރެޖްކޮށް ޝަބީން ނުދަންނަ މީހަކު އެދުވަސްވަރު ހުޅުލޭ އެއަރޕޯޓްގައި މަދު ވާނެއެވެ. 2003 ވަނަ އަހަރުން ފެށިގެން އެމް.ޕީ.އެލް ސަރަހައްދަށް ބަދަލުވެ ޝަބީންގެ އެކުވެރިންތައް ދެގުނަ ވިއެެވެ. މަޖޫރީންނާވެސް ސަލާންކޮށްލާފައި ހާލު އަހުވާލު ބަލާނެ. ޝަބީނަކީ ވަރަށް އިޙްލާސްތެރި މީހެއް. މީހުންގެ ހައްޤު ހޯދަދޭން ފަސް ނުޖެހޭނެ. ވަރަށް ސަކަ މިޒާޖެއްގެ ހިތްހެޔޮ މީހެއް. (ޝަބީންއާއި އެކު ސިފައިންގޭގައި އުޅުނު މީހެއް.)
އުދުހޭ
01 December 2017
ޔާމީނަށް ދާއީދުކޮށް ވާހަކަދައްކައިފިއްޔާ އެނުވޭ ސިޔާސީ ގޮތުން ދެއްކި ވާހަކަޔަކަށް. ދެކޮޅަށް ދައްކާ ވާހަކަ އެކަނި އެއީ ސިޔާސީ ވާހަކަ. ލަދުހަޔާތް؟!
ޙަފްޞާ / މާލެ
01 December 2017
ދެން އަވަހަށް ކުނޫޒަށްގޮސް ބޭރުފުށުން ދެއްކި ކުލަ ބަދަލުކޮށް އަޞްލު ސިފަ ދައްކާލަ! ތިމީސްމީހުންގެ ފެންވަރު! ކޮންކަމެއްބާ މިސަރުކާރުން ނޭއްގާނީކަމަކަށް ކުރީވެސް ބުނެދިންނަމަތާ އެއްޗަކަށްވީހީ! މީހަކު ބަންދުކުރިއްޔާ ބަންދުކުރީ ކޯޓްގެ އަމުރަށް! މީހަކު ޖަލުގައި ޙުކުމްތަމުފީޛްކުރާނަމަ ކުރަނީ ކޯޓްގެ ޙުކުމަށް!
މިތިބީ ބަލަން.
01 December 2017
ދެން ތި ވަޒީފާއެއް ނުލިބޭނެ އެވެ. މީނާ އަށް އެ ވަޒީފާ ދޭނެ ސަރުކާރެއް ދެން މިރާއްޖެ އަކަށް ނާންނާނެއެވެ.
ކާފަ
02 December 2017
މިރާއްޖޭގެ ވެރިންނަކީ ދިވެހި ރައްޔިތުންކަން ހަދާން ނައްތާ ނުލާށެވެ.
ބަލަނީތަ
10 August 2019
މިހާރު އެސޮރު ހުރީ އަލުން އަނބުރާ އެވަޒީފާގަ. އިތުރަށް ލައްކައެއްހާ ރުފިޔާވެސް ލިބުނު. ދެން ލަލަލާ
ކަލާ
01 December 2017
އަޅާފަހުރި ތޮފީގެ ކުލައިންވެސް އެނގޭ
ގޮބޮޅި
02 December 2017
އެއި ދެފުށަށް އެޅޭ ތޮތްޕެއް. އެތެރެ ހުދު ، ބޭރު ރީނދޫ. ވަންނަވާ ގަ -/125 އަށް ލިބެން ހުންނާނެ. މޭބޮޑު ނުވެ ގަނެފަ ޕިންކު ކުލަ ލާބަލަ. ހެހެހެހެހެ
އެކް
02 December 2017
ހަހަހަހަ! އެތެދެއް ދޭބަލަ ވަންނަވާއަށް
ﷲ ގެ އަޅާ
01 December 2017
އަނިޔާވެރި ސަރުކާރެއް. ކޮބާ ޖެންޑަރ މިނިސްޓަރ ޒެނީޝާ. ކޮބާ ހިއުމަން ރައިޓްސް...
ރަގަޅުބަސް
01 December 2017
ތި ފެންވަރަށް ސިޔާސީ ބަސްމަގު ގޮސްފައިވާ އެއްވެސް މީހަކު ފުލުހުންގެ ތެރޭގައި ތިބޭކަށް ނުޖެހެއެވެ. ފުލުހުންގެ މުވައްސަސާ ސިޔާސީ ވުމުން ސަލާމަތް ކުރަން ޖެހެއެވެ.
ޒުބައިރު
01 December 2017
ޢެއްގޮތަކަށްވެސް ސިޔާސީ ނުވާ ތަނެއް އެއީ
މުގާބޭ ޖޫނިއާ މަހަލްދީފް
01 December 2017
ފުލުހުން ހަމަ އެއްވެސް ވަރަކަށް ސިޔާސީ އެއް ނޫން ދެއްތޯ؟ 7 ފެބުރުއަރީ އަދި އޭގެ ފަހުންނާ ކުރިންވެސް ފުލުހުން ސިޔާސީވެ ހިންގަމުންދާ 'ސިލެކްޓިވް އިންވެސްޓިގޭޝަން' ތައް މިވަނީ ކޯޗަކަށްތޯ؟ ލަފާ ކުރެވޭ ގޮތުގައި މީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހާއްސަ އިނާޔަތުގެ ދަށުން ކަޑާލި މީހެއްހެން. މިއޮތީ ވާ ސަރުކާރެއް. މީހަކަށް ބަލާލެވޭ ގޮތަކުންވެސް ވަޒީފާ ގެއްލިދާނެ. ނަންވާނީ މުގާބޭ!
މަނީމަނީ ޔެސް ސަރ
01 December 2017
އެއްވެސް ވެރިކަމެއްގައި މިފަދަ މީހުނަށް ފުލުހުންގެ ތެރޭގައި ޖާގަ ދެވިގެން ނުވާނެއެވެ
ވަޒީފާ
01 December 2017
ކާންބޯން ކުރާ މަސައްކަތެއްގެ ގޮތުގައި އަދާކުރާ ވަޒީފާއިން ވަކިކުރެވެން ވާނީ ވަޒީފާ އަށް ވަރުވާކުޑަކުރުމުން އެކަނި، އަގައިން ބުނާ ބަހަކުން ނޫނީ ފާޅުކުރާ ޝުޢޫރަކުން ނެއްނޫން ، ހަގުބަހަކީ މީ ވަކިފަރާތަކަޖެހި ހަގުބަހެއްނުބުނެވޭނެ، ޝުކުރިއްޔާ
ޑީނިއޯ
01 December 2017
ފުލުހުންގެ ކޮމިޝަނަރ އެއީ އެއިރެއްގެ ރައީސް އައްޔަން ކުރާ މީހެއް، ފުލުހުން އަމަލުކުރަން ޖެހެނީ މަތިން ތިރިއަށް އޯޑަރަށް، ރައީސަކީ ސިޔާސީ މަޤާމެއް ނޫންތޯ؟ ވީއިރު ރައީސްގެ އަމުރުފުޅު ތަންފީޒުކުރަންދާ މީހާ އެކުރެވެނީ ސިޔާސީ ޕާޓީއެއްގެ ދައުރެއް ނޫންބާ، ދެން މޮޅުކޮށްލަން ކިޔާނެ މަދަނީ ބައެކޭ?
ސިޔަސަި ފުލުސް
02 December 2017
ދޮންކަލޯ "ސިޔާސީ" މިބަހުގެ މާނަ ދަސްކުރަން އުޅޭ....! ތިގޮތަށް ބޭރު ކުރަން ވެއްޖެނަމަ 20 ވަރަކަށް މީހުން ތިބޭނީ މުޅި ޕޮލިސް ސަރވިސްގައި ސަލާމަތް ވާނެ. ތިބިއްޔާ ތިބި ބައެއް އެތިބީ ކޮޅުކޮޅަށް ބެހި ނިމިފަ. ސިޔާސީ ފުލުހުން ތިބޭނީ މިހާރު. އެންމެ ބޮޑަށް ތިބި 02 މީހުންނަކީ ސިޔާސީގޮތުން އައްޔަން ކުރެވިފައިވާ ބައެއް. ދަށަށް ތިބި މީހުންގެ ހާލަތު ދެން ވިސްނާ...